ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2020ގައި މާލެ ސިޓީއަށް އާ ސްކޫލެއް

މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް) - (ފޮޓޯ: ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަންނަ އަހަރު މާލެ ސިޓީ ސަރަހަށްދުގައި އާ ސްކޫލެއް ހުޅުވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ހާމަކުރަށްވައިފިއެވެ.

މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް) ކުރިންހުރި ސަރަހަށްދުގައި ” ޢިއްޒުއްދީން ސްކޫލް”ގެ ނަމުގައި 2020 ވަނަ އަހަރު ސްކޫލެއް ހުޅުވަން ހަމަޖެހިފައިވެއެވެ.

މިއީ ސިންގަލް ސެޝަން ސްކޫލެއްގެ ގޮތުގައި ގްރޭޑް 1 އިން 10 އަށް ކިޔަވައިދޭން ހަމަޖެހިފައިވާ ސްކޫލެކެވެ. ނަމަވެސް މިއަންނަ އަހަރު މި ސްކޫލުގައި ކިޔަވައިދޭން ފަށާނީ ގްރޭޑް 1 އިން 6 އަށެވެ. އެއީ ގްރޭޑް 1 އިން 4 އަށް ކޮންމެ ގްރޭޑެއްގައި 3 ކުލާހާއި ގްރޭޑް 5 އަދި 6 ގައި ކޮންމެ ގްރޭޑެއްގައި 2 ކިލާހެވެ. ކޮންމެ ކިލާހެއްގައިވެސް 25 ދަރިވަރުންނަށް ކިޔަވައިދެވޭގޮތަށް އިންތިޒާމް ކުރެވޭނެއެވެ.

މި ސްކޫލު ގްރޭޑް 7 އިން 10 އަށް ތަރައްގީ ކުރަން ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ގްރޭޑެއް އިތުރު ކުރާގޮތަށެވެ.

މި ސްކޫލަށްވެސް ކުދިން ވެއްދުމުގައި މާލޭ ސިޓީ އެހެން ސްކޫލްތަކަށް ކުދިން ވެއްދުމުގައި ގެންގުޅޭ އުސޫލު  ބޭނުންކުރެވޭނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން މައުލޫމާތުދެއެވެ. މި ސްކޫލަށް ދަރިވަރުން ވެއްދުމަށް މިހާރުވެސް މިނިސްޓްރީ އޮފް އެޑިއުކޭޝަންއިންދަނީ ސިޓީ ބަލައިގަންނަމުންނެވެ. ސްކޫލަށް ދަރިވަރުން ވެއްދުމަށް ހަމަޖެހިފައިވަނީ ސިޓީ ހުށަހަޅާ ތަރުތީބުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: