ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ހުކުމާއެކު ޖޭއެސްސީ މެންބަރުން ހައިކޯޓަކުން ނުނިކުމޭ: ޝިޔާމް

މެމްބަރު އަހުމަދު ޝިޔާމް.. ފޮޓޯ:މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރީ ގާނޫނާ ހިލާފަށް ކަމަށް ހުކުމް ކުރުމާއެކު ޖޭއެސްސީގެ މެންބަރުން ހައިކޯޓުން ތެރެއިން ނުނިކުންނަ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓްތައް ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން، މިދިޔަ ހަފްތާ ބަންދުގައިވެސް ޖޭއެސްސީގެ މެންބަރުން އުޅުއްވީ ހައިކޯޓުގެ ތެރޭގައި ކަމަށެވެ.

ޝިޔާމް ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި ހުކުމަކާއި ގުޅިގެން، ޖޭއެސްސީގެ މެންބަރުން ހައިކޯޓު ތެރޭގައި އުޅެނީ ދަށު ކޯޓުތަކާއި ފަނޑިޔާރުންނަށް ބިރު ދައްކަން ކަމަށެވެ. އަދި ޖޭއެސްސީގެ މެންބަރުން ފެނުނަސް ފަނޑިޔާރުން މިއަދު ބިރު ގަންނަ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

“ކޯޓުތަކުގައި ތިއްބަވާ ފަނޑިޔާރުން ބިރުގަނޭ ޖޭއެސްސީގެ މެންބަރެއް ފެނުނަސް، އެއީ ބަލާލެވޭ ގޮތަކުންވެސް ވާދަން ސުލޫކީ މައްސަލައެއް ވައްދަފާނެ، ފަނޑިޔާރު ކަމުން ވަކި ކޮށްފާނެ. ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރަން، ތިން މަރުޙަލާގެ ކޯޓުތަކުގައި ތިބި ފަނޑިޔާރުންނަށްވެސް ދަނީ ބިރު ދައްކަމުން” ޝިޔާމް

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ކޯޓުތަކުގައި ތިއްބަވާ ފަނޑިޔާރުން ބިރުގަންނަވަން ޖޭއެސްސީން މަސައްކަތްކުރާ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ކޯޓުތަކުގައި ތިއްބަވާ ފަނޑިޔާރުން ޖޭއެސްސީ ދެކެ ބިރުގަންނާކަށް ނުޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ފަނޑިޔާރުން ތިއްބެވީ ދައުލަތަށް ޚިދުމަތް ކުރެއްވުމަށް ހުވައެއް ކުރައްވައިގެން ކަމަށާއި ޖޭއެސްސީގެ މެންބަރުންތަކެއް ދައްކާ ބިރަށް، ލިބިފައިވާ އިލްމާއި ހިލްމުގެ އިތުރުން ތަޖުރިބާ ބޭކާރު ގޮތުގައި ދުއްވާލައިގެންނުވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

“މިކަންތައް ކުށްވެރިކުރަން، މި ދަންނަވަނީ ރައީސް ޔާމީންގެ އެކައުންޓްތަކުގެ ހުކުމް އައިފަހުން ޖޭއެސްސީގެ މެންބަރުން ކޯޓުތަކުން ފިލާނުދާ ވާހަކަ، ކޯޓުތަކަށް ވަންނަ ވާހަކަ މީ ވަރަށް ބޮޑު މައްސަލައެއް” ޝިޔާމް

ޝިޔާމް އިތުރަށް ވިދާޅުވީ މިއަދު ބޭނުންނަމަ ޖޭއެސްސީ އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރުމުގެ ބާރު އެމްޑީޕީއަށް އެބަ އޮތް ކަމަށާއި ނަމަވެސް މައްސަލައަކީ އެމްޑީޕީގައި އިޚްލާތެރި ބަޔަކު ނެތުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: