ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިހިވިހީގެ ބަޖެޓާއި ގުޅޭގޮތުން އައްޑޫ ސިޓީ ރައްޔިތުންގެ ހިޔާލު ހޯދަނީ!

އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާއެކު ރައީސް ސޯލިހު ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރަށް އައްޑޫ ސިޓީ ކަންއުންސިލްގެ ފަރާތުން ކަނޑައަޅާފައިވާ ބަޖެޓާއި، ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ، އެ ބައްދަލުވުންތައް ބާއްވަން ގަސްތުކޮށްފައި ވަނީ މިއަދާއި، މާދަމާ ކަމަށެވެ. އެ ބައްދަލުވުވުމުގައި ބައިވެރިވުމަށް އެ ސިޓީގެ ރައްޔިތުންނަށް ދައުވަތު އަރުވާކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

އެގޮތުން މިއަދު 10:00 ޖަހާއިރު އެ ކައުންސިލުން ވަނީ މީދޫ ރައްޔިތުންނާއި، ބައްދަލުކުރައްވާފައެވެ. އަދި 13:00 ގައި ހުޅުދޫ ރައްޔިތުންނާއި ބައްދަލުކުރަން ނިންމާފައިވާއިރު، މި ބައްދަލުކުރެއްވުން އޮންނާނީ އެސްޓީއޯ ބިލްޑިންގގައެވެ.

މީގެ އިތުރުން މިއަދު ހަވީރު 16:00 ގައި މަރަދޫފޭދޫ ރައްޔިތުންނާއި ބައްދަލުކުރުން އޮންނާނީ އިރުޝާދިއްޔާ ސްކޫލްގައި ކަމަށާއި، ހިތަދޫ ރައްޔިތުންނާއި ބައްދަލުކުރުން އޮންނާނީ މިރޭ 20:30 ގައި ޝަރަފުއްދީން ސްކޫލްގައި ކަމަށް އެ ކައުންސިލުން ބުނެފައި ވެއެވެ. އަދި މާދަމާ ހެނދުނު 9:00ގައި މަރަދޫ ރައްޔިތުންނާއި، ބައްދަލު ކުރަން ކައުންސިލުން ނިންމާފައިވާއިރު، އެ ބައްދަލުވުން އޮންނާނީ މަރަދޫ ސްކޫލްފައެވެ. އަދި ފޭދޫ ރައްޔިތުންނާއި ބައްދަލު ކުރުން އޮތީ މާދަމާ މެންދުރު 13:00 އަށެވެ. މި ބައްދަލު ކުރުން އޮތީ އަވަށު އޮފީހުގައެވެ.

އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންނާއި ބައްދަލު ކުރުމަށް، މިފަދަ ބައްދަލުވުންތައް ކޮންމެ އަހަރަކުވެސް ބާއްވައެވެ. ނަމަވެސް މި ބައްދަލުވުންތަކަށް ރައްޔިތުންގެ މާބޮޑު ތަރުހީބެއް ނުލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: