ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރެފިކް ޖޫރިމަނާ ނުދެއްކިއްޖެނަމަ ދެން ޖެހޭނީ މުޖުތަމަޢުއަށް ޚިދުމަތްކުރަން!

ފުލުހުންގެ މަގުމަތީގައި ޓްރެފިކް ބަލަހައްޓަނީ: ފޮޓޯ ޕޮލުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރެފިކް ޖޫރިމަނާ ނުދެއްކޭނަމަ މުޖުތަމައަށް ފައިދާ ކުރާފަދަ ހިދުމަތެއް ނުވަތަ މަސައްކަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅުމުގެ ބާރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބޭ ގޮތަށް އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނު އިސްލާހ ގެނެސް މަޖިލީޙުން ފާސްކޮށްފިއެވެ.

އެ ބިލު މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނެރެފައިވާ ރިޕޯޓަށް އަންގާރަ ދުވަހުގެ  ޖަލްސާގައި ވޯޓަށް އަހާފައިވާއިރު، އެ ބިލު ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފްއެވެ.

މަޖިލީހުން ފާސްކުރި ބިލްގައި ބުނެފައިވާ ގޮތުގައި  ޖޫރިމަނާގެ އަދަދު 10،000 (ދިހަ ހާސް) ރުފިޔާ އަށްވުރެ އިތުރުވެފައިވާ ފަރާތްތަކުގެ ޖޫރިމަނާގެ ބަދަލުގައި، އެ މީހަކު މުޖުތަމައަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ޚިދުމަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ޝަރީއަތަށް ހުށަހެޅުމުގެ ބާރު މީރާއަށް ލިބިގެންވެއެވެ. އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުން ކަނޑައަޅާ ދުވެއްޔަށް ވުރެ ބާރަށް ދުއްވާ މީހުން ޖޫރިމަނާ ކުރެވޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ.

އެގޮތުން ފުރަތަމަ ފަހަރުނަމަ 500 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، އެކަން ތަކުރާރުކޮށްފިނަމަ ވާނެގޮތް ބުނެދީ ނަސޭހަތްތެރިވުމަށް ހިމަނާފައިވާއިރު ދެވަނަ ފަހަރުނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، އެ އުޅަނދު ދުއްވި މީހާއަށް ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް 48 ގަޑިއިރަށް ހިފެހެއްޓުމަށް ވަނީ ހިމަނާފައެވެ. އަދި 48 ގަޑިއިރަށްވުރެ އިތުރަށް ލައިސަންސް ހިފަހައްޓަން ޖެހިއްޖެނަމަ، ކޯޓު އަމުރެއްގެ ދަށުން އެ މީހެއްގެ ލައިސަންސް ހިފެހެއްޓިދާނެ ކަމަށާއި ތިން ފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 1،000 (އެއް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، އެ މީހެއް ދުއްވާ އުޅަނދު، 15 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވައިގެން މީހެއްގެ ހަށިގަނޑަށް ލިބޭ ގެއްލުމެއްގެ ސަބަބުން އެ އުޅަނދު ދުއްވި މީހާގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމުގެ އިހުތިޔާރު ދިނުމަށް ވެސް ވަނީ ހިމަނާފައެވެ. އެގޮތުން ހަށިގަނޑަށް ލިބުނު ގެއްލުމުގެ ކުޑަ ބޮޑުމިނަށް ބަލައި އެ އުޅަނދު ދުއްވި މީހާގެ ލައިސަންސް 6 މަސް ދުވަހާއި 5 އަހަރު ދުވަހުގެ މުއްދަތަށް ހިފެހެއްޓިދާނެ ގޮތަށް ހެދުމަށްވެސް ވަނީ ހިމަނާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: