ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަކުނުދޫ ހޮސްޕިޓަލުގައި އަންހެނުންގެ ހާއްސަ ޑޮކްޓަރެއްގެ ހިދުމަތް ނުދެވެނީ ޖާގައިގެ ދަތިކަން ހުރުމުން: އަމީން

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. މަކުނުދޫ ހޮސްޕިޓަލުގައި އަންހެނުންގެ ހާއްސަ ޑޮކްޓަރެއްގެ ހިދުމަތް ނުދެވިގެން އުޅެނީ އެތަނުގައި ޖާގައިގެ ދަތިކަން ހުރުމުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަޑައިގެން، މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

 މިނިސްޓަރު ވިދާޅުވީ ހޮސްޕިޓަލްގެ ޖާގަ އިތުރު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވައުދުވެވަޑައިގެންނެވި ނަމަވެސް މިދިޔަ އަހަރު ކަނޑައަޅާފައިވާ ބަޖެޓުގައި ހޮސްޕިޓަލް ބޮޑު ކުރަން ހިމަނާފައި ނުވާ ކަމަށެވެ. އެކަމަކު. މި އަހަރުގެ ބަޖެޓުގައި ހޮސްޕިޓަލްގެ ޖާގަ އިތުރު ކުރުން ހިމެނިފައި އޮތް އިރު، ހޮސްޕިޓަލްގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތް އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

 ހާއްސަކޮށް އަންހެނުންގެ ޑޮކްޓަރަކު ހުންނަ ކަމުގައިވާ ނަމަ ތަނަވަސް ޖާގައެއް ބޭނުންވާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ ހޮސްޕިޓަލްގައި މިހާރު ހުރީ ބަލި މީހުން ބެލުމަށް ހާއްސަ އެންމެ ކޮޓަރިއެއް ކަމަށެވެ.

 އެކަން ކުރައްވާނީ ލާމަރުކަޒީ ގާނޫނާ އެއްގޮތަށް ކައުންސިލާ ހަވާލުކޮށްގެން ކަމަށް އަމީން ވިދާޅުވިއެވެ.

“ޖާގަ އިތުރުވުމުގެ ކަންކަން ބިނާވަނީ އަޅުގަނޑުމެންގެ ބަޖެޓާއި ވަސީލަތް ހުންނަ މިންވަރެއްގެ މައްޗަށް. އެހެން ވުމުގެ ސަބަބުން އަޅުގަނޑުމެންނަށް ހުރިހާ ރަށެއްގައި އެއް ފަހަރާ މިކަން ކުރުމުގައި ގޮންޖެހުންތައް ދިމާވަނީ.” އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ މިންގަނޑުތަކަށް ބަލާއިރު ކޮންމެ ސިއްހީ މަރުކަޒެއްގައި އަދި، ހޮސްޕިޓަލެއްގައި ވިހާ ކޮޓަރިއެއް ހުރުމަކީ ލާޒިމް ކަމެކެވެ. އަދި ހަމައެކަނި ވިހާ ކޮޓަރިއެއް ހުރުމަކުން އަންހެނުންގެ ހާއްސަ ޑޮކްޓަރަކު ހޮސްޕިޓަލުގައި ނުބެހެއްޓޭނެ ކަމަށާއި، އެކަމަށް ހާއްސަ ވަސީލަތްތައް ބޭނުންވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: