ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހާޖައްރާފަށް 100 އިންސައްތަ ދިވެހި މުވައްޒަފުން، އަހަރަކު 1 މިލިޔަން ޑޮލަރު ސަލާމަތްވެގެންދާނެ!

ސީއީއޯ އާދަމް އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީއިން އޮޕަރޭޓްކުރަމުންދާ މަހާޖައްރާފުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންގެ ނިސްބަތް 100 އިންސައްތަ ދިވެހި މުވައްޒަފުންނަށް ބަދަލުކުރެވިފައިވާ ކަމަށާއި މިކަމުގެ ސަބަބުން އަހަރަކު އެއް މިލިޔަން ޑޮލަރު ގައުމުން ބޭރުވުމުން ސަލާމަތްކުރެވިގެންދާނެ ކަމަށް ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މިކަން ފާހަގަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ، މިބަދަލާއެކު ކުންފުނީގެ ޕޭރޯލުން6.5މިލިއަން ރުފޔާ ސަލާމަތްވެގެންދާނެ ކަމަށެވެ. ސަލާމަތްކުރެވެ 6.5 މިލިއަން ރުފިޠާއަކީ މީގެ ކުރިން ބިދޭސީ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދެމުންދިޔަ ފައިސާ ކަމަށް ވިދާޅުވިއެވެ.

އަލަށް ރެކްރޫޓްކުރި ދިވެހި މުވައްޒަފުންނަކީ ތައުލީމީ އަދި ތަޖުރިބާގޮތުން ވަކި ދަށް ބައެއް ނޫންކަމަށާއި ކުރިން ޔޫރަޕުން އައިސްފައިތިބި މީހުންނަށްވުރެ ތައުލީމާއި ތަޖުރިބާގެ ގޮތުން ބެލިޔަސް ވަކި ދަށްބައެއް ނޫންކަމަށް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މިއާއެކު ސާބިތުވެގެންމިދަނީ ރާއްޖޭގައިވެސް ކަނޑުމަތީގެ މަސައްކަތްތަކަށް ތައުލީމީ އަދި ތަޖުރިބާހުރި މީހުންތިބިކަމަށެވެ. އަދި މިއީ ރާއްޖެގެ ކަނޑުގެ ވަޒީފާތަކަށް ނުކުންނަށް ބޭނުންވާ މީހުންނަށް ރަނގަޅު މެސެޖަކަށް ވެގެންދާނެކަމަށް އޭނާވިދާޅުވިއެވެ.

ކަނޑުމަތީގެ މަސައްކަތްތަކުން ރާއްޖޭގައި މިހިސާބަށް އާދެވިފަ ތިބި މީހުން ތިބިކަން ސާބިތުވެގެންދާނެ. އަދި ރާއްޖޭގައި ކަނޑުމަތީގެ މަސައްކަތްތަކަށް މޮޅެތި މީހުން ތިބިކަން ހާމަވެގެންދާނެ

އާޒިމް ވިދާޅުވީ މުސްތަގްބަލުގައި، ކިޔަވައިން ތިބި މީހުންނަށް ބޯޓުގައި މަސައްކަތްތަކުރުމަށް ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށެވެ. އަދި އިތުރު މުވައްޒަފުންނަށް ބޭނުންވާނެ ކަމަށާއި މުވައްޒަފުން ރެކްރޫޓްކޮށް ތަމްރީންކުރަމުންދާނެކަން ވެސް އާޒިމް ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ބޯޓުގައި ދިވެހި މުވައްޒަފުން ނެތުމަކީ ލިބޭނެ ނިކަމެތިކަމެއް ކަމަށާއި އެހެންކަމުން. ދިވެހިންނަކީ ޒަމާނުއްސުރެ ކަނޑުމައްޗަށް ވަރުގަދަ ބަޔަކަށްވުމާއެކު، ބޯޓުގައި މަސައްކަތްކުރާ ކެޕްޓަނުން ފެށިގެން ކްރޫ ޓީމްގައި މަސައްކަތްކުރާ މީހުންނާ ހަމައަށް މުޅި ސްޓާފް ޓީމް އެއްކޮށް ދިވެހި މުވައްޒަފުންނަށް ބަދަލުކުރުމަކީ ކުންފުނީގެ ބޮޑު ހުވަފެނެއްކަން އާޒިމް ފާހަގަ ކުރެއްވިއެވެ. އަދި މިއަދު އެކަން ހާސިލްވެގެން ދިޔުމާއެކު އުފާކުރާ ކަމަށާއި މިކަމަކީ އެމްޓީސީސީއަށް ލިބިގެން ދިޔަ ބޮޑު ކާމިޔާބީއެއް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތިޔަ އެއްމިލިއަން ޑޮލަރު ވައްދާލާނެ އާރުސީސީ ކުންފުންޏަށް. އާޒިމްއަކީ ވަގެއްކަން ކުންފުނީގެ އެންމެން ދަނޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: