ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު މިއީ ވާހަކަ ގިނަނުކޮށް އަމަލުން ތަރައްޤީ ދައްކަވަން ޖެހޭ ވަގުތު – ޝިޔާމް

ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް - ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ވާހަކަ މިހާރު މާގިނަވެއްޖެ ކަމަށާއި އެކަމަކު މިހާރު މިއީ ވާހަކަ ގިނަނުކޮށް އަމަލުން ތަރައްޤީ ދައްކަވަން ޖެހޭ ވަގުތު ކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝިޔާމް ރޭ ވިދާޅުވީ، ޕީޕީއެމް އިން ކައުންސިލް އިންތިޚާބުގައި ވާދަކުރަނީ ސަރުކާރު ޖަވާބުދާރީ ކުރުވާ ޒިންމާދާރު ކުރުވަން ކަމަށެވެ.

“މި ސަރުކާރަށް އަހަރެއް ވެގެން ދިޔައިރު ކޮށްދެވުނު އެއްވެސް ކަމެއް ނެތް. ކޮށްދެވުނު ކަމެއް އޮތްނަމަ އެބޭފުޅުން ވިދާޅުވެ ދެއްވާ ކޮށްދެވުނު ކަމެއް.” ޝިޔާމް ވިދާޅުވިއެވެ.

ޖަލުގައި ހުންނެވި ކުރީގެ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވަމުން ޝިޔާމް ރޭ ވެސް ވިދާޅުވީ ޔާމީން ޖަލަށް ލާފައި ވަނީ ސަރުކާރުން ޝަރީޢަތައް ނުފޫޒު ފޯރުވައިގެން ކަމަށެވެ.

“ފާއިތުވެގެން މިދިޔައީ ދިވެހި ރައްޔިތުންނަށް ހިތާމަވެރި 49 ދުވަސް. މި 49 ދުވަސް އިތުރަށް ހިތާމަވެރި ވަނީ ސަރުކާރުގެ ނާގާބިލްކަން ފެންނަމުން ދާތީ.” ޝިޔާމް ވިދާޅުވިއެވެ.

ފާއިތުވެގެން މިދިޔައީ ދިވެހި ރައްޔިތުންނަށް ހިތާމަވެރި 49 ދުވަސް. މި 49 ދުވަސް އިތުރަށް ހިތާމަވެރި ވަނީ ސަރުކާރުގެ ނާގާބިލްކަން ފެންނަމުން ދާތީ.

ޝިއާމް ރޭ މިމޭރުމުން ވާހަކަފުޅުދައްކަވާފައި ވަނީ، ކުރީގެ ރައީސް. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައަށް ރައްދުދެއްވުމުގެ ގޮތުންނެވެ. އެއީ މިއަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ފަރާތްތަކުން ބައިވެރިވާނެ ކަމެއް ނެތް ކަމަށް ބުނެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށެވެ.

ރައީސް ނަޝީޑު އެހެން ވިދާޅުވީ، ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީން ހއ ގެ ރަށްތަކަށް ކުރާ ދަތުރުތަކުގެ ތެރެއިން ހއ. ދިއްދޫ އަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: