ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންގެ ލޮލުގައި އަނދުން އަޅުވާފައި ތިން ފަހަރުމަތިން މަހުގެ އަގު ދަށްކޮށްފި: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންގެ ލޮލުގައި އަނދުން އެޅުވުމަށްފަހު ތިން ފަހަރު މަތިން މަހުގެ އަގު ދަށްކޮށްފިކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިފްކޯއިން މަސްގަންނަ އަގު ދަށްކުރި ޚަބަރާއި ގުޅިގެން ޝިޔާމް ވަނީ މަސްވެރިންނަށް ވައުދުވި ހަމަ އަގަކީ މިއީތޯ ސުވާލު އުފައްދަވާފައެވެ. ތެލުން ކުޑަލާރިކޮޅެއް ދަށްކޮށްލުމަށްފަހު ސެޕްޓެމްބަރު 21ގައި އަގު ހިފަހައްޓާފައި އޮތް އޮތުން ދޫކޮށްލާ، މަސްވެރިންގެ ލޮލުގައި އަނދުން އެޅުވީކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އޭގެފަހުން 3 ފަހަރުމަތިން މަހުގެ އަގު ދަށްކޮށްފިކަމަށް ޝިޔާމް ވިދާޅުވިއެވެ.

 

މިފްކޯއިން މަސް ގަންނަ އަގަށް ގެނައި ބަދަލާއިއެކު، ކިލޯއަކުން ދެ ރުފިޔާ ވަނީ ދަށް ކޮށްފައެވެ.

މީގެކުރިން އައިސްއަޅައިގެން ގެންނަ 1.5 ކިލޯއިން މަތީގެ މަހާއި ކަންނެލި ކިލޯއެއް ގަންނަމުން ދިޔައީ 18 ރުފިޔާއަށެވެ. އަދި ފިނިނުކުރާ މަސް ކިލޯއެއް ގަންނަމުންދިޔައީ 16 ރުފިޔާއަށެވެ. ނަމަވެސް މިއަދު އަގަށް ގެނައި ބަދަލާއި ގުޅިގެން މިފްކޯގެ ސައިޓްތަކަށާއި ބޯޓްފަހަރަށް މަސްކިލޯއެއް ގަންނަމުންދާނީ 16 ރުފިޔާއަށެވެ. އަދި އައިސް ނާޅާ މަސް ގަންނަނީ 14 ރުފިޔާއަށެވެ. މީގެއިތުރުން 10 ރުފިޔާއަށް ގަންނަމުންދިޔަ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި މިއަދުން ފެށިގެން ގަންނާނީ 9 ރުފިޔާއަށެވެ. އައިސް ނާޅާ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ގަންނަނީ 7 ރުފިޔާއަށެވެ.

މިފްކޯއިން މަހުގެ އަގަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު ކިލޯއަކުން ދެ ރުފިޔާ ދަށްކޮށް އައިސް އަޅައިގެން ގެންނަ 1.5 ކިލޯއިން މަތީގެ މަހާއި ކަންނެލި ކިލޯއެއް ގަންނަ އަގަކަށް 18 ރުފިޔާ ހަމަޖެއްސިއެވެ.

ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު މިފްކޯއިން ވަނީ އެކުންފުނިން މަސްގަންނަން ގެންގުޅޭ ކޮންޓްރޯލް އަގު ދޫކޮށްލާފައެވެ. މިއާއެކު މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވަނީ ދޮށީގެ މަސްވެރިކަމުގައި ބާނާ ކަޅުބިލަ މަސް ގަނެވޭނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިޒް އިއުލާންކޮށްފައެވެ.

މިފްކޯއާ އެންމެ ވާދަވެރި ކުންފުނި ކަމަށްވާ ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސްއިން މަސް ގަންނަނީ، އައިސް އަޅައިގެން ފިނިކޮށްގެން ގެންނަ 1.5 ކިލޯއިން މަތީގެ ކަޅުބިލަމަހާއި ކަންނެނި ކިލޯއެއް ވަގުތުން ފައިސާ ދޭ ގޮތަށްނަމަ 14 ރުފިޔާއަށް ކަމަށެވެ. އައިސްނާޅާ 1.5 ކިލޯއިން މަތީގެ ކަޅުބިލަމަހާއި ކަންނެލި ކިލޯއެއް 13 ރުފިޔާއަށެވެ.

1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ކިލޯއެއް ހޮރައިޒަން ފިޝަރީޒުން ގަންނަނީ 5.50 އަށެވެ. އަދި އައިސް ނާޅާ ގެންނަ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ކިލޯއެއް ގަންނާނީ 5.15 އަށެވެ. މިއީ ވަގުތުން ފައިސާ ދީފައި އެކުންފުނިން މަސް ގަންނަ އަގުތަކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: