ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރު ގައުމުތަކުން ދަރަނީގެ ގޮތުގައި ފައިސާ ދޭނެ ކަމެއް ނެތް، ދަރަނި ދޭށޭ ނުވެސް ބުނަން: ރައީސް ނަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރުގެ އެއްވެސް ގައުމަކުން ރާއްޖެއަށް ދަރަނީގެ ގޮތުގައި ފައިސާ ދޭނެކަމެއް ނެތްކަަމަަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާސަތުގައި އިންނަވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދަރަނީގެ ގޮތުގައި ފައިސާ ދޭށޭ ކިޔައި ދިވެހިރާއްޖެއިން ނުދާ ކަމަށެވެ. އޭގެ ބަދަލުގައި ވިޔަފާރީގެ ގޮތުން ގުޅިގެން ކަންކަން ކުރުމަށް ހުރިހާ ގައުމަކުންވެސް އައުމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ތިމާވެށްޓައް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށް، ގޮވާލައި ހުށައެޅި މައްސަލައިގެ ބަހުސް މަރުހަލާއަށް ހުޅުވާލަމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، މެމްބަރު ހުށައެޅުއްވި މައްސަލާގައި މުހިންމު ކަންތައްތަކެއް ފާހަގަކުރެވޭ ކަމަށެވެ.

އެގޮތުން ރަށްތަކުގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓު ފޯރުކޮށްދިނުމަށް ޝައުގުވެރިވާ އިންވެސްޓަރުންނަށް، އިންވެސްޓްކުރުން އޮތް މަގު ސާފު ނުވާ ކަމަށާއި ރަށެއްގައި ކަރަންޓު ދިނުމަށް އެދޭ ކުންފުންޏަކަށް އެރަށުގައި އިންވެސްޓްކޮށް ކަރަންޓު ދޭން ފަށާ، ކަރަންޓު ވިއްކެން އޮތް ގޮތަކީ ކޮބައިކަން ސާފުނުވާ ކަމަށެވެ.

މަޖިލީހުން މިޙާރުވެސް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ދުނިޔެއަށް މިސާލަކަށްވާނެކަމަށެވެ.

ދުނިޔެ ހިންގަންވީ ގޮތަކީ އެންމެ ފުރަތަމަ އިންތިހާބުތަކާއި ދިމާކޮށް ވައުވުން. ދެވަނައަށް ވައުދު ފުއްދުމަށް ގާނޫނީ އޮނިގަނޑު އެކުލަވާލުން

މަޖިލީހުން މިހާރު ވަނީ ފެނާއި ނަރުދަމާގެ ބިލެއް އެކުލަވާލާފައި ކަމަށާއި ކަަރަންޓުގެ ބިލެއްވެސް އެބައޮތްކަން ރައީސް ނަޝިދު ފާހަގަކުރެއްވިއެވެ. އަދި މިދެ ގާނޫނު ހިންގުމަށް ބޭނުންވާ ޔުޓީލިޓީ ގާނޫނު ވަނީ ކޮމިޓީ މަރުހަލާގައި ކަމަށެވެ.

ދުނިޔޭގެ ހުރިހާ ގައުމަކުންވެސް މައިގަނޑު މިތިން އޮނިގަނޑު އެކުލަވާލައި، ލާމަރުކަޒީ ގާނޫނުވެސް އުފައްދަންޖެހޭ ކަމަށެވެ. މިގާނޫނުތަކުން ކައުންސިލްތަކަށް މަޝްރޫއުތައް ޓެންޑަރ ކުރުމަށް ފުރުސަތުދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެއާއެކު ރަށްތަކުގައި ކަރަންޓު އުފައްދައި ވިއްކާނެ ފަރާތްތައް ހޯދުމަށް ފަސޭހަވެގެންދާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: