ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް ސަރުކާރަކަށް ނުހިފޭއްޓުނު ކުލި!

މާލެ ސިޓީ - އޭރިއަލް ވިޔު
ޝެއާރކޮށްލާ ކަހަލަދޯ؟

ހަނޑޫ ކިލޯއެއްގެ އަގުބޮޑުވީމަވެސް، ބޮޑުވަނީ ގޭގެ ކުއްޔެވެ. ކަރަންޓާއި ފެނުގެ އަގު ބޮޑުވެލިޔަސް، ބޮޑުވަނީ ގޭގެ ކުއްޔެވެ. ގޭގައި އަލަށް ލިފްޓް ހަރުކުރިޔަސް، ދަރިޔަކު މީހަކާ އިންނަން ރަންކިޔަސް، ބޮޑު ކޮއްލަނީ ގެ ކުއްޔެވެ. ޖުމުލަކޮށް ބުނާނަމަ، ގޭގެ ވެރިން ކުރަން ޖެހޭ ޚަރަދު ކިރިޔާވެސް ބޮޑުވާ ކޮންމެ ފަހަރަކު އެފައިސާ ހޯދަނީ ގެ ކުއްޔަށް ބޭނުންހާ ބަދަލެއް ގެނެސްގެނެވެ. ހިތާމަހުރި ކަމެކެވެ.

ކާޑުގެ ބާވަތްތަކާއި، ޓެކްސީ ފަދަ ހިދުމަތްތައް ދޭނެ ވަކި އަގުތަކެއް ހެދިފައިވާ ގާނޫނާ ގަވައިދުތަކުން ކަނޑައެޅިފައިވާއިރު، ގެދޮރުގެ ކުލި ނެގުމަށް މިންގަނޑުތަކެއް ކަނޑަނޭޅެންވީ ކީއްވެތޯއެވެ؟ އެމެރިކާ ފަދަ ގައުމުތަކުގައި ތަންފީޒު ކުރަމުން އަންނަ ފަދަ ކުލި ކޮނޓުރޯލް ކުރުމުގެ ގާނޫނެއް ރާއްޖޭގައި ތަންފީޒުނުކުވެންވީ ކީއްވެހެއްޔެވެ؟ ޚުދޫދުން ނެއްޓި ހަމައެއް ލަމައެއް ނެތި، ހިތުހުރި އަގެއް ނިކަމެތި މީހާގެ އަތުން ނަގައި އެމީހާ ފެލާލުމަކީ ދެރަ އަދި އެހާމެ ބޮޑު ގައުމީ މައްސަލައެކެވެ. މައްސަލަ އޮތީ ކުލީގެ ގޮތުގައި ނަގާ މަހު ފީގައި އެކަންޏެއް ނޫނެވެ. އެޑްވާންސް ފައިސާގެ ގޮތުގައި ވެސް ނަގަނީ ގޭގެ ބޮޑުން ހިތަށް އެރި ވަރެކެވެ. ކުއްޔަށް ހިފަންދާ ނިކަމެތި މީހާއާ ދޭތެރޭ ވިސްނާލުމެއް ނެތެވެ.

މާލޭގެ ގެދޮރުގެ އަގުތަކަށް ބަލާއިރު އެއްކޮޓަރި އެޕާޓްމެންޓެއްގެ އަގު 10000 ރުފިޔާ އިން ފެށިގެން ގޮސް ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ އަގުތައް މިވަނީ 28000 ރުފިޔާ އިން މަތީގަ އެވެ. އެއާ އެކު ދެ މަސް ނުވަތަ ތިން މަސް ދުވަހުގެ ކުލީގެ ފައިސާ އެއްފަހަރާ އެޑްވާންސްގެ ގޮތުގައި ދޭންޖެހެ އެވެ. ދެން މިއޮތީ އަނެއް ވާހަކައެވެ. އެހާ ބޮޑު ކުލި ދައްކައިގެން އުޅޭ އިރުވެސް، ބޭނުންވާ މިނިވަންކަމާއެކު އުޅެވޭކަށް ނޯވެއެވެ. ބައެއް ގޭގެ ވެރިންގެ ދުއްޕާނާ ހަރުކަށި ކަމުގެ ސަބަބުން ހިތްހަމަޖެހިލައިގެން އުޅެން ވަނީ ދަތިކަމަކަށެވެ. މިހުންނަނީ ހައްތާހާވެސް ދެރަ މައްސަލަތަކެވެ.

މީގެ އިތުރުން، ކުއްޔަށް ދޭ ތަންތަނުގެ ފެންވަރަށް ނުވާވަރުގެ ބޮޑެތި ކުލި އެބަނަގައެވެ. މިސާލަކަށް ދުވަސްވެ ބައުވެފައިވާ އިމާރާތަކުން ވެސް، އައު އިމާރާތަކުން ނަގާވަރުގެ ކުލި ނަގާތަން އެބައާދެއެވެ. ބޮލަށް ވެއްޓެން ކައިރިވެފައި ހުއްޓަސް ކުލި ކުޑަވާތަނެއް ނާދެއެވެ. ކަން މިހެން ހުރި ނަމަވެސް، ކުލީގެ މި މައްސަލައަކީ އަދާ ހަމައަށް ވެސް، ހައްލެއް ހޯދިފައި ނުވާ މައްސަލައެކެވެ. މިހާތަނަށް އައި ހުރިހާ ސަރުކާރަކުން ވެސް، މިވަނީ ކުލި ކޮންޓްރޯލްކޮށް ވަކި އިމެއްގައި ހިފެހެއްޓުމަށް ނުކުޅެދިފައެވެ. އާއެކެވެ. ކުއްޔަކީ ހަމަ އެއްވެސް ސަރުކާރަކަށް ނުހިފޭއްޓުނު އެއްޗެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: