ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅުތެރޭގެ ރައްޔިތުންނަށް މާލެ އަންނަން މަޖުބޫރު ވުމަކީ ޖޭޕީން ގަބޫލުކުރާ އުސޫލެއް ނޫން – ސައުދު

ވާއަތުން 2 ވަނަ އަށް --- އަހުމަދު ސައުދު
ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅުތެރޭގެ ރައްޔިތުންނަށް މާލެ އަންނަން މަޖުބޫރު ވުމަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ގަބޫލުކުރާ އުސޫލެއް ނޫން ކަމަށް، އެ ޕާޓީގެ ނައިބް ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ޓީވީ ޝޯއެއްގައި ވާހަކަފުޅުދައްކަވަމުން، ސައުދު ވިދާޅުވީ، މާލެއާއި އަތޮޅު ތެރޭގައި އޮންނަ ފަރަގު ކުޑަކުރުމުގެ ވާހަކަ އެންމެކުރިން ދެއްކި ބަޔަކަށްވެސް ޖުމްހޫރީ ޕާޓީ ވާނެ ކަމަށާއި، މާލެއަކީ ވެރިރަށް ކަމުގައިވިޔަސް ހަމައެކަނި މާލެ ތަރައްގީކޮށް އަތޮޅުތެރޭގެ ރައްޔިތުންނަށް މާލެ އަންނަން މަޖުބޫރު ވުމަކީ ޖުމްހޫރީ ޕާޓީން ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ.

އެގޮތުން، ރާއްޖޭގައި އަތޮޅު ތެރެއާއި މާލޭގަ ކާޑުގެ ބާވަތްތަކުގެ އަގު އެއްވަރު ކުރުމަށް އެންމެ ފުރަތަމަ ވާހަކަދައްކައި 2013 ވަނަ އަހަރު އިންތިހާބަށް މެނިފެސްޓޯގައިވެސް އެކަން ހިމެނި ހަމައެކަނި ޕާޓީއަކީ ޖުމްހޫރީ ޕާޓީކަން ސައުދު ވަނީ ފާހަގަ ކުރައްވާފައެވެ.

“2013 ވަނަ އަހަރުގެ ތެރޭގައި މެނިފެސްޓޯ އެކުލަވާލިއިރު ޖުމްހޫރީ ޕާޓީން އޮންނާނެ ހިމަނާފަ، ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މާލޭގައި ލިބޭ އަގުގައި ހަނޑޫ ހަކުރު ފުށް ލިބެން ޖެހޭނެ ކަމަށް، މިފަދަ ވިސްނުމެއްގައި މަސައްކަތް ކުރި ހަމައެކަނި ޕާޓީ ޖުމްހޫރީ ޕާޓީއަކީ،” ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ، ކޯލިޝަނެއްގެ ތެރެއިން އައި ސަރުކާރެއްގައި ކޯލިޝަންގެ ހުރިހާ ޕާޓީތަކެއްގެ މެނިފެސްޓޯއާއި ވައުދުތައް އެއްކޮށް އެކުލަވާލި މެނިފެސްޓޯއެއްގައި ހުރި ކަންކަން ކޯލިޝަންގެ ސަބަބުން ނުވެގެން އުޅެނީ ކަމަށް ބުނުމުން އެއީ ޖޯކެއްގެ ގޮތުގައި ފެނިވަޑައިގަންނަވާ ކަމަށެވެ.

ރައްޔިތުންގެ ހައްގުގެ ގޮތުގައި އެ ދައްކަވަނީ ހަމައެކަނި އެމްޑީޕީން އެޕާޓީގެ މެމްބަރުންނަށް ކޮށްދޭން ބޭނުންވާ ކަންކަމުގެ ވާހަކަތޯވެސް ސައުދު ވަނީ ސުވާލު ކުރައްވާފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ އަބަދުވެސް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާ ބޭފުޅެއްކަން އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: