ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ދިވެހިން މަރާފައި އިންޑިއާއަށް ރާއްޖެ ހިފިދާނެ ކަމަށް މިނިސްޓަރަކު ވިދާޅުވުމަކީ ލަދުވެތި، ދަށުދަރަޖައިގެ ބަހެއް”

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިން މަރާފައި އިންޑިއާއަށް ރާއްޖެ ހިފިދާނެ ކަމަށް މިނިސްޓަރަކު ވިދާޅުވުމަކީ ލަދުވެތި ދަށުދަރަޖައިގެ ބަހެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އަލީ ޒައިދު މިހެން ވިދާޅުވީ އިންޑިއާ އިން ރާއްޖެ ހިފަން ބޭނުން ނަމަ، ދިވެހިން މަރާފައި ވިޔަސް އެކަން ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިންގެ ތެރެއިން ބައެއް ބޭފުޅުންގެ ބަސްމަގު މިދަރަޖައަށް ވެއްޓިގެން ދިއުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވި ގޮތުގައި އިންޑިއާ އިން ރާއްޖެ ހިފައި، އެގައުމުގެ އަތްދަށަށް ރާއްޖެ ގެންނަ ބޭނުންވާ ނަމަ މިހާރު ވެސް އެކަން އޮންނާނީ ކޮށްފައި ކަމަށެވެ. އަދި އެކަމުގައި ރާއްޖެއަށް “ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ” ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އޭގެ މާނައަކީ ރާއްޖޭގެ ސިފައިން ބަލިކަށިވުމެއް ނޫން ކަމަށާއި ރާއްޖޭގެ ސިފައިނަށް ވުރެ އިންޑިއާއަކީ ބާރު ގަދަ ގައުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 83%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: