ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕިރާޑުގެ ގަލަމުން… “ހިތާނު ނުކުރާ ކުދިންނަކީ މައުޞޫމް ކުދިންނެވެ. އެކުދިންނަކަށް ފާފައެއް ނުކުރެވޭނެއެވެ”

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖާގެ ތާރީހާއި، ދިވެހިންގެ އުޅުމާއި ވައްޓަފާޅިއާއިގުޅޭގޮތުން ފެންނާންހުރި ފޮތްތައް ގިނައެވެ. އޭގެތެރޭގައި ދިވެހި މުސައްނިފުންނާއި ބޭރުގެ މުސައްނިފުންވެސް ރާއްޖެއާއިބެހޭގޮތުން ލިޔުއްވުންތައް ލިޔުއްވާފައިވެއެވެ. “ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ” މިއީ އޭގެތެރެއިން އެއް މަސައްކަތެވެ. އެއީ ފަރަންސޭސިވިލާތުގެ ލަވާލްއަށް އުފަންވި މަޝްހޫރު ސައްޔާހު ފްރެންކޯއީ ޕިރާޑް 17 ވަނަ ގަރުނުގައި ރާއްޖެ ސިފަކޮށް، ތަޖުރިބާކުރެއްވި ކަންކަމުގެ މައްޗަށް ލިޔުއްވި ލިޔުއްވުންތަކެކެވެ. ފަރަންސޭސިބަހުން ތިންފޮތަށް ޗާޕްކުރެވުނު ފޮތް އިނގިރޭސިވިލާތުގެ ޖަމާޢަތަކުން ޕިރާޑުގެ “ދަ ވޮއެޖް” އިނގިރޭސި ބަހަށް ތަރުޖަމާކުރެވިފައި ވަނިކޮށް 20 ވަނަ ގަރުނުގެ ތެރޭގައި މިފޮތް ދިވެހިބަހަށް ތަރުޖަމާކުރައްވައި ފުރަތަމަ ފަހަރަށް ނޫހުގެ ޒަރީޢާއިން ދިވެހިންނާ ހަމައަށް ގެނެސްދެއްވީ ހެންވޭރު މީރުބަހުރުގެ އަލްމަރުޙޫމް މުޙަންމަދު އިސްމާޢީލް ދީދީއެވެ. މިބައިގައި މިގެނެސްދެނީ ޕިރާޑް ރާއްޖޭގެ ކަންކަމާއިބެހޭގޮތުން ލިޔުއްވާފައިވާ ބައެއް ވާހަކަތައް ހުލާސާކޮށެވެ.

ޕިރާޑު އޭނާގެ ފޮތުގައި ދިވެހިންގެ އާދަކާދައާއިބެހޭ ވަރަށް ގިނަ ވާހަކަތައް، އޭނާއަށް ފެނުނުފަށުގައި ހިނގާފައިވާގޮތަށް ލިޔެފައިވެއެވެ. މިގޮތުން ދީނީ ކަންކަމަށް ދިވެހިން އަހައްމިއްޔަތުކަންދިންވަރާއި، ދީނީ ކަންކަމުގައި ބެހެއްޓި ސަމާލާއި، އޭރާއި މިހާރުގެ ކަންކަމަށް އައިސްފައިވާ ބަދަލު މިފޮތް ކިޔާލުމުން ސާފުވެއެވެ. މިގޮތުން ހިތާނަކުރުމަކީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާކަމަކަށްވާއިރު، އިހުގެ އެ ޒަމާނުގައި އެރަސްމިއްޔާތު ހިނގައިދާގޮތް ތަފްސީލުކޮށް ޕިރާޑު ސިފަކޮށްދެއްވާފައިވެއެވެ. ފިރިހެންކުދިންގެ އިތުރުން އަންހެން ކުދިންވެސް ހިތާނު ކުރިކަން ޕިރާޑުގެ ލިޔުއްވުންތަކުން ފެންނާން އެބަހުއްޓެވެ.

ފިރިހެން ކުދިން ހިތާނުކުރުމަކީ މިއަދުވެސް ރާއްޖޭގައި ތަރުތީބުން ކުރާ ކަމެކެވެ. ނަމަވެސް، އިހާ މިހާރު އެކަން ކުރާ ގޮތް ކިތަންމެހާވެސް ތަފާތުކަން މިލިޔުމުން އެނގެއެވެ. ޒަމާނަށް އައި ބަދަލުންކަމަށްވެސް ވެދާނެއެވެ. ނަމަވެސް ޒަމާނަށް އައި ބަދަލާއެކުވެސް ބަދަލު ނުވާ ކަމަކީ ހިތާނީ ފޯރިއެވެ. މިހާރުވެސް ހިތާނީ ފޯރިއަކީ އެބައެއްގެ ފެންވަރުން ރަނގަޅު އިހްތިފާލުތަކާއެކު ކުރިއަށްގެންދާ “ކުޑަ އީދެއް” ކަމަށް ބުނުމަކީ ދޮގެއް ނޫނެވެ.

ޕިރާޑު ވިދާޅުވާގޮތުން ހިތާނުކުރާ މީހާއަށް ފިރިހެން ކުދިން ހާއްސަ އިހުތިރާމެއް ބަހައްޓައެވެ، ތިޔައިގެ ތެރެއިން ހިތާނަކުރި “އެދުރުބޭ” ހަނދާން ހުންނަނީ ކިތައް މީހުން ހެއްޔެވެ؟

ތިރީގައިމިވަނީ “ހިތާނުކުރުން” މި އަރިމަތީ ސުރުހީގެ ދަށުން “ޕިރާޑީގެ ގަލަމުން ދިވެހިރާއްޖެ” މިފޮތުން ނަކަލުކޮށްފައިވާ ބައެކެވެ.

ޚިތާނުކުރުން:

އެބައިމީހުންގެ އެންމެންވެސްވަނީ ހިތާނުކޮށްފައެވެ. އެބައިމީހުންގެ ބަހުގައި ފިރިހެންކުދިންގެ އުމުރުން 7 އަހަރުވީމާއެވީ ހިތާނުކުރާށެވެ. ކުއްޖަކު ހިތާނުކޮށްފިނަމަ ވަރަށް ބޮޑު ޖާފަތެއް އޮންނާނެއެވެ. ގާތްގަނޑަކަށް10 ދުވަސްވާންދެން އެގެއަށް ވަންނަ މީހުންނަށް ކާން ދޭނެއެވެ. މިކަން އޮންނަނީ އެމީހެއްގެ ނުވަތަ އެގެޔެއްގެ ކެރިފޯރުން ހުރި މިންވަރަކަށެވެ. ހިތާނުކުރުމަށްފަހު އެގެއެއްގައި ވަރަށް ގިނަ ވައްތަރުގެ ކުޅިވަރުތައްކުޅެއެވެ. މީގެތެރޭގައި ނެށުމާއި އެކި ރާގު ރާގަށް އެއްޗެތި ފުމުމާއި އަދި އެހެނިހެންވެސް ވައްތަރު ވައްތަރުގެ ކުޅިވަރާ އުފާކުރުން އޮވެއެވެ. މިކަމުގެ އޮޕްރޭޓަރުން “ހިތާނުކުރާމީހުން” އެރަށުގައި އުޅެއެވެ.

ހިތާނަކުރުމުގެ ހައެއްކަ ގަޑިއިރުކުރިން އެކުއްޖާ މޫދަށްލާފައި އެވަގުތު އަންނާންދެން ބާއްވަނީއެވެ. އެބައިމީހުންގެ ބަހުގައި މިގޮތަށް މޫދުގައި ގިނައިރު ބޭއްވުމުން އެގުނަން ކުރުގެޅި ކަނޑާލަންވީ ހަންކޮޅު މަޑުވާނެއެވެ. ގެޔެއްގައި ކުއްޖަކު ހިތާނުކުރާންވެއްޖެނަމަ އިހަށް މެދުގޯތިތެރޭ ކުޑަ ޖިފުޓިއެއް ހަދާލަނީއެވެ. އޭގެތެރޭގައި ވަށާބިތުގައި ހުންނާނީ ފޮތި ދަމާފައެވެ. ބައެއް މީހުން ފަށުވި ފޮތިވެސް ދަމައެވެ. އެއަށްފަހު އެ ޖިފުޓި ބިން ފޮރުވާލަނީ ރީތި ހިމުން ދޮން ވެލިންނެވެ. ހިތާނުކުރަންވީ ކުއްޖާ އެތަނަށް ގެންނައިރު ދެތިން މުދިމުން އެތާ ތިބޭނެއެވެ. އެބައިމީހުންގެ މަސައްކަތަކީ އެތާންގައި ވަކި ރާގެއްގައި ބާރަށް ކޮންމެވެސް އެއްޗެއް ކިޔަވައި ދުޢާކުރުމެވެ. މިއީ އެކުއްޖާ ތެޅިފޮޅި ހަޅޭއްލައި އުޅުނަ ނުދިނުމަށް ކުރާކެމެކެވެ.

ހިތާނުކުރާ އޮޕަރޭޓަރުން އެތަނަށް ވަންނާނީ ހުދު މަށިކޮޅެއް ހިފައިގެންނެވެ. ދެން އެކުއްޖާ ރަނގަޅަށް ބެލުމަށްފަހު އެގުނަވަނުން ކަނޑާލަންވީހިސާބު ވަށައިގެން އެމަށިކޮޅުން ރޮނގެއް އަޅާނެއެވެ. އެއަށްފަހު ކުރީގައި އޮންނަ ހަންކޮޅު އޭނާއަށް ވެވުނުހައި ވަރަކަށް ދަމާފައި ހިމަ ރޮއްޖަކުން ބަނދެލާނެއެވެ. އެއަށްފަހު ކުރަފަތުން ކަނޑާލަނީއެވެ. މިއީ ހާއްސަކޮށް އެކަމަށްޓަކައި ތޫނުކޮށްފައި އޮންނަ ކުރަފަތެކެވެ: ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ- “ހިތާނުކުރުމުގެ މަރުހަލާ”

ހިތާނުކުރުމަށްފަހު އެކުއްޖާ ގަދަވާންދެން ބޭސްފަރުވާކުރާނީ އެކަންކުޅަ އޮޕަރޭޓަރެވެ. މިކަމުގެތެރޭ އެކުއްޖާގެ މައިންބަފައިންގެ ތިމާގެ މީހުންނާއި ރަހްމަތްތެރިން ގޮވާލަން އަންނައިރު އެ އޮޕަރޭޓަރަށް ހަދިޔާ ގެނެއެވެ. މީގެއިތުރަށް ހިތާނަކުޅަ ކުއްޖާގެ ބައްޕަގެ ކިބައިންވެސް އެކަމުގެ އަގު ލިބެއެވެ.

އެކުއްޖާ ގަދަވަނީ ގާތްގަނޑަކަށް 15 ދުވަހުންނެވެ. އެއަށްފަހު އޮޕްރޭޓަރު އެކުއްޖާ ފެންވަރުވާން ގެންދާނީ މޫދަށެވެ. މިކަމުގެތެރޭގައިވެސް ކިޔާންޖެހޭ ދުޢާތަކާއި އާދަކާދަތަކެއް އޮވެއެވެ. މިގޮތަށް ފެންވަރުވާ ނިމުމަށްފަހު ހިމަ އޮށިކޮޅެއްގައިލާފައިވާ އެއްކޮޅަށް ހިމަ ހުދު ދިދައެއް އެކުއްޖާ އަތަށް ދޭނެއެވެ. ދެން އެދެމީހުން އެކީ މަޑުމޮޅިކަމާއި ވަޤާރަތްތެރިކަމާއެކު އެދިދަ ގެންގޮސް ކޮންމެވެސް މުގައްދިސް ފަރާތަކަށް ނަދުރުކުރާނީއެވެ. މިއީ އަހަރެމެން އުއްބައްތިދޭ ފަދައިން އެބައިމީހުންކުރާ ހެޔޮކަމެކެވެ.

ހިތާނުނުކުރާ ކުދިންނަކީ އެބައިމީހުންގެ ބަހުގައި މައުޞޫމު ކުދިންނެވެ. އެކުދިންނަކަށް ފާފައެއް ނުކުރެވޭނެއެވެ. އެހެންވީމާ އޭގެކުރީގައި އެކުދިން ފޭރާންލާ ނިވަލެއްވެސް ނުކުރެއެވެ. އެބައިމީހުންގެ ބަހުގައި ފާފަނުކުރާ ކުދިންގެ ލަދެއްވެސް ނޯންނާނެއެވެ. ހިތާނު ކުރުމަށްފަހު އެބައިމީހުން ނިވާނުކޮށެއް ނުތިބޭނެއެވެ: ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ

އަންހެން ކުދިން ހިތާނުކޮށްގެން ކުރާ އާދަކާދަތަކެއް ކާންދިނުމެއް ނޯވެއެވެ. މިކަންކުރާ ގޮތަކީ އަންހެންކުދިންނަށް ދެ އަހަރުވީމާ އެކުދިންގެ ކުރިމަތިފަރާތުން ދެތިން ތިކި ލޭ ނެރޭނީއެވެ.

ފިރިހެންކުދިން ބޮޑުވާއިރު އެކުދީން ހިތާނަކުޅަ މީހާއަށް ވަރަށް އަދަބު ބަހައްޓާ ކަމޭހިތައެވެ. އޭނާއަށް އެކުދިން ކިޔާނީ އެދުރުބޭ މިހެންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: