ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައިނަލް އަގުވާމީ ގޮތުން ދޭ، “ޑްރީމް ކޮމްޕެނީ ޓު ވޯކް ފޯ” އެވޯޑް ސްޓެލްކޯއަށް!

ޑްރީމް ކޮމްޕެނީ ޓު ވޯކް ފޯ އެވޯޑް ސްޓެލްކޯއަށް/ ފޮޓޯ: ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟
ސަރަހައްދީ ފެންވަރުގެ ބައިނަލް އަގުވާމީ ދެ އެވޯޑެއް ސްޓެލްކޯއަށް ސަރަހައްދީ ފެންވަރުގެ ބައިނަލް އަގުވާމީ ދެ އެވޯޑެއް ސްޓެލްކޯއަށް ލިބިއްޖެ އެވެ.
ވޯލްޑް އެޗްއާރުޑީ ކޮންގްރެސްއާއި، އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓް ގުޅިގެން ބޭއްވި 11 ވަނަ އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސް 2020 އިން ސްޓެލްކޯއިން ހާސިލްކޮށްފައިވަނީ “ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ” އެވޯޑެވެ. މި އެވޯޑާއި ގުޅިގެން މީޑިއާތަކާއި މައުލޫމާތު ހިއްސާކޮށް ސްޓެލްކޯއިން ބުނެފައިވަނީ “ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ” ގެ އެވޯޑު ކުންފުންޏަށް ލިބިފައިވަނީ ކުންފުނީގެ އެންމެ މުހިންމު އެއް ރައުސުލްމާލު ކަމުގައި ވާ، މުވައްޒަފުންގެ ކުރިއެރުމާއި، ހިތްހަމަޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ލަފަޔާއި އިރުޝާދާއި އެކު، އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.
އަދި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެމަތިން ކުންފުނި ހިންގުމުގައި ޒަމާނީ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ތައާރަފުކޮށް، ބޭނުން ކުރުމާއި، ކުންފުނީގެ ކުންފުނި ހިންގުމާއި އޯވާރޯލް ޕާރފޯމެންސް އަދި ގަވަރނެންސް ހަރުދަނާވުމުގެ އިތުރުން ގްރީންލައިފް އިނިޝިއޭޓިވް ނުވަތަ ތިމާވެއްޓާއި ރައްޓެހި ހަކަތައަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާތަކުގެ ސަބަބުން ކަމަށެވެ. އޭގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުންފުނިން އެޅީ ނަމޫނާ ފިޔަވަޅެއްގެ ގޮތުގައި ސްޓެލްކޯއިން ވަނީ ބުނެފއެވެ.
“އަދި މިކުންފުންޏަކީ ރައްޔިތުންނާއި ސީދާގުޅިފައިވާ ކުންފުންޏަކަށްވާހިނދު، ކުންފުނީގެ ފަރާތުން އިޖުތިމާއީ ޒިންމާ އަދާކުރުމުގައި ގެންގުޅެފައިވާ ސިޔާސަތުތަކުގެ ހަރުދަނާ ކަމުންނެވެ. އެގޮތުން މިކުންފުނީގެ ވަޒީފާއަދާކުރުމުގެ ފުރުސަތުދީ، މުޖުތަމައުއަށާއި، މިކުންފުންޏަށް ބޭނުންތެރިބައެއްގެ ގޮތުގައި ހާއްސައެހީއަށް ބޭނުންވާ ބައެއް ފަރާތްތަކެއް ހެދުމާއި، ކުންފުނީގެ މުވައްޒަފުންގެ ދުޅަހެޔޮކަމަށް ތަފާތު ކުޅިވަރު ކުޅެވޭނެ އިންތިޒާމްތައް ހަމަޖައްސައި، ހަށިހެޔޮ ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި ކަސްރަތު ކުރުމަށް ޖިމެއް ގާއިމް ކުރުން ހިމެނެއެވެ” ސްޓެލްކޯ
މީގެ އިތުރުން ސްޓެލްކޯއިން ބުނެފައިވަނީ، ސިއްޙީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް، އިންހައުސް ހެލްތު އިންޝުއަރޭންސް ސްކީމެއް ހަމަޖައްސާފައިވާނެ ކަމަށެވެ. އަދި އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކާއި، ކުންފުނީގެ މުވައްޒަފުންނަކީ މަސައްކަތުގެ މާހައުލުގައި ތަޖުރިބާ ހުރި، އަދި ވިޔަފާރީގެ ދައިރާއަށް އަންނަ ބަދަލުތަކަށް އަހުލުވެރި ބައެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ. ކުންފުނިން ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް ހަރުދަނާކޮށް ފުރިހަމަ ކުރުމުގެ ގޮތުން މުވައްޒަފުންގެ ތައުލީމާއި، ތަޖުރިބާ އިތުރުކުރުމަށް ތަފާތު އެކިއެކި ފުރުސަތުތައް ފޯރުކޮށްދީފައިވާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ،
ކުންފުނިން ހިންގާފައިވާ ހާއްސަ ޕްރޮގްރާމްތަކުގެ ތެރެއިން ދާއިރާތަކުން އަންހެނުން ބިނާކޮށް ބާރުވެރި ކުރުވުމަށް ހިންގި އިލެކްޓްރީޝަން ކޯސް ސްޓެލްކޯއިން ފާހަގަކުރިއެވެ. އަދި ކުންފުނީގެ މުވައްޒަފުންގެ ގޮތުގައި ތިބެ ނިޔާވާފަރާތްތަކުގެ 18 އަހަރުން ދަށުގެ ކުދިންނަށް 18 އަހަރު ވަންދެން މާލީ އެހީތެރިކަން ފޯރުކޯށްދިނުމާއި، މާބަނޑު އަންހެނުންނަށް މެޓާނިޓީ ލީވްގެ ގޮތުގައި 6 މަސްދުވަސް ހަމަޖެއްސުމުގެ އިތުރުން، ލީވް ނިމުމަށްފަހު އަލުން މަސައްކަތުގެ މާހައުލަށް ނިކުތުމުން 2 ގަޑި އިރުގެ ބްރޭކެއް ހަމަޖައްސައިދިނުން މީގެ ތެރޭގައި ހިމެނެއެވެ. އަދި ހައްޖާއި، އުމްރާގެ ފުރުސަތާއި، ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުންފުނިން ކުރަމުންގެންދާ މަސައްކަތްތަށް ސްޓެލްކޯއިން ފާހަގަކުރިއެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: