ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ބަދަލުނުކުރެވޭނީ ހަމައެކަނި ދީން، ޕާޓީއާއި ވަޒީފާއާއި ލާނެ ހެދުމަކީ އަމިއްލަ ހައްޤެއް”

ޔަޝްފާ އަބްދުލް ޤަނީ ސަންގު ތީވީގެ ހަބަރަށް ފަހު ޕްރޮގްރާމްގަިއ ވާހަކަދައްކަވަނީ ----
ޝެއާރކޮށްލާ ކަހަލަދޯ؟

ބަދަލުނުކުރެވޭނީ ހަމައެކަނި އިސްލާމް ދީން ކަމަށާއި ސިޔާސީ ފިކުރު ބަދަލުކުރުމަކީ އަމިއްލަ ހައްގެއް ކަމަށް ޖުމްހޫރީ ޕާޓީގެ ޕޮލިޓިކަލް އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓަރ ޔަޝްފާ އަބްދުލް ޣަނީ ވިދާޅުވެއްޖެއެވެ.

ކުރިން ޕީޕީއެމްގައި ގިނަ މަސައްކަތެއް ކޮށް ހަރަކާތްތެރިވި ޔަޝްފާ ރިޔަސީ އިންތިހަބަށް ފަހު ވަނީ ޖުމްހޫރީ ޕާޓިއަށް ބަދަލުވެފައެވެ. ޕާޓީ ބަދަލުކުރުމާއެކު އޭނާއަށް ފާޑުކިޔުންތަށް ވަނީ އަމާޒުވެފައެވެ. އެ ފާޑުކިޔުންތަކަށް ރައްދު ދެއްވާ ޔަޝްފާ ވިދާޅުވީ ގާނޫނު އަސާސީ ބުނާގޮތުން ތިމާ އުޅޭނެ ޕާޓީއެއް އިހުތިޔާރު ކުރުމާއި ލާނެ ހެދުމާއި އުޅޭނެ ވަޒީފާއެއް އިހުތިޔާރު ކުރުމަކީ އަމިއްލަ ހައްގެއް ކަމަށެވެ. އަދި ކުރިއެރުމަށް މަގެއް ފެނިއްޖެ ނަމަ އެ ފުރުސަތުގެ ބޭނުން ހިފުމަށް އޭނާ ވަނީ ގޮވާލާފައެވެ.

ޕީޕީއެމްގައި ހަރަކާތްތެރިކަމާއެކު މަސައްކަތް ކުރުމަށްފަހު ޖުމްޙޫރީ ޕާޓީއަށް ބަދަލުވީ ކީއްވެތޯ ސުވާލު ކުުރުމުން ޔަޝްފާ ވިދާޅުވީ އެވަގުތު ރައްޔިތުންގެ އަޑު އަހާނެ އެރައްޔިތުންގެ އިހުސާސްތައް އެންމެ ގާތުން އަޑުއިވޭނެ އެއް ޕާތީއަކީ ޖުމްހޫރީ ޕާޓީ ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

” އަޅުގަނޑު އޭރު ޕީޕީއެމްއާއި ގުޅުނީ ވަރަށް ރަނގަޅު ޑިވެލޮޕްމަންޓްސްތަކެއް ގެނެސް، ވަރަށް އެކްޓިވް ޕްލެޓްފޯމް އަކަށް ޕީޕީއެމް ވެގެން ދިޔައި. ޕީޕީއެމްގަިއވެސް އަޅުގަނޑު ވަރަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފަ ހުންނާނީ. އަޅުގަނޑޫ ތަމްސީލް ކުރާ ދާއިރާ، މަގޫދޫ ދާއިރާއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަޅުގަނޑު ކުރިމަތިލިން. އަޅުގަނޑަށް ފާހަގަކުރެވުނު ހަގީގަތަކީ ރައްޔިތުން އެބަ ބޭނުންވޭ ރައްޔިތުންނަށް އެކަށޭނަ ހިދުމަތްތަކެއް ދެވޭ އަޑުއަހާނެ ރަނގަޅު އެކްޓިވް ޕްލެޓްފޯމެއް. އަޅުގަނޑު ގަބޫލު ކުރާގޮތުގައި ޕޮލިޓިކަލް އެންވައިރަމަންޓް ބަލައިލިން، އޮބްޒާވްކޮށްލާފަ އަޅުގަނޑޫ ހިތަށް އެރީ މިވަތު އެންމެ ރަނގަޅު ޕްލެޓްފޯމްއަކީ ޖުމްހޫރީ ޕާޓީއޭ”

ޔަޝްފާ ވިދާޅުވީ ޖުމްހޫރީ ޕާތީއަކީ އަންހެނުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް އެންމެ ފަހު ފުރުސަތެއް ދޭނެ ޕާޓީ ކަމަށެވެ. އޭގެ އެއް ހެއްކަކީ ރަތްފިޔަ ހަރަކާތްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ހާލަތު ބަދަލުކުރުމަށްޓަކައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްޙޫރީ ޕާޓީގެ ކެންޑީޑޭޓުންނަށް ވޯޓު ދިނުމަށް ޔަޝްފާ ވަނީ ގޮވާލައްވާފައެވެ. ޔަޝްފާ ވިދާޅުވީ ރާއްޖޭގައި ގާސިމް ފިޔަވާ އެހެން މަހުޖަނުންނާއި ރިސޯޓު އޯނަރުންވެސް އުޅުއްވާކަމަށެވެ، ނަމަވެސް ގައުމަށާއި ރައްޔިތުންނަށް އެންމެ ޚިދުމަތްކޮށްދެއްވާކަމަށް ފާހަގަވެފައިވާ އެއްބޭފުޅަކީ ގާސިމް ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: