ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުފާވެރި ޚަބަރެއް: އަލައްދިންގެ ދެވަނަ ބައެއް ނެރެނީ!

އަލައްދިންގެ ޕޯސްޓަރެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ހޮލީވުޑްގެ ފިލްމް “އަލައްދިން” ގެ ދެވަނަ ބައެއް ހަދަން ނިންމައިފި އެވެ.

ޑިޒްނީ ކާޓޫން އަސްލަކަށް ބަލައިގެން ހަދާފައިވާ “އަލައްދިން”ގެ އަސްލު ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބުނެވެ.

“އަލައްދިން” ގެ ދެވަނަ ބައި ލިޔުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. ދެވަނަ ބައި ވެސް ލިޔަނީ އަލައްދިންގެ ފުރަތަމަ ބައިވެސް ލިޔުނު ސްކްރީންރައިޓަރުން ކަމަށްވާ ޖޯން އޮގަސްޓާއި އެންޑްރިއާ ބާލޮފް އެވެ.

މި ފަހަރު ވެސް ފިލްމުގެ މުހިއްމު ރޯލްތައް ކުޅޭނެ ކަމަށް ބެލެވެނީ ފުރަތަމަ ބައިގައި ޓައިޓްލް ރޯލް ކުޅުނު މޭނާ މައްސޫދާއި ޕްރިންސެސް ޖޭޒްމިންގެ ރޯލް ކުޅުނު ނިއޯމީ ސްކޮޓާއި ޖީނީގެ ރޯލް ކުޅުނު ވިލް ސުމިތެވެ.

“އަލައްދިން”ގެ ފުރަތަމަ ބަޔަށް ބޮކްސް އޮފީހުގައި ޖުމްލަ 1.051 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: