ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ސުޕްރީމް ކޯޓުން އޭއޭސީސީއީއައިގައި ބައިވެރިވެއްޖެ

އެސޯސިއޭޝަން އޮފް އޭޝިއަން ކޮންސްޓިޓިއުޝަނަލް ކޯޓްސް އެންޑް އީކުއިވެލަންޓް އިންސްޓިޓިއުޝަންސްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު - (ފޮޓޯ: ސުޕްރީމް ކޯޓް)
ޝެއާރކޮށްލާ ކަހަލަދޯ؟

އެސޯސިއޭޝަން އޮފް އޭޝިއަން ކޮންސްޓިޓިއުޝަނަލް ކޯޓްސް އެންޑް އީކުއިވެލަންޓް އިންސްޓިޓިއުޝަންސް (އޭ.އޭ.ސީ.ސީ.އީ.އައި) ގެ ދައުވަތު ޤަބޫލުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ އެސޯޝިއޭޝަންގައި ބައިވެރިވެލައްވައިފިއެވެ.

އޭ.އޭ.ސީ.ސީ.އީ.އައިގެ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ބަލައިގެންފާވަނީ “ދަ ތާރޑް އިންޑޮނީޝިއަން ކޮންސްޓިޓިއުޝަނަލް ކޯޓު އިންޓަނޭޝަނަލް ސިންޕޯޒިއަމް 2019 (އައި.ސީ.ސީ.އައި.އެސް. 2019) ޝޯޓް ކޯސް އެންޑް ކޯލް ފޮރ ޕޭޕަރ” ގެ ނަމުގައި މި މަހުގެ 3 އިން 8 އަށް ކުރިޔަށްދާ ބައްދަލުވުމެއްގައެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަރާތުން މި ބައްދަލުވުމަށް ހުށަހަޅަން ޖެހޭ ރިމާކްސް ހުށަހެޅުއްވީ ދިވެހިރާއްޖޭގެ ހެޑް އޮފް ޑެލިގޭޝަން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުއެވެ.

null

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގައި އަސާސީ ހައްގުތަކާއި މިނިވަންކަން ކަށަވަރުކޮށްދިނުމަށާއި ނެގެހެއްޓުމުގައި އޭ.އޭ.ސީ.ސީ.އީ.އައި.ގެ ގައުމުތަކުގެ ތަޖުރިބާތަކަކީ ދިވެހިރާއްޖެއިން ފިލާވަޅު ލިބިގަނެވޭނެ އަދި ރާއްޖެއަށް ފައިދާކުރާނެ ތަޖުރިބާތަކެއްކަމުގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ވާހަކަ ދައްކަވާ ފާހަގަކުރަށްވާފައިވެއެވެ.

އިންޑޮނީޝިޔާގެ ބާލީގައި ކުރިއަށްދާ މިބައްދަލުވުންތަކުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަރާތުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދުވެސް ބައިވެރި ވެލައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: