ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިމަ ބަލި ޖެހުނު ކުއްޖާއަށް ހުރީ ވެކްސިން ނުދީ – އެޗްޕީއޭ

ހިމަ ބިހި ފެނުނީ 3 އަހަރުގެ ކުޑަކުއްޖެއްގެ ގައިން ----
ޝެއާރކޮށްލާ ކަހަލަދޯ؟

ހިމަ ބިހި ޖެހިފައި ވަނިކޮށް ދާދި ފަހުން ފެނުނީ ވެކްސިންގެ ޑޯޒް ފުރިހަމަ ނުކޮށް ހުރި ތިން އަހަރުގެ ކުއްޖެއްގެ ގައިން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައިވަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ، އުމުރުން ތިން އަހަރުގެ ކުއްޖަކަށް ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން ޓެސްޓު ކުރިއިރު ޕޮޒިޓިވް ވެފައިވާ ކަމަށާއި އެއީ ނުވަ މަހާއި 18 މަހުގައި ދޭންޖެހޭ މީސްލްސް ވެކްސިން ނުދީ ހުރި ކުއްޖެއް ކަމަށެވެ. އެކަމަކު، އައިޖީއެމްއެޗްގައި ފަރުވާދީ އެ ކުއްޖާ ރަނގަޅު ވުމުން އަދި އެ ކުއްޖާގެ ފަރާތުން ބަލި ފެތުރޭ މުއްދަތު ފާއިތުވުމުން އެ ކުއްޖާ މިހާރު ދޫކޮށްލާފައިވާ ކަމަށް އެ ބަޔާނުގައި ވެ އެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި، އެ ކުއްޖާގެ ފަރާތުން ބަލި ފެެތުރުމުގެ ފުރުސަތު އޮތް ދުވަސްވަރު ދެނެގަނެ، އެ ދުވަސްތަކުގައި އެ ކުއްޖާއާ އެކު އުޅުނު މީހުން ހޯދައި، އޭގެ ތެރެއިން މީސްލްސް ވެކްސިންގެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް ވެކްސިން ދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ. އެހެންވެ، މިމަސް ފެށުނު ފަހުން އެ ކުއްޖާ ޒިޔާރަތްކުރި ތަންތަނަށް ދިޔަ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެ ބަޔާނުގައި އެދިފައިވެ އެވެ.

ކުއްޖާ ދިޔަ ތަންތަނާއި ވަގުތު:

4 ޖެނުއަރީ 2020 – 20:00 އިން ފެށިގެން 23:00 އާ ހަމައަށް ހުޅުމާލެ ހޮސްޕިޓަލް

5 ޖެނުއަރީ 2020 – 17:00 އިން ފެށިގެން 21:00 އާ ހަމައަށް ހުޅުމާލެ ހޮސްޕިޓަލް

6 ޖެނުއަރީ 2020 – 19:00 އިން ފެށިގެން 22:00 އާ ހަމައަށް ސެނަހިޔާ ހޮސްޕިޓަލް

7 ޖެނުއަރީ 2020 – 19:00 އިން ދަންވަރު 2:00 އާ ހަމައަށް ހުޅުމާލެ ހޮސްޕިޓަލް

8 ޖެނުއަރީ 2020 – 11:30 އިން ފެށިގެން 13:30 އާ ހަމައަށް ޓްރީޓޮޕް ހޮސްޕިޓަލް

މީގެ އިތުރުން 1 ޖެނުއަރީއާއި 9 ޖެނުއަރީއާ ދެމެދު ހަވީރުގެ ވަގުތުތަކުގައި ހުޅުމާލެ ސެންޓްރަލް ޕާކާއި އެސަރަހައްދުގެ ކެފޭތަކަށްވެސް އެކުއްޖާ ގޮސްފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެ އެޖެންސީ ބުނެފައިވަނީ އެ ތާރީޚުތަކުގައި އެތަންތަނަށް ގޮސްފައިވާ މީހުން އެމްއެމްއާރު ވެކްސިންގެ 2 ޑޯޒް ހަމަކޮށްފައި ނުވާނަމަ ވީހާވެސް އަވަހަކަށް އެ ވެކްސިންގެ ޑޯޒު ހަމަކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި 21 ދުވަސް ތެރޭ ހުން އައިސް ހަންގަނޑުގައި ބިހި ނަގާ ނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: