ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދެން ކަލަ ގޮވަނީއެއް ނޫން، ކޮންމެ ބައެއް ވެސް ވެރިކަމަށް އަންނަނީ ޖޭޕީ އާއި ހެދި: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރަހިމް -- ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ސަރުކާރެއް ވެސް އުފެދިގެން އަންނަނީ ޖުމްހޫރީ ޕާޓީގެ ސަަބަބުން ކަމަށާއި، ޕާޓީ ލައްވާ ހަރަދުތަކެއް ކުރުވުމަށްފަހު ގައުމުގެ ހައްގުގައި ވާހަކަ ދައްކަން ފެށުމާއި އެކު ސަރުކާރުން ބޭރުކޮށްލަނީ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖޭޕީއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމް އެ ޕާޓީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ ކޮންމެ ސަރުކާރަކާއި އެކުވެސް ގުޅިގެން މަސައްކަތް ކުރުމަށްފަހު ސަރުކާރާއި ދިމާކޮށްގަންނަނީ އެ ޕާޓީން ނޫން ކަމަށެވެ. ކޮންމެ ސަރުކާރެއް ވެސް އަންނަނީ ޖުމްހޫރީ ޕާޓީގެ ސަބަބުން ކަމަށް ވިދާޅުވުމަށްފަހު ގާސިމް ވިދާޅުވީ "މިއީ ކަލަ ގޮވުމެއް ނޫން" ކަމަށެވެ.

ގާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީ މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ރަނގަޅު ގޮތެއް ހޯދުމަށް މަސައްކަތް ކުރާތީ ސަރުކާރުތަކުން އޭނާދެކެ ވަރަށް ޖެހިލުން ވާ ކަމަށެވެ. އެހެން ނަމަވެސް ގައުމަށް މަންފާއެއް ހޯދައި ދިނުމަށްޓަކާ ބަސްތައް ބުނަމުންދާތީ އެތައް ދުއްތުރާތަކާއި ޖެއްސުންތަކާއި ކުރިމަތު ކުރުވާފައިވާކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުތަކުން ޖެއްސުން ކުރިޔަސް އެ ބައެއް ވެރިކަމަށް އަންނަނީ ވެސް އޭނާގެ ސަބަބުން ކަމަށެވެ. އަދި ހަރަދުތައް ވެސް ކުރުވައިގެން ކަމަށެވެ.

ޖުމްހޫރީ ޕާޓީއަކީ، މަލްޓި ޕާޓީ ސިސްޓަމްގެ ދަށުން އެންމެ ފުރަތަމަ އުފެދިގެން އައި ސިޔާސީ ޕާޓީތަކުން ސިޔާސީ ޕާޓީއެއްކަން ފާހަގަ ކުރައްވާ ގާސިމް ވިދާޅުވީ އޭގެ ކުރިން އުފެދުނު ޕާޓީތައް ވެސް މިއަދު ނެތިގެން ގޮސްފައިވާ ކަމަށެވެ.

ގާސިމް ވިދާޅުވީ އޭނާ ކުރައްވަމުން ގެންދަވަނީ ގައުމުގެ ހައްގުގައި ކުރައްވާ މަސައްކަތެއް ކަމަށާއި އެކަމަކު ކުރީގެ ކޮންމެ ސަރުކާރަކުވެސް ޖުމްހޫރީ ޕާޓީ ސަރުކާރު ކޯލިޝަނުން ބޭރުކޮށްލީ ކަމަށް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑުމެނެއް ނޫން ކޯލިޝަން ސަރުކާރެއް އުފެދިގެން އައިމަ ސަރުކާރާ ދިމާކުރަނީ. އެކަމަކު އެ އުފެދޭ ސަރުކާރަކުން އަޅުގަނޑުމެންނާ ދޭތެރޭ ކަންތައް ކުރާގޮތުން އެ ބޭފުޅުން އަމިއްލައަށް ކަންތައް ކުރަމުން ކުރަމުން ގޮސް އެންމެ ފަހުން ކެތް ނުވެގެން ބޭރުކޮށްލަނީ. އެ ބޭފުޅުންގެ ގައުމީ މަޖިލީހުން ނިންމާފައި ނުވަތަ ކައުންސިލުން ނިންމާފައި ބޭރުކޮށްލީ. ބޭރުކޮށްލާފައި އަދި ނިންމާލަނީއެއް ނޫން. އަޅުގަނޑުމެންގެ ތެރެއިން މީހުން ވެސް ގެންގޮސް ޖަލަށް އަޅާ،” ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ސިޔާސީ ގޮތުން އޭނާއާއި ކިތަންމެ “ޖައްސާލައިގެން” އުޅުނަސް މިއީ ވަކި ބައެއްގެ މަންފާއަށް ކުރާ މަސައްކަތެއް ނޫން ކަމަށެވެ. މިހާތަނަށް ސިޔާސީ މަސައްކަތުގައި ދެމި ހުންނެވީ ރައްޔިތުންގެ ހައްގުގައި ކަމަށާއި ކުރިޔަށް އޮތ ްތަނުގައި ވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ހައްގުގައި ކަމަށް ގާސިމް ވިދާޅުވިއެވެ.

ވޭތުވެ ދުވަސްތަކުގައި އާއިލާ އާއި ވިޔަފާރިއަށް އެކި ގޮތްގޮތުން ގެއްލުންތައް ދީފައިވާކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ އޭރުވެސް އަމިއްލަ މަސްލަހަތު އިސްކުރެއްވި ނަމަ ފައިދާ ލިބުނީސް ކަަށެވެ. އެހެން ނަމަވެސް، އޭނާ ބެލީ އަދި އެކި ގޮތްގޮތުން ގައުމަށް ކުރިއެރުން އައިސް އިޖްތިމާއީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

ގާސިމް ވިދާޅުވީ 1984 ވަނަ އަހަރުން ފެށިގެން ކުރަމުންދާ މަސައްކަތަކީ ރައްޔިތުންގެ ހައްގުގައި ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ. އަބަދުވެސް އޭރަކު އޮންނަ ސަރުކާރަކާއި ގުޅިގެން މެދުކެނޑުމެެއްނެތި މަސައްކަތް ކުރަނީ ރައްޔިތުންނަށް ހެޔޮ ގޮތް ހޯއްދަވައި ދެއްވަން ކަމަށެވެ.

ގާސިމް ވިދާޅުވީ އޭނާގެ އަމިއްލަ މަންފާއަށް އެއްވެސް މަސައްކަތެއް ކުރާނަމަ ކަންކަމަށް ބަހެއް ނުބުނާނަނެ ކަމަށެވެ. އެހެން ނޫނީ ނަމަ އޭނާ އުޅޭނީ އެންމެން ހިތް ރުސައިގެން ކަަމަށެވެ. އަދި އުޅޭނީ ވެސް “އެތިކޮޅު ޖަހާލައިގެން، ހިހޫތަނުން ފެންބޮއެ، ކައިގެން” ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އޭނާގެ އެހީގައި އެތައް ހާސް ބަޔަކަށް ޑިގްރީއަށް ވެސް ކިޔަވައިދީފައިވާނެ ކަމަށެވެ. އަދި އޭނާއަކީ އެތައް ބައެއްގެ ފުރާނަ ސަލަމާތްވުމުގެ މެދުވެރިއެއް ކަމަށް ވެސް ގާސިމް ވަނީ ކުނުޒޫގައި ބޭއްވި ޖަލްސާގައި ވިދާޅުވެފައެވެ. އަދި އެތައް ބައެއްގެ ފުރާނަ އޭނާއަށް ސަލާމަތްކޮށްދެވުނުއިރު އެއީ މާތްﷲ ހަވާލު ކުރެއްވި އަމާނާތެއްގެ ގޮތުގައި ގާސިމް ވަނީ ފާހަގަ ކުރައްވާފައެވެ. އެހެން ނަމަވެސް، އެއްވެސް އެހީއެއްގެ ބަދަލެއް ދިނުމަށް ދުވަހަކުވެސް އެދިފައި ނޯންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

“އެހީއެއް ވެދީފައި އޮތީތީ އޭގެ ބަދަލުގައި އަޅުގަނޑަށް ވޯޓް ދޭށޭ އެއްވެސް މީހަކު ކައިރީގައި ބުނެފައެއް ނޯންނާނެ. ނަމަވެސް އެހެން ބޭފުޅުންނަށް ވެރިކަން ހޯއްދަވައި ދެއްވަން މީހުން ކައިރީ އާދޭސްކޮށްފައި ވާނެ” ގާސިމް ވިދާޅުވިއެވެ.

ކުނޫަޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރައްވާ ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި އެމަނިކުފާނު ރައީސް ސޯލިހްގެ ވެރިކަން ބަދަލު ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ދޭހަވާ މޭރުމަކުން ގާސިމް ވާހަކަ ދެއްކެވިއެވެ.

ރައީސް ނަޝީދާއި، އެމްޑީޕީގެ ބައެއް ފަރާތްތަކަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި ނަމަވެސް، ރައީސް ސޯލިހަށް ތައުރީފް ކުރައްވަމުން ގާސިމް ވިދާޅުވީ ރައީސް ޞާލިހް ވަނީ “އަނިޔާ ލިބުނު މީހުން އެކަންކަމުން މިންޖުކޮށްދެއްވާފައި” ކަމަށެވެ. ގާސިމް ވިދާޅުވީ ކަންކަން ކުރެވޭނީ ކެތްތެރިވެގެން ކަމަށާއި ކެތްތެރިކަމާއި އެކު ރައީސް ޞާލިހް ކަންތައްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: