ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކްޓްކުރަން ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ރަނުގެ ފުރުސަތެއް!

ބަތަލާ ރިޝްމީ ފިލްމީ އެވޯޑު ނައިޓުގައި - ފޮޓޯ: އެންސީއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ)އިން އެކްޓިން ވޯކްޝޮޕެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

އެންސީއޭ އިން ކުރި އިއުލާނެއްގައި ބުނީ މި މަހު ބާއްވަން ހަމަޖެހިފައިވާ އެ ވޯކްޝޮޕް ކުރިއަށްގެންދަނީ ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗުރަލް ސެންޓަރާ ގުޅިގެން ކަމަށެވެ.

އެ ސެންޓަރުގެ އިއުލާނުގައި ބުނީ، ވޯކްޝޮޕް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން، މި ވޯކްޝޮޕްގައި ކިޔަވައިދޭނީ ދިއްލީގެ ނޭޝަނަލް ސްކޫލް އޮފް ޑްރާމާގެ ޑައިރެކްޓަރު އަދި އެސޯސިއޭޓް ދެ ޕްރޮފެސަރުންނެވެ.

މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. ވޯކްޝޮޕްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 19 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ި info@nac.gov.mv އަށް އީމެއިލް މެދުވެރިކޮށް އެ ސެންޓަރަށް ވަނަވަރު ފޮނުވަން ޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: