ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސާ ދޫކުރުމުގަ ބަލާނީ އީސީގައި އޮންނަ ދަފުތަރަށް، ޕާޓީތަކުން ގެންގުޅޭ ދަފުތަރަކަށް ނޫން: އީސީ

ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ދޫކުރާނީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ސިޔާސީ ޕާޓީތަކުގެ ދަފުތަރަށް ބަލައިގެންކަަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އެމްޑީޕީގެ ޕްރައިމަރީއާއި ގުޅިގެން އެ ޕާޓީގެ މެންބަރެއްތޯ ބެލުމަށް ފުރުސަތު އާންމުކޮށް ހުޅުވާލުމުން، އެ ޕާޓީން ގެން ގުޅޭ ދަފުތަރުގައި އިދިކޮޅު ބައެއް އިސް ފަރާތްތަކާއި އާންމު މެންބަރުން ހިމެނިފައިވާތީވެ، އެކަމާއި ކަންބޮޑުވުން ފާޅުކޮށް ގިނަ ބަޔަކު ޓްވީޓް ކުރަމުން ދާ މިދަނޑިވަޅުގައި އީސީން ކުރި ޓްވީޓުގައި ބުނެފައިވަަނީ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގައި އެ ޕާޓީތަކުން ބަލަހައްޓާ އެ ޕާޓީގެ މެންބަރޝިޕް ރެޖިސްޓްރީގެ އެއްވެސް ދައުރެއް ނޯންނާނެކަމަށެވެ.

https://twitter.com/ElectionsMv/status/1216426590717874176?s=20

31 ޑިސެމްބަރު2019 ވަނަ ދުވަހުގެ ނިޔަލަަށް ޕާޓީ ތަކުގެ ދަފުތަރުގައި ތިބި މެންބަރުންގެ އަދަދު އީސީން ހާމަކޮށްފައިވާއިރު، އެންމެ މެންބަރުން ގިނައީ ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީޕީ)ގައެވެ. އެގޮތުން އެމްޑީޕީގައި 54101 މެންބަރުން އެބަ ތިިއްބެވެ.

ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ އެމްޑީޕީގެ އިތުރުން ލިބެނީ ދެ ޕާޓީއަކަށެވެ. އެއީ ދެވަނައަށް އެންމެ މެންބަރުން ގިނަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ތިންވަނައަށް އެންމެ މެންބަރުން ގިނަ ޖުމްހޫރީ ޕާޓީ އެވެ. ޕީޕީއެމްގެ ދަފުތަރުގައި 36078 މެންބަރުން ތިބިއިރު، ޖޭޕީގެ ދަފުތަރުގައި ތިބީ 11072 މެންބަރުންނެވެ.

ސިޔާސީ ޕާޓީތަކުގެ ދަފުތަރު؛

* އެމްޑީޕީ 54101
* ޕީޕީއެމް 36078
* ޖުމްހޫރީ ޕާޓީ 11072
* އެމްޑީއޭ 8506
* އަދާލަތު ޕާޓީ 6789
* ޕީއެންސީ 4221
* އެމްޓީޑީ 3279
* ޑީއާރުޕީ 3033
* އެމްއެސްއެލްޑީޕީ 2977
* އެމްއާރުއެމް 2851

ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަނި ކަމަށް ޕާޓީތަކާ ބެހޭ ގަވާއިދުގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: