ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޔޯރާ ސަމިޓްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގަންނަވަނީ

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި ކުރިޔަށްދާ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގެ ކައުންސިލް އޮފް މިނިސްޓަރސްގެ ބައްދަލުވުން - (ފޮޓޯ: ފޮރިން މިނިސްޓްރީ)
ޝެއާރކޮށްލާ ކަހަލަދޯ؟

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި ނޮވެންބަރު މަހުގެ 5 އިން 7 އަށް ކުރިޔަށްދާ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގެ ކައުންސިލް އޮފް މިނިސްޓަރސްގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވެލަށްވަން ހަމަޖެހިފައިވެއެވެ. ދިވެހިރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ.

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ) އަކީ އިންޑިއާ ކަނޑާއި ގުޅިފައިވާ ޤައުމުތަކުގެ ޖަމްއިއްޔާއެވެ. މި ޖަމްއިއްޔާ އުފެދިފައިވަނީ 1997 ވަނަ އަހަރުގެ މާޗް މަހުއެވެ. އަދި، މި ޖަމްއިއްޔާ އުފެއްދުމުށް އެންމެ ފުރަތަމަ ހިިޔާލު ފާޅުކުރެއްވީ ދެކުނު އެފްރިކާގެ އޭރުގެ ރައީސް ނެލްސަން މަންޑޭލާ 1995 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައެވެ.

މިޖަމްއިއްޔާގެ ނިންމުންތައް ނިންމާ އެންމެ އިސް ގުނަވަނަކީ ކޮންމެ އަހަރަކު އެއް ފަހަރު ބާއްވާ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެވެ. ރާއްޖެއިން މިޖަމްއިއްޔާގައި ރަސްމީކޮށް ބައިވެރިވުން މިފަހަރުގެ ޖަލްސާގައި އޮންނާނެއެވެ.

ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ކުރިން މިއަދު އަޔޯރާގެ މެމްބަރު ގައުމުތަކުގެ އިސް އޮފިޝަލުންގެ ބައްދަލުވުން ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު ޑރ. ހުސައިން ނިޔާޒްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: