ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ތިމާމެންނައް ނިސްބަތް ކުރުމުން ފިޔަވަޅު އެޅިއްޖެ”

ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަޙީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި.... ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ވެރިކަމުގައި ކޯޓުތަކަށް ނުފޫޒު ފޯރުވަމުންދާ މިންވަރު ފެނިގެން ހިނގައްޖެ ކަަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމްދީނަށާއި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމްއަށް ޖޯކު ޖެހި މީހުންނައް ފިޔަވަޅު ނޭޅުނުއިރު “ތިމާމެންނައް” ރައްދުވާކަމެއް ކުރުމުން ފިޔަވަޅު އެޅިއްޖެ ކަމަށެވެ.

https://twitter.com/Banafsaa/status/1191594410456125440

އަބްދުއްރަޙީމް މިފަދައިން ޓުވީޓު ކުރެއްވީ ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިސް ޤާޒީ އަޙުމަދު ހައިލަމް ހިއްސާކުރި ފޮޓޯއަކާއި ގުޅިގެން މިއަދުގެ ހެންދުނު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި އޭނާ ސަސްޕެންޑޫ ކުރުމާއި ގުޅިގެންނެވެ. ހައިލަމް ޝެއާކުރެއްވި ފޮޓޮއިން ދައްކުވައިދެނީ ޝަހީދު ހުސެއިން އާދަމް، ބަޣާވާތުގެ އިސްވެރިން ކަރުގައި ޗޭނު ޖަހައިގެން ދަމާފާ ގެންދާ ތަނެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ހިމެނެއެވެ.

ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވޭނީ މިހާވަރަށްކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.

ޤާޒީ ޙައިލަމް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންދާ ކުރުމުގެ ދައުވާގެ މައްސަލާގެ ޤާޒީވެސްމެއެވެ. އޭނާ ސަސްޕެންޑް ކުރުމުން މިއަދު ކްރިމިނަލް ކޯޓުގައި ރައީސް ޔާމިންގެ މައްޗަށް ޙުކުމް އިއްވުމަށް ބޭއްވި ޝަރީޢަތުގެ އަޑުއެހުން ވަނީ މާދަމާއަށް ފަސްކޮށްފައެވެ.

ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުޙައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ “ތިމާމެންނަށް” ނިސްބަތްވާގޮތަށް ކާޓޫނެއް ކުރަހާލުމުން ފިޔަވަޅު އެޅުމަށް 1 ދުވަސްވެސް ނުނަގާ ކަމަށެވެ.

https://twitter.com/MMuizzu/status/1191595598387875840

އިސް ޤާޒީ ޙައިލަމް ސަސްޕެންޝަން އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ނުފޫޒު ފޯރުވުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ދޭހަވާ މޭރުމަކުން އިދިކޮޅު ކޯލިޝަންގެ ބޭފުޅުން ދަނީ ތުޙުމަތު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: