ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގައި “މައިންގެ ކޮޓަރިއެއް” ގާއިމް ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މެމްބަރުން މަޖިލީހަށް ވަޑައިގަންނަވާއިރު، އެ ބޭފުޅުންގެ ކުޑަކުދިން ބައިތިއްބާނެ މައިންގެ ކޮޓަރިއެއް ރައްޔިތުންގެ މަޖިލީހުގައި ގާއިމް ކޮށްފިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މާބަނޑު މީހުންނަށް ޖާގަ ހައިދައިދޭ އުސޫލެއް މަޖިލީހުގައި ނެތް ކަމަށާއި ނަމަވެސް މާބަނޑު މީހުންނަށް މި ތަންތަނުގެ ބޭނުން ނުކުރެވޭ ގޮތަށް އިންތިޒާމު ހަމަޖެހިފައި އޮތުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.

ނަޝީދު ވިދާޅުވީ، މެންބަރުންގެ ދަރިން އެހެން ތަނަކަށް ފޮނުވެން ނެތް ނަމަ މަޖިލީހުގައި މިއަދު ހުޅުވި މައިންގެ ކޮޓަރީގައި ބެއިތިއްބޭނެ ކަމަށެވެ.

“އެތަނުގައި ކުޑަކުޑަކޮށް ކުޅެލައި އެބާވަތުގެ ކަންކަން ވެސް ކުރެވޭނެ. ދެން އަޅުގަނޑަށް ވެސް ވަގުތުވި މިންވަރަކުން އެކުދިން އަޅުގަނޑު ބަލަމުން ގެންދާނަން،” ރައީސް ނަޝީދު ވިދާޅުވި އެވެ.

މައިންގެ ކޮޓަރިއެއް މަޖިލީހުގައި ހުރި ނަމަވެސް އެންމެ ބުއްދިވެރި ގޮތަކީ ކުޑަކުދިން އާއިލާގެ ކައިރީގައި ބޭތިއްބުން ކަމަށާއި އެއީ އެއްވެސް ފަރާތަކަށް އޮޅިފައިވާނެ ހަގީގަތެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: