ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑެތި ވިޔަފާރިތަކަށް 532 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

ފިނޭންސް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) މެދުވެރިކޮށް ބޮޑެތި ވިޔަފާރިއަކަށް ޖުމްލަ 532 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ލޯނަށް އެދި 573 ވިޔަފާރިއަކުން ވަނީ ހުށަހަޅާފައިވާ ކަމަށެވެ. މީގެތެރެއިން 410 ވިޔަފާރިއަކަށް ލޯނު ދޫކުރަން އެޕްރޫވް ކޮށްފައިވާއިރު މިހާތަނަށް ލޯނު ދޫކޮށްފައިވަނީ 377 ވިޔަފާރިއަކަށެވެ.

އަދި ރަނގަޅަށް ފުރިހަމަ ނުވާ 135 ފޯމު އޮތްއިރު، ލޯނަށް އެދި ހުށަހެޅި 16 ފޯމެއް ވަނީ ރިޖެކްޓްކޮށްލާފައެވެ. އަދި މިވަގުތު ޕްރޮސެސިން ގައި 12 ފޯމު އެބައޮތް ކަމަށް ވެސް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑަ ގުޅިގެން ވިޔަފާރިތައް ހީނަރުވަމުން ދާތީ އެކަމުން ވިޔަފާރިތައް ސަލާމަތް ކުރުމުގެ ގޮތުން 2.5 ބިލިއަން ރުފިޔާގެ ޕެކޭޖެއް ސަރުކާރުން ވަނީ ތައާރަފުކޮށްފައެވެ.

މިއީ އެއްވެސް ރަހުނަކާ ނުލައި، އަހަރަކު 6 ޕަސެންޓު އިންޓްރެސްޓްގައި ދޫކުރާ ފައިނޭންސިންގ އެކެވެ. މި ފައިނޭންސިންގ އަނބުރާ ދެއްކުމަށް 6 މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނިގެން ޖުމްލަ ތިން އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މި ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކާކަށް ނުޖެހޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: