ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރި ދަތުރުތަކުގެ ފައިދާ ކައުންސިލް އިންތިހާބަށް ފަހު ފެނިދާނެތަ؟

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ރާއްޖޭގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ----
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރަކީ ގައުމަށާއި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭނެ ކަމަށް ބުނެ އައި ސަރުކާރެކެވެ. އެމްޑީ ސަރުކާރެއް ނަމަ އެ ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެކޭ ބުނެއެވެ. ރައްޔިތުންގެ އިހުސާސްތައް އެންމެ ފުންމިނުން ދެނެގަނެ ހިތާ ހިތުގެ ގުޅުމަކުން ގުޅިލާ މެހިފައިވާ ގުޅުމެއްގެ ގޮތުގައި ސިފަކުރެއެވެ. މިއީ ދޮގެކޭ ނުބުނެވޭނެއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބު ފެށުމުގެ މާކުރީންސުރެ އެމްޑީޕީއިން ރައްޖޭގެ އެކި ރަށްރަށަށް ދަތުރުތައް ފަށައި ރައްޔިތުންނާއި ބައްދަލުކުރިއެވެ. ރައްޔިތުންނަށް ބޭނުންވަނީ ކޮންކަމެއްތޯއާއި ވަކި ވަކި ރަށްރަށުގެ ރައްޔިތުންނަށް ދަތިވެފައިވަ ކަންކަން ފުރިހަމަ ކޮށްދިނުމަށް ކަންކަން ބައްޓަންކުރަންޖެހޭނެ ގޮތްތަކާއި މި ހުރިހާ ކަމެއް ބަލާ ދިރަސާކުރިއެވެ. އެންމެ އަސާސީ ބޭނުންތަކުން ފެށިގެން ރަށަކަށް ބޭނުންވާ ކަންކަން ބަލާ ހޯދިއެވެ.

އެދުވަސްވަރުގެ ދަތުރުތަކުން ރަށްރަށުގައި ރައްޔިތުން ދިރިއުޅެމުން ދިޔަ ހާލަތާއި މެދު ހަމްދަރުދީވެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ ކަމަށް ވިދަޅުވިއެވެ. އަދި އިންތިހާބު ކާމިޔާބު ކޮށްދީފި ނަމަ ރައްޔިތުންނަށް ވީ ވައުދުތައް ހަގީގަތަކަށް ހަދައިދީ ފުރިހަމަ ޚިދުމަތެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ވެރިކަމަށްވެސް ހޮވިއްޖެއެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީވެސް އެމްޑީޕީއަށް ދީފިއެވެ. ނަމަވެސް އަދިވެސް ދަތުރުކުރަނީއެވެ. އަދިވެސް ރައްޔިތުންގެ އިހުސާސްތައް ދެނެގަންނަނީއެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީއިން ރާއްޖޭގެ ހުރިހަ ރަށަކަށް ކަހަލަ ގޮތަކަށް ދަތުރުކުރިއެވެ. ޖެހިގެން އައި މަޖިލިސް އިންތިހާބުގައިވެސް ރަށްރަށުގައި ކެމްޕެއިންގެ ފޯރި އެހާ ގަދައެވެ. ނަމަވެސް ދަތުރުތަކުން ވީ ފައިދާއެއް ނުފެނެއެވެ. ރައްޔިތުންގެ ބޭނުންތައް އަދިވެސް ސާފުވެނުލައްވަނީތޯ؟ އެރައްޔިތުންގެ އުންމީދުތަށް އަދިވެސް އެ ބޭފުޅުންގެ ސިކުނޑީގައި ކުރަހާ ނުލެވެނީތޯ؟

ވެރިކަމާއި ހަވާލުވެވަޑައިގެންފަހުންވެސް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވަނީ އެތަށް ކައުންސިލަކާއި ބައްދަލުކުރައްވާފައެވެ. އަދި ރަށްރަށުގެ ހާލަތު އޮޅު ފިލުވާ ހައްލު ހޯދޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ނުވިތާކަށް ކައުންސިލަރުންނަށް ހާއްސަކޮށްގެން ރައްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލަރުން ހިމެނޭހެން ބޮޑު މަހާސިންތާއެއް ބޭއްވިއެވެ.

މަހާސިންތާގައިވެސް ސަރުޚާރުގެ ޕްލޭނާއި އެއްގޮތަށް ރާއްޖޭގެ ތަރައްޤީ ކުރިއަށް ގެންދާނެ ގޮތުގެ މަޝްވަރާތައް ކުރިއެެވެ. އަދި ޖުމްލަކޮށް ރައްޖޭގެ ހާލަތާއި ބެހޭގޮތުން ކަންބޮޑުވުން ހުރި ދާއިރަތަށް ފާހަގަކޮށް ކަމާއި ބެހޭ ވަޒީރުންނާއި އިދާރަތަކުގެ ވެރިންގެ ހާޒިރުގައި މަޝްވަރާ ކުރެވިގެން ދިޔައެވެ.

ނަމަވެސް ސަރުކަރަށް އަހަރެއް ފުރިގެން ދިޔައިރުވެސް ދަތުރުތައް ކުރި ވަރާއި އަލާބަލާއިރު، ރަށްރަށުގެ ތަރައްޤީއަށާއި ކުރިއެރުމަށް އައި ބަދަލެއް ނެތެވެ. ރިޔާސީ އިންތިހާބުގައި ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަމަށް އަދިވެސް ރައްޔިތުން ދަނީ ސަލާންޖަހަމުންނެވެ.

ރާއްޖެ ލާޒމަރުކަޒީ ނިޒާމަކުން ގުޅާލުމަކީ މިސަރުކާރުގެ އެއް އަމާޒެވެ. މިހާރު އެ އަމާޒަށް ވާސިލްވެ ކައުންސިލަރުންނަށް ބޯޑެތި އިހުތިޔާރުތަކަކާއި ބާރުތަކެއް ދީފައިވާއިރު އުންމީދަކީ ރަށްރަށަށް ކުރިހާ ދަތުރެއްގެ ފައިދާ ލޮލަށް ފެނުމެވެ. ރައްޔިތުންގެ ދުލުން އަޑުއެހި ވާހަކަތަކާއި އެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ނިމުމެއް ގެނެސް ކުރި އުންމީދާއި ދެކުނު ހުވަފެންތަށް ހަގީގަތަށް ވުމެވެ. އުންމީދަކީ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ސަރުކާރުން އެ ބުނާފަދަ އިންގިލާބީ ބަދަލެއް ރާއްޖެއިން ފެނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: