ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދަވާތީ ޖާބިރު، މިނިސްޓަރު ޒަހާއާ ސުވާލު ކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދަވާކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ފިޝަރީޒް މިނިސްޓާ ޒަހާ ވަހީދާ ސުވާލުކުރެއްވުން ރައްޔިތުންގެ މަޖިލީހުގެ މާދަމާ ގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

ޖާބިރު މިނިސްޓަރު ޒަހާއާ ސުވާލު ކުރައްވަނީ ދިވެހި ސަރުކާރުން ޗައިނާ އާއި އެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓްގެ ދަށުން، ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ހިފަހައްޓައި، މަސްވެރިކަމުގެ ދޮރުތައް ބަންދުކޮށްފައިވާ ކަމަށް ތުހުމަތުކުރައްވައި، ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދައި މަސްވެރިން މަގުމަތިކޮށް ނިކަމެތި ކުރަމުންދާ ކަމަށާއި، މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދަވާކަމަށް ވިދާޅުވެ އެކަމުގެ ސަބަބާއި ބެހޭގޮތުންނެވެ.

މިއީ ރައްޔިތުން މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފެށުނު ފަހުން މިނިސްޓަރަކާއި ސުވާލު ކުރައްވާ ދެވަނަ ފަހަރެވެ. މީގެކުރިންވެސް ވަޒީރަކު ހާޒިރު ކުރެއްވީ ޖާބިރު ހުށަހަޅުއްވައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: