ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓު ކެނޑި، ހިދުމަތަށް ބުރޫ އަރައިފި!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓު ކެނޑި، ހިދުމަތަށް ބުރޫ އަރައިފި އެވެ.

އެއާޕޯޓުން ކަރަންޓު ކެނޑުމާއެކު، އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ވަނީ ކަރަންޓު ކެނޑެން ދިމާވި ސަބަބު ދެނެގަނެ އެއާޕޯޓަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ފަށާފައެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން ޗެކިންގެ ޚިދުމަތް ފަދަ ޚިދުމަތްތައް ހުއްޓުނުކަން ފާހަގަކުރެވެއެވެ. އަދި އެއާޕޯޓުގައި ބޭނުންކުރާ ބައެއް އޭސީތަކުން ފެން ފޭބުން ފަދަ މައްސަލަތައް ވެސް ކުރިމަތިވިއެވެ.

މިދިޔަ މަހުގެ ތެރޭގައިވެސް ބާރުބޮޑު ވަގުތެއްގައި އެއާޕޯޓުން ވަނީ ކަރަންޓު ކެނޑިފައެވެ. ނަމަވެސް އެފަހަރު ބެކްއަޕް ސިސްޓަމް ބޭނުންކޮށްގެން ކަރަންޓު ދީފައިވެއެވެ. އަދި އެފަހަރު އެއްވެސް އޮޕަރޭޝަނަކަށް ބުރޫ އަރާފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: