ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އާއި ކޮމިޓީން، އިސްކަން ދިން ޝިފްލާގެ ނަން ބްރޯޑްކޮމްއިން ކަޓުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލި މީހުންގެ ތެރެއިން އެންމެ މަތިން މާރކްސް ލިބުނު ޓީވީ ޕްރެޒެންޓަރު ޝިފްލާ އިބްރާހިމް ކަޓުވާލައިފިއެވެ.

ޝިފްލާ އެ މަޤާމަށް ހޮވަން ނުފެންނަ ކަމަށް 49މެމްބަރުން ވޯޓުދެއްވިއެވެ. ޝިފްލާ އެ މަޤާމަށް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓްލީ 7 މެމްބަރުންނެވެ.

ޝިފްލާ އިބްރާހީމް ވަނީ ބްރޯޑްކާސްޓިން ޖާނަލިޒަމްގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވާފައެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ތަރުތީބު ކުރިއިރުވެސް ސަންގު ޓީވީގައި މަސައްކަތް ކުރާ ޝިފްލާ އިބްރާޙިމް އެއްވަނައިގައި ހިމެނިފައެވެ.

ބްރޯޑްކޮމަށް ކުރިމަތިލެއްވި 36 ބޭފުޅުންގެ ލިސްޓް ރައީސް ތަރުތީބު ކުރެއްވި އިރު އެމަނިކުފާނު އިސްކަން ދެއްްވީ ކުރިން ޓީވީ މޯލްޑިވްސްގައި މަސައްކަތް ކުރެއްވި އަދި މިހާރު ސަންގު ޓީވީގައި މަަސައްކަތް ކުރައްވާ ޝިފްލާ އިބްރާހީމާއި ގ. ޑޭޒީފަހި، މުހައްމަދު ހިލްމީ އަށެވެ.

ޝިފްލާއަކީ ސަންގު ޓީވީގެ މުވައްޒަފުންނަށް ޚަބަރު ކިޔުމާއި، ޚަބަރު އުފެއްދުމަށް ޓްރެއިނިންގ ދޭ މުވައްޒަފެކެވެ. އަދި ސަންގު ޓީވީގެ އެންމެ ގިނަ ދުވަސްވީ ނިއުސް އެންކަރއެވެ.

ޝިފްލާވަނީ ނޫސްވެރިކަމުގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައެވެ. އަދި މިހާރު އޭނާ ވަނީ މާސްޓާޒް ފުރިހަމަ ކުރައްވާފައެވެ. ނޫސްވެރިކަމުގެ ދާއިރާއަށް ޝިފްލާ ނިކުތީ މީގެ 21 އަހަރު ކުރިންނެވެ. މި އަހަރުގެ ތެރޭގައި ވްމެން އޮން ބޯޑްސް އިން ވަނީ ނޫސްވެރިކަމުގެ ދާއިރާއަށް ޝިފްލާކޮށްދެމުންދާ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެވޯޑެއްވެސް ދީފައެވެ.

އެ މަޤާމަށް އައްޔަންކުރީ، އަހުމަދު ގައިސްއެވެ. އޭނާ އެ މަޤާމަށް އައްޔަން ކުރީ 64 މެމްބަރުންގެ ވޯޓާއިއެކުަގައެވެ. ދެން އެ މަޤާމަށް އައްޔަން ކޮށްފައިވަނީ އަލީ ޔޫސުފްއެވެ.  އޭނާ އެ މަޤާމަށް އައްޔަން ކުރީ 66 މެމްބަރުންގެ ވޯޓާއިއެކުގައެވެ. އެ މަޤާމަށް ދެން އައްޔަން ކުރި މަރިޔަމް ވަހީދާ ބްރޮޑްކޮމްގެ މެމްބަރު ކަމަށް އައްޔަނު ކުރުމަށް ފެންނަކަމަށް 68 މެމްބަރުން ވޯޓު ދެއްވިއެވެ.

ރޯޑްކާސްޓިން ގާނޫނުގައި ބުނާގޮތުން ބްރޯޑްކާސްޓިން ކޮމިޝަންގެ ބައްދަލުވުމެއް ބޭއްވޭނެ ގާނޫނީ އަދަދަކީ، ކޮމިޝަންގެ މެމްބަރުންގެ އަގުލަބިއްޔަތެވެ. ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނުގެ އަގުލަބިއްޔަތަކީ ހަތަރު މެމްބަރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: