ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާދަމް ޝަރީފުގެ ރައްދު ރައީސް ނަޝީދަށް: “ތިޔަ ގޮވަނީ ގުދޯގުދޯ”

ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ.ކުޅުދުއްފުށީގައި ރޭ އެމްޑީޕީ އިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕީޕީއެމްއަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު މިއަދު ރައްދު ދެއްވައިފިއެވެ.

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ޕީޕީއެމާއި ވާދަވެރިންގެ އެންމެ ބޮޑު ހުނަރަކީ ފިތުނަ ފަސާދަ އުފައްދާ ދޮގުހަދާ ދެބައޮޑުވުން ކަމަށެވެ.

https://twitter.com/Adamshareefz/status/1217651899266031616?

ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވާ އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދު “ގޮވަނީ ގުދޯގުދޯ” ކަމަށެވެ. އަދި އެއަށްފަހު އޭނާ ވަނީ ރައީސް ނަޝީދަށް ސުވާލުތަކެއް ކުރިމަތިކުރައްވާފައެވެ.

“ވެރިންނަށް އާޑަފުރައްސާރަކޮށް “ގޮޅާބޯ” ގޮވަން ދަަސްކޮށްދިނީ ކޮންބައެއް؟ ބޭރު ދުނިޔޭގައި ރާއްޖޭގެ “ނަން ހަޑިކޮށް” ވާހަކަ ދެއްކީ ކޮންބައެއް؟ ޓްއަރިޒަމް ބޮއިކޮޓް ކުރަން ގޮވާލީ ކޮންބައެއް؟ ސިފައިންނާއި ދިމާއަށް އަލިފާން ބޯޅަ އުކީ ކޮންބައެއް؟”

އާދަމް ޝަރީފް އެ ވިދާޅުވާ، “ގޮޅާބޯ” އަކީ އެމްޑީޕީ ގައި އިސްކޮށް އުޅުނު މީހުން 2003 ވަނަ އަހަރުން ފެށިގެން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ބޭނުންކުރި ވަނަމެކެވެ.

އެމްޑީޕީ މެންބަރުން ފަހުން ނެރުނު ނޫސްޖައްލާތަކުގައި ވެސް އެނަން ބޭނުން ކޮށްފައި އެބަ ހުއްޓެވެ. ނަޝީދު ވަނީ މީގެ ކުރިން އެތައް ފަހަރަކު ރާއްޖެއަށް ފަތުރުވެރިން ނާންނަން ބޭރުގެ ބޮޑެތި މީޑިއަތަކުގައި ގޮވާލާފައެވެ. ދެވަނަ ސުވާލުގައި، ޝަރީފު އެ ވިދާލުވާ ރާއްޖޭގެ ނަން ހަޑިކޮށް ވާހަކަ ދެއްކުމަކީ އެއީ ކަމަށް ވެދާނެއެވެ.

އާދަމް ޝަރީފްގެ ޓްވީޓްގައި އިޝާރާތް ކުރެއްވި ސިފައިންނާއި ދިމާއަށް އަލިފާން ބޯޅަ އުކި ހާދިސާ އަކީ 2005 ވަނަ އަހަރު އެމްޑީޕީ އުފެދުނު ފަހުން މާލޭގައި ބޭއްވި މުޒާހަރަތަކުގައި ސަލާމަތީ ބާރުތަކުގެ މީހުންނާއި ދިމާއަށް ޓެނިސް ބޯޅައިގައި އަލިފާން ރޯކުރުމަށްފަހު އުކި ހާދިސާތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: