ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިދާ އެއް ނެތް ގެއްލުންހުރި އެއްޗެއް. ހިފައިފިނަމަ ސަލާމަތެއް ނެތް!

---
ޝެއާރކޮށްލާ ކަހަލަދޯ؟

“އަހަރެން މިވެނި މީހަކަށް ވޯޓެއް ދޭނީ ފައިސާއަށް” މިއީ އިންތިހާބުތަކާއި ދިމާކޮށް އަބަދުމެ އިވޭ ވާހަކައެކެވެ. ވޯޓުން ތިމާގެ އަމިއްލަ މުހުތާދުތައް ފުއްދުމަށްޓަކައި ކުރިމަތިލާ ކެންޑިޑޭޓުންގެ ކިބައިން ލާރިއަށް ކިޔާ މީހުން މއިަދު މި މުޖުތަމައު ތެރޭގައި މަދެއް ނޫނެވެ. އަދި ތިމާ އަންނަން ބޭނުންވާ މަގާމަށް އިންތިހާބުވުމަށް ރައްޔިތުންނަށް ދަޅަދައްކައިގެން ރިޝްވަތު ދޭ މީހުން އާންމުވެއްޖެއެވެ. ނަމަވެސް އިނގޭހެއްޔެވެ! ނޭންގި ނަމަވެސް ތި އަރައިގަނެވެނީ ބޮޑު ފާފައަކަށެވެ.

ބޯމަތިވަމުން އަންނަ ކައުންސިލް އިންތިހާބަށް ސިޓީ އުރަ ބަހަމުންދާ މީހުންނާއި ސިޓީއުރައަށް އެދެމުން ދަ މީހުން ފެންނަން ފަށައިފިއެވެ. ކުރިން ނަމަ ކަނާއަތުން ދިއްކުރާ ސިޓީ އުރަ ވައަތަށްވެސް ނޭންގޭނެއެވެ. ނަމަވެސް މިހާރު ސިޓީ އުރަ ބަދަލުކޮށް އުޅެނީ ފާޅުގައެވެ. އެންމެ ގިނައިން ސިޓީއުރަ ބަހާ މީހާ ނުވަތަ ކެންޑިޑޭޓު އެންމެނަށްވެސް އިނގެއެވެ.

މިކަން ހިނގާ ނުހިނގާ ގޮތް ބަލާލުމަށް ބައެއް މީހުންނައި ސުވަލުކޮށްލީމެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާނެ މީހަކު ބަލާނީ ނުވަތަ އިންތިހާބު ކުރާނީ ކޮންކަހަލަ މީހެއްތޯ ސުވާލު ކުރުމުން ގިނަ މީހުން ބުނަނީ ” މަ މިފަހަރު ވޯޓު ލާންވެސް ދާނީ ފައިސާދިނީމަ!” މިހެންނެވެ. އިންތިހާބީ ކެންޑިޑޭޓަކު ހޮވުމަށް ލާ ވޯޓަކީ އެހާ މުހިންމު އެއްޗަކަށް ވެފައި ހަވާލުކުރާ ޒިންމާއަކީ އެހާ ބޮޑު މަސްއޫލިއްޔަތަކަށްވާތީ މިކަން މިގޮތަށް ހިނގަން މެދުވެރިވާ ސަބަބު އޮޅުންފިލުވަން އަޅުގަނޑު ބޭނުންވިއެވެ.

ގިނަ ބަޔަކު ބުނާގޮތުން ވޯޓާއި ދިމާކޮށް ދިއްކޮށްލާ ލާރިކޮޅުގައި ހިފަނީ އިންތިހާބު ކުރާ ބޭފުޅުންގެ ފަރާތުން އެއްވެސް މަންފާއެއް ނުލިބޭތީ ކަމަށެވެ. އިންތިހާބުތަކައި ދިމާކޮށް އެތަށް ކަމަކަށް ވައުދުވެ ރަށަށާއި ރައްޔިތުން މީހާއަށް ފައިދާވާނެ ކަމަށް ބުނެ ކުރަހާލަ ތަސްވީރު ހަޤީޤަތަކަށް ނުވާ ކަމަށެވެ. އިންތިހާބުތަކާއި ދިމާކޮށް ރައްޔިތުމީހާއާއި ނުލާ ފިޔަވަޅެއްވެސް ނޭޅޭ ކެންޑީޑޭޓް އިންތިހާބު ވުމަށްފަހު ލޮލުކޮޅަށް ދައްކާ ނުލާ ކަމަށް ގިނަބަޔަކު ބުނެއެވެ.

ލާރީގައި ހިފަނީވެސް ލާރި ހުށަހަޅާތީއެވެ. ނިކަމެތި ހާލުގައި ދިރިއުލެމުންދާ ރައްޔިތުންގެ ނާޖާއިޒް ފައިދާ ނަގަމުންދާއިރު ލާރިއަކީ މިހާރު ހުރިހާ ކަމެއްގެ ހަތިޔާރަކަށްވެއްޖެއެވެ. ކިތަންމެ މަޖުބޫރުވިޔަސް އެ ހިފެނީ ރިޝްވަތުގައި ކަން ހަނދާން ކުރާށެވެ. ވޯޓުވިއްކާ މީހާއެކޭ އެ ގަންނަ މީހާއެކޭ ވަކި ތަފާތެއް ނެތެވެ.

އިންތިހާބުތަކާއި ދިމާކޮށް ރިޝްވަތު ދިނުމާއި ރިޝްވަތުގައި ހިފުމަކީ އެއީ ތިމާގެ ދާއިރާއަށްވެސް އޭގެން އަސަރުކުރާނެ ކަމެކެވެ. ރިޝްވަތު، ޚިދުމަތްތައް އެންމެ ގާބިލް ކަމާއެކު ދޭންހުރި މީހާގެ މައްޗަށް ބާރު ފޯރުވައެވެ. މިކަމުގެ ސަބަބުން ޙައްޤު ލިބެން ޖެހޭ ފަރާތްތަކަށް ހިދުމަތް ކުރުމުގެ ފުރުސަތު ގެއްލިގެން ދެއެވެ. އެއީ ތިމާއަށް ކުރިއެރުމާއި ތަރައްޤީ ލިބުމުގެ ދޮރު ބަނދުވުމުވެ.

ރިޝްވަވަތު އާންމުވެ އެއީ މިހާރު މާބޮޑުކަމެއް ކަމަށް ނުވިސްނުނަސް އެކަމުގެ ނުބައި ކަމުގެ ވާހަކައަކީ ހިތަށް ތަސައްވުރުވެސް ނުކޮށްލެވޭހާ ނުބައިކަން ބޮޑުވެގެންވާ ފާފައެކެވެ. ކިތަންމެ ފޮރުވައިގެން ކުރި ކަމެއް ނަމަވެސް ހެއްދެވިފަރާތް ބައްލަވާވޮޑިގެންވާކަމާއި އައްސަވާވޮޑިގެންވާކަން ހަނދާނެއް ނުހުރެއެވެ. ރިޝްވަތު ހިފުމުގައި ޖެހިލުންވުމެއް އަދި ލަދުވެތިވުމެއްވެސް ނެތެވެ. ކެރިގެން ފާޅުގައި މިކަންކުރުމަކީ، މިޖަރީމާ ހިންގާ މީހުންގެ ވަށައިގެންވާ އެންމެން، މިޖަރީމާއަށް އަރައިގަތުމަށް ދެވޭ ވަރަށް ބޮޑު ހިތްވަރެކެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ރިޝްވަތަކީ، ޙައްޤުގޮތް ބާޠިލުކަމުގައި ހެދުމަށް ދެވޭ އެއްޗެކެވެ. ނުވަތަ ތިމާއަށް ޙައްޤުނޫން އެއްޗެއް ލިބިގަތުމަށް ދެވޭ އެއްޗެކެވެ. ރިޝްވަތު ދިނުމަކީ ﷲ ގެ މަގު ގެއްލިފައިވާ އަދި ޝައިޠާނާއަށް ތަބާވާ މީހުންގެ ސިފައެކެވެ. ރިޝްވަތުގެ މުޢާމަލާތަކީ ޙަރާމްކަމަކަށް ވާއިރު، ރިޝްވަތުގެގޮތުގައި ދެވޭ އެއްވެސް އެއްޗެއް ބޭނުންކުރުން ހުއްދައެއްނުވާނެއެވެ. އެއީ ބާޠިލު މުޢާމަލާތެކެވެ.

ނިންމާލުމުގެ ކުރިން ދަންނަވާލަން ބޭނުންވަނީ ރިޝްވަތަކީ ވަގުތީ މަންފާއެއް ގެނުވައިދޭ ކަމެއް ނަމަވެސް އޭގެން ތިމާއަށް ކުރިމަގުގައި އެެއްވެސް ފައިދާ އެއް ނުކުރާނެއެވެ. ރިޝްވަތުގެ ގޮތުގައި ތިމާ ނަގާ ފައިސާއިން އޭރަކު ތިމާބޭނުންވާ ވަގުތީ ބޭނުންތައް ފުއްދުނު ނަމަވެސް ހަނދާން ބަހައްޓަންޖެހޭ ކަމަކީ އެފައިސާއާއި ގުޅުން ހުރި ކޮންމެ ކަމަކީ އެއީ ހަރާން އެއްޗެއް ކަމެވެ. މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށާއި ކުރިއަށް އަންނަން އޮތް އިންތިހާބުތަކުގައި ވިސްނާލުން މުހިންމު ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: