ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީއަށް ބަދަލު ގެންނަން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަް ބެލުމަށް ގާނޫނުއަސާސީން އުފައްދާފައިވާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލިވިގެންވާ ގޮތް ބަދަލު ކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުންގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފިއެވެ.

ޖޭއެސްސީ އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ ޕީޕީއެމްއަށް ނިސްބަތްވާ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އެވެ.

ތޯރިގް ހުށަހެޅުއްވި ބިލްގައި ބުނެފައިވާ ގޮތުގައި ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމުގެ މައިގަނޑު ސަބަބަކީ މިހާރު ޖޭއެސްސީ އެކުލެވިގެންވާ ގޮތުގެ ސަބަބުން ގާނޫނު ހެދުމުގެ ބާރުންނާއި ވެރިކަން ހިންގުމުގެ ބާރުން ޖޭއެސްސީއަށް ނުފޫޒް ފޯރުވުމުގެ ޖާގަ އޮތުމުގެ ސަބަބުން ޖޭއެސްސީން ނިންމާ ނިންމުންތަކާއި ބަލާ މައްސަލަތަކުގެ އިތުބާރު ގެއްލި އަދުލް އިންސާފް ގާއިމް ކުރުމުގެ ދާއިރާގެ މިނިވަންކަން ގެއްލިފައިވުން ކަމަށް ވަނީ ބުނެފައެވެ. އެހެން ކަމުން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅީ ސިޔާސީ ނުފޫޒުން ޖޭއެސްސީ މިނިވަން ކުރުމަށް ކަމަށް ބިލްގައި ވަނީ ބުނެފައެވެ.

ތޯރިގު ހުށަހެޅުއްވި ބިލުގައި ވަނީ ޖޭއެސްސީގައި ތިއްބަވާ މެމްބަރުންގެ އަދަދު 8 އަށް ބަދަލުކުރުމަށް ހުށަހަޅާފައެވެ.

އަގޮތުން ތޯރިގް ހުށަހެޅުއްވި ބިލްގައި ބުނެފައިވާ ގޮތުގައި  ޖޭއެސްސީގައި ތިއްބަވާނީ އުއްތަމަ ފަނޑިޔާރާއި، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކުރާ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރަކާއި، ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާއެކު މުސްކުޅި ކޮށްފައިވާ މީހުންގެ ތެރެއިން އެބައިމީހުން އިންތިހާބު ކުރާ މީހަކާއި، ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ވަކީލަކާއި، ޔުނިވާސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ ދާރިސުންގެ ތެރެއިން އިންތިހާބުކުރާ ފަރާތަކާއި ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ، މަޖިލީހުން ރުހުންދޭ މީހެއް ކަމަށް އެ ބިލުގައި ބުނެފައިވެއެވެ.

ބިލްގައި ބުނެފައިވާ ގޮތުގައި  ޖޭއެސްސީ އަށް އައްޔަން ކުރެވޭ މެމްބަރުންގެ ދައުރަކީ ފަސް އަހަރުގެ އެއް ދައުރު ކަމަށާއި، އެ ދައުރު ހަމަވުމުން އެމީހަކު އަލުން އެ ކޮމިޝަނަށް އައްޔަން ނުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެ ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި ޖޭއެސްސީގެ ގާނޫނާއި ގަވާއިދު އިސްލާހުކޮށް އެ ގާނޫނުގައިވާ ގޮތުގެ މަތީން ޖޭއެސްސީ އަލުން އެކުލަވާލަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ޖޭއެސްސީގައި މިހާރު ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބު ކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލިސްގެ ރައީސާއި މަޖިލީހުގެ މެމްބަރަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން އިންތިޚާބު ކުރާ މީހެކެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: