ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީބާޖާގެ މައްސަލަ ހައްލުނުކޮށްފިނަމަ ނަހުލާ ކޯޓަށް ހާޒިރުކުރާނަން: ސިވިލް ކޯޓް

ޓްރާންސްޕޯޓް މިނިސްޓަރ ޢައިޝަތު ނަހުލާ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދީބާޖާ އިންވެސްޓުމަންޓަށް ބަދަލުގެ ގޮތުގައި ދަޢުލަތުން ދޭންޖެހޭ ފައިސާ ކަމަށްބުނެ ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމާއި އެއްގޮތަށް ފައިސާ ނުދައްކާނަމަ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ކޯޓަށް ހާޒިރުކުރާނެ ކަމަށް ސިވިލް ކޯޓުން ބުނެފިއެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލައިފައެވެ.

އެ އެއްބަސްވުން އުވާލުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ އިން ސިވިލް ކޯޓަށް ހުށަހެޅުމުން 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް މިއަހަރުގެ އޭޕްރީލް މަހު ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓާފައެވެ.

އެ ފައިސާ ދައްކާނެ ގޮތަކާއި މެދު ހުށަހެޅުންތައް ހުށަހެޅުމަށް އިތުރު ފުރުޞަތެއް ދިނުމަށް އެދުމުން ދަޢުލަތަށް ދެ ހަފްތާގެ މުއްދަތެއް ސިވިލް ކޯޓުން ވަނީ މިދިޔަ މޭ މަހު ދީފައެވެ. ނަމަވެސް އެކަމުގައި އެއްބަސްވުމަކަށް އަދިވެސް އާދެވިފައިނުވާތީ މިއަދު ކޯޓުން ވަނީ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ދައުލަތުން ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުނުކޮށްފިނަމަ ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ކޯޓަށް ހާޒިރު ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުގައި، ދީބާޖާ މައްސަލައިގައި ވަކާލާތު ކުރީ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ލޯފާމުންނެވެ. އެ ލޯ ފާމާއި ދީބާޖާ އިންވެސްޓްމެންޓާ އެކު ވެފައިވާ އެއްބަސްވުމުގައި އޮންނަނީ މައްސަލަ ކާމިޔާބުވެއްޖެ ނަމަ، ދައުލަތުން ދީބާޖާ އަށް ދޭން ޖެހޭ 348 މިލިއަންގެ 50 ޕަސެންޓް ލޯ ފާމަށް ދިނުމަށެވެ. އެހާ ބޮޑު އަދަދެއް ދޭން ދީބާޖާ އިން އެއްބަސްވީ “ސަކްސެސް ފީ”ގެ ގޮތުގައި ކަމަށް ވެސް އެ އެއްބަސްވުމުގައި އޮވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: