ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިން ނުދޭ މީހުންގެ ދަފްތަރެއް ތައްޔާރުކުރަނީ!

ހެލްތު މިނިސްޓަރު އަމީން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެކްސިން ނުޖަހާ މީހުންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މިހާރު ފެތުރެމުންދާ ހިމަބިއްސާ ގުޅޭ މައުލޫމާތު ހިއްސާ ކުރަން ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު ވިދާޅުވީ، ވަކި ރަށެއް އިސްތިސްނާ ނުކޮށް، ރާއްޖޭގައި ތިބި އުމުރުން 18 އަހަރުން ދަށުގެ ހުރިހާ ކުދިންނަށް ވެކްސިން ޖަހާފައިވޭތޯ ސަރުކާރުން މިހާރު ބަލަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ، ވެކްސިން ނުޖަހައި ތިބި ކުދިން ފާހަގަކޮށް، އެ ކުދިންނަށް ވެކްސިން ޖަހާނެ ކަމަށެވެ.

އަމީން ވިދާޅުވި ގޮތުގައި، މިހާތަނަށް ވަނީ 48 ރަށެއްގެ މައުލޫމާތު އެއްކޮށްފަ އެވެ. އަދި މި ހަފުތާގެ ނިޔަލަށް ހުރިހާ ރަށަކުން މައުލޫމާތު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

“މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ދަފްތަރު މިކުރަނީ ގަސްތުގައި ވިޔަސް ނުވަތަ އޮޅިގެން ވިޔަސް 18 އަހަރުން ދަށުގެ ވެކްސިން ނުޖަހާ މީހުންނަކީ ކޮބައިތޯ. އެމަސައްކަތް އަޅުގަނޑުމެންނަކަށް 24 ގަޑި އިރު ތެރޭ ނިންމައެއް ނުލެވުނު. އެމަސައްކަތް މިހާރު ކުރެވެމުން އަންނަނީ.”

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ދަފްތަރު އެކުލަވާލުމުގެ އިތުރުން ބައެއް ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށާއި އެންމެ ފުރަތަމަ ހިމަބިހި ފެނުނު ސަރަހައްދަށް އިސްކަން ދީގެން މިދިޔަ ދެ ދުވަސް ތެރޭގައި 1240 މީހުންނަށް ވެކްސިން ދީފައިވާ ކަމަށެވެ.

އޭގެ އިތުރުން ހިމަބިހިއަށް ޓެސްޓު ކުރުމަށް ބޭނުންވާ ކިޓުތައް ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު ލިބެމުންދާ ކަމަށާއި މި މަސައްކަތްތަކަށް ޓާސްކްފޯސްއެއް އެކުލަވައިލަމުންދާ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

“މިހަފުތާ ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި، އެއްވެސް ރަށެއް އިސްތިސްނާ ނުވާ ގޮތަށް ހުރިހާ ރަށެއްގައި ތިބި 18 އަހަރުން ދަށުގެ ވެކްސިން ނުޖަހާ ހުރި ކުދިންގެ ފުރިހަމަ ދަފްތަރެއް އެކުލަވާލާފައި ދެން އެ ހިސާބުން ރަށްރަށުގައި ވެސް ވެކްސިން ނުޖަހާ ކުދިންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ.”

ހިމަބިއްސަށް ޓެސްޓް ކުރުމުގައި ދައްޗެއް ކުރިމައްޗެއް ނުވާނެ ކަމަށާއި ވެކްސިން ފޯރުކޮށްދިނުމުގައި ދައްޗެއް ކުރިމައްޗެއް ނުވާނެކަމަށާއި އަދި ވެކްސިން ޖެހުމުގެ އިންތިޒާމްތައް ގާއިމްކުރެވިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: