ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިމަބިހީގެ ވެކްސިން ދީފައިވާކަން ޔަގީންކުރުމަށް، ވާދޫ ޞިއްޙީ މަރުކަޒުގެ އޮފިޝަލުން ދޮރުންދޮރަށް!

ފޮޓޯ: ވާދޫ ހެލްތް ސެންޓެރ ޓްވީޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ރ.ވާދޫ ޞިއްޙީ މަރުކަޒުގެ ޕަބްލިކް ހެލްތު ޔުނިޓުން ގޭގެއަށް ޒިޔާރަތްކޮށް ހިމަބިހީގެ ވެކްސިން ދެވިފައިވާ ފަރާތްތަށް ކަށަވަރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ވާދޫ ޞިއްޙީ މަރުކަޒުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ރ.ވާދޫ ޞިއްޙީ މަރުކަޒުގެ ޕަބްލިކް ހެލްތު ޔުނިޓުން ރ. ވާދޫ ގޭގެއަށް ޒިޔާރަތްކޮށް ހިމަބިހީގެ ވެކްސިން ދެވިފައިވާ ފަރާތްތަށް ކަށަވަރުކުރުމުގެ މަސައްކަތް ފަށައިފި ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ބައްޔެއްގައި އަހަރަކު 134000 މީހުން މަރުވާ މީސުލްސް (ހިމަބިހި) ރާއްޖެއިން ނައްތާލާފައިވާތީ އެކަމުގެ އެވޯޑް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރަސްމީކޮށް ރާއްޖެއަށް ދީފައިވަނީ ސެޕްޓެންބަރު 7، 2017 ގައެވެ.

ހިމަބިހި ނައްތާލުމަށް ރާއްޖޭގައި ގައުމީ ކެމްޕެއިނެއް ވެސް ކުރިއަށް ގެންދިޔައެވެ. އަދި ރާއްޖެއަކީ ހިމަބިހި ނުވަތަ މީސްލްސް ނައްތާލާފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާ އިއުލާންކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. ރާއްޖެއާ އެކު މި ސަރަހައްދުން ހިމަބިހި ނައްތާލި ކަމަށް ކަނޑައަޅާފައިވާ ގައުމުގެ ތެރޭގައި ދެން ހިމެނެނީ ބޫޓާންއެވެ.

މި ދެ ގައުމަކީ ވެސް 2020 ވަނަ އަހަރުގެ ކުރިން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން ހިމަބިހި ނައްތާލުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވި ފުރަތަމަ ދެ ގައުމުކަންވެސް ފާހަގަކޮށްލެވެއެވެ. ހިމަބިހިން ރައްކާތެރިވުމަށް މީސްލްސް ވެކްސިން ދޭން ފަށާފައިވަނީ 1983 ވަނަ އަހަރެެވެ.

ނަމަވެސް، ރާއްޖޭން އަނެއްކާ ވެސް މިވަނީ ހިމަބިހި ފެނިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: