ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ޖެންޑާ މިނިސްޓްރީ ކުރިމަތީގައި އިހުތިޖާޖުކުރަނީ!

އިހުތިޖާޖުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭޕުގެ ޝިކާރައަކަށްވި 2 އަހަރުގެ ކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޖެންޑާ މިނިސްޓްރީ ކުރިމަތީގައި އަޑު އުފުލައި އިހުތިޖާޖުކުރަން ފަށައިފިއެވެ.

މިހާރު އެތަނުގައި ކުރިއަށްދާ އިހުތިޖާޖުގައި އާންމުން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް އަޑުގަދަކުރަމުންނެވެ. އަދި މިނިސްޓަރުގެ އިސްތިއުފާއަށް ވެސް ގޮވާލައްވަމުންނެވެ.

އެއާއެކު ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފުވަނީ އެ ސަރަހައްދަށް ވަޑައިގެން އާންމުންގެ ބައެއް ވާހަތަކަށް ރައްދުދެއްވައި އަދި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދާރީވެފައެވެ. މިނިސްޓަރުގެ ހިމާޔަތުގައި ފުލުހުން ހަރަކާތްތެރިވި ނަމަވެސް އެއްވުމަށް ހުރަސްއެޅި މަންޒަރެއް ނުފެނެއެވެ. މިނިސްޓަރ ވިދާޅުވީ، އެކަމަނާ އިސްތިއުފާ ދޭންޖެހޭ ސަބަބެއް ނެތް ކަމަށާއި އެއީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.

ސިފައިންނާއި ފުލުހުންގެ ހިމާޔަތުގައި މިނިސްޓަރ އެ ސަރަހައްދުން ދުރަށް ވަޑައިގެންނެވި އިރު، އާންމުން ދިޔައީ ފަހަތުން  މިނިސްޓަރގެ އިސްތިއުފާއަށް ގޮވަމުން ނުރުހުން ފާޅުކުރަމުންެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: