ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާމްޕަލް ނަގަން ތިބެން ޖެހެނީ ތަޖުރިބާ ހުރި މީހުން، އެހެން ނޫނީ އާއްމުންނަށް ވާނެ ތަދު އިހުސާސްވެއްޖެ: އިކްރާމް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 ގެ ސާމްޕަލް ނަގަން ތިބެންޖެހެނީ އެކަމުގެ ތަޖުރިބާ ހުރި ކުދިންކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން އަނެއްކާވެސް އޭނާއަށް ކުރެވޭ ތުހުމަތުތައް ދިފާއު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން އަކީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ނިސްބަތްވާ މެމްބަރެކެވެ. އަދި ރޭގެ ވަގުތެއްގައި މާފަންނު މަދަރުސާގައި ރެޕިޑް ރެސްޕޮންސް ޓީމުގެ ފަރާތުން އިކްރާމް ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމުގެ ތެރޭގައި “އަނިޔާވެރިކޮށް” އަމަލުކުރި ކަމަށް ބުނެ އޭނާ ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ. މައްސަލައިގައި ސޯޝަލް މީޑިއާގައި އެންމެ ފުރަތަމަ ދައުރުވީ ޕޯސްޓެއްގައި ބުނެފައިވަނީ ކޮވިޑަށް ޓެސްޓު ކުރުމުގެ ގޮތުން އިކްރާމްގެ ސާމްޕަލް ނެގި ކުއްޖަކަށް އޭނާ ހަމަލާ ދީފައިވާ ކަމަށެވެ. އަދި އެކަން ފުލުހަށް ހުށަހަޅާފައިވާކަމަށް ވަނީ ބުނެފައެވެ.

އެހެން ނަމަވެސް، ދިފާއުގައި ނިކުމެ އިކްރާމް ކުރެއްވި ޓްވީޓެއްގައި ބުނީ ސާމްޕަލް ނެގަން އިން މީހާ އެނާގެ ނޭފަތަށް ކަފަބުރުލީ ވަރަށް އަނިޔާވެރިކޮށް ކަމަށެވެ. އަދި ވީ ތަދުން އޭނާގެ އަތް ދުރައް ޖައްސާލެވުނު ކަމަށް ބުންޏެވެ. އިކްރާމް ވިދާޅުވެފައިވަނީ އޭނާއަށް ވީ ތަދުން އެ ވަގުތު ރުޅިގަދަ ވެ ސާމްޕަލް ނެގި ކުއްޖާގެ ނަމަކީ ކޮބައިތޯ ވެސް ސުވާލު ކުރި ކަމަށާއި، އެހެން ނަމަވެސް ނަން ހާމައެއް ނުކުރިކަމަށެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ސާމްޕަލްތައް ނެގުމާއި، އަދި ފްރަންޓުލައިނުގައި މަސައްކަތް ކުރާ އެތައް ބައެއްގެ ފާޑުކިއުން ވަނީ އިކްރާމަށް އަމާޒުވެފައެވެ. ރާއްޖެއިން މިހާތަނަށް ލައްކައަކަށް ވުރެ ގިނަ ސާމްޕަލް ނަގާ، އެތައް ތުއްތު ކުދިންނަކާއި، ކުޑަ ކުދިން އަދި އުމުރުން ދުވަސްތީ އެތައް ބައެއްގެ ސާމްޕަލްއެއް ނެގިއިރު މިފަދަ އެއްވެސް މައްސަލައެއް ނާންނަކަން އާއްމުން ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑަށް ސާމްޕަލް ނެގުމަކީ ވޭން ހުރި ކަމަކަށް ވާއިރު، މިއީ ކޮންމެވެސް ވަރެއްގެ ކެތްތެރިކަމެއް ގެންގުޅެންޖެހޭނެ ކަމެއްގެ ގޮތުގައި އާއްމުން ބުނެއެވެ. އަދި ސާމަޕަލް ނެގުމުގެ ތެރޭގައި އޭނާއަށް އުނދަގޫވާ ގޮތެއް ދިމާވިޔަސް، ހަރުއަޑުން ވާހަކަ ދައްކައި ސާމްޕަލް ނެގި ކުއްޖާގެ ނަން ހޯދަން ނުޖެހޭނެ ކަމަށް އާއްމުން ވަނީ ބުނެފައެވެ.

އިކްރާމްގެ އެ ޓްވީޓާއި އެކު އޭނާއަށް އާއްމުން ފަޑުކިޔަނިކޮށް އަނެއްކާވެސް އިތުރު ޓްވީޓެއްކޮށް އޭނާ ބުނެފައިވަނީ މިހާރު ހުޅުމާލެ ހޮސްޕިޓަލުން ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި އެއީ އެއްވެސް އުނދަގުލެއް ނެތި ފަސޭހަކަމާއި އެކު ދިޔަކަމެއްގެ ގޮތުގައި ވިދާޅުވިއެވެ. އިކްރާމްގެ ޓްވީޓުގައި ބުނެފައިވަނީ، ސާމްޕަލް ނަގަން ޖެހޭނީ ތަޖުރިބާ ހުރި ކުދިން ކަމަށެވެ. އެހެން ނޫންނަމަ އާއްމުންނަށް ވާނެ ތަދު އިހުސާސް ކުރެވިއްޖެ ކަމަށެވެ.

މި މައްސަލަ ފުލުހުން ވެސް ތަހުގީގު ކުރަން ފަށާފައިވާއިރު މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ވެސް ވަނީ އެ މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. ހެލްތް ޕްރޮފެޝަނަލް ޔޫނިއަންއިން ބުނެފައިވަނީ ރެޕިޑްރެސްޕޮންސް ޓީމްގެ މެންބަރަކަށް ދިން ހަމަލާ، ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެ އަމަލަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް ބުންޏެވެ. އެ ޔޫނިއަންއިން ބުނެފައިވަނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ދޭން މަތިކޮށްފައިވާ ފަރާތެއްގެ ކިބައިން އެފަދަ އަމަލެއް ފެނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 21%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 79%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: