ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އިޤްތިސާދީ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ފިނޭންސް މިނިސްޓަރ

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ . އިގްތިސާދީ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބެޖެޓް މަޖިލީހަށް ހުށަހަޅުއްވަމުންނެވެ. 

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައިި ހިނގަމުންދާ 2019 ވަނަ އަހަރު ރާއްޖޭގެ އިޤްތިސާދު ކުރިއަރާނެކަމަށް ބެލެވެނީ 5.7 އިންސައްތައިންނެވެ. އަދި  މި އަހަރު އުފެއްދުންތެރިކަން އިތުރުވާ މިންވަރަށް ބަލާއިރު، ފަތުރުވެރިކަމުގެ ދާއިރާ 12.7 އިންސައްތައިން ކުރިއަރާނެކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.

އިމާރާތްކުރުމުގެ ދާއިރާ މި އަހަރުގެ ކުރީކޮޅު މަޑު ޖެހުނު ނަމަވެސް، މިހާރުވަނީ ކުރިއަރަން ފަށާފައިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިނިވަން ވިޔަފާރި އާއި އިޤްތިސާ ދީ ގުޅުންތައް ދުނިޔޭގެ ބޮޑެތި އިޤްތިސާދުތަކުގެ މެދުގައި ހީނަރުވެފައިވާ ދަނޑިވަޅަކަށްވާތީ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލަފާކުރާ ގޮތުގައި 2019 ވަނަ އަހަރު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގައިވެސް އިޤްތިސާދީ ދުވެލި މަޑުޖެހޭނެއެވެ. ރާއްޖޭގެ އިޤްތިސާދަކީ ހުޅުވިފައިވާ އިޤްތިސާދެއްކަމުން، މިކަމުގެ އަސަރު މި އަހަރު ކޮންމެވެސް ވަރަކަށް ކުރާނެކަމަށް ބެލެވޭކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. މި ކަންކަން މިހެން ހުރިނަމަވެސް، ގައުމީ އުފެއްދުންތެރިކަން ކުރިއަރާ މިންވަރު އެކަށީގެންވާ މިންގަނޑެއްގައި ހިފެހެއްޓޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބަޖެޓުގައި ބުނެފައިވާ ގޮތުގައި އަންނަ އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި 7.5 އިންސައްތައަށް މައްޗަށް ޖެހޭނެއެވެ. މެދުރާސްތާގައިވެސް އުފެއްދުންތެރިކަން އިތުރުވާ މިންވަރު މަތީގައި ހިފެހެއްޓޭނެކަމަށް ބެލެވެއެވެ. މީގެ މައިގަނޑު ސަބަބަކީ، ކުރިއަށް އޮތް ތިން އަހަރުވެސް ފަތުރުވެރިކަމުގެ ދާއިރާ ހަލުވިކަމާއެކު ކުރިއަރަމުންދާނެކަމަށް ބެލެވޭތީއާއި އަދި ސަރުކާރުން ރާވާފައި ހުރި ބޮޑެތި، ގިނަ މަޝްރޫޢުތަކުގެ ފައިދާ އިމާރާތްކުރުމުގެ ދާއިރާއަށާއި ގުޅިފައިހުރި އެހެނިހެން ދާއިރާތަކަށްވެސް ކުރާނެކަމަށް ބެލެވޭތީއެވެ. ލާމަރުކަޒީ ނިޒާމެއްގެ ދަށުން ކަންކަން ރޭވި ބައްޓަންވަމުންދާ ދަނޑިވަޅެއްގައި، މިކަމުގެ ފޮނިމީރުކަން ކުރިއާ ޚިލާފަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށްވެސް ލިބިގެންދާނެކަން ވަނީ ފާހަގަ ކޮށްފައެވެ.

ާއްޖޭގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު، 2019 ވަނަ އަހަރު އިންފްލޭޝަން ރޭޓް ހުރީ އެވަރެޖްކޮށް 0.1 އިންސައްތައިގައެވެ.  2020 ވަނަ އަހަރު އިންފްލޭޝަން ރޭޓް ހުންނާނެކަމަށް ލަފާ ކޮށްފައި ވަނީ އެކެއް އިން ސައްތައޮގައެވެ. 

ބަޖެޓުގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ ރަސްމީ ރިޒާވަށް ބަލާއިރު، 2019 ވަނަ އަހަރު ނިމޭއިރު ރިޒާވްގައި ހުންނާނެކަމަށް ބެލެވެނީ 636 މިލިއަން އެމެރިކާ ޑޮލަރުއެވެ. މި އަދަދު 2020 ވަނަ އަހަރު ނިމޭއިރު 819 މިލިއަން އެމެރިކާ ޑޮލަރުގައި ހުންނާނެކަމަށް އެމްއެމްއޭ އިން ލަފާކުރާ ކަމަށް ބަޖެޓުގައި ވަނީ ބުނެފައެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައި އޮތް ކުޑަ ގައުމަކަށް ވީހިނދު، ސަރުކާރުގެ އަމާޒަކީ 2023 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 1 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމެވެ. ރިޒާވް ޕޮޒިޝަން ކުރިއަށްއޮތް އަހަރުތަކުގައި ރަނގަޅުކުރުމަށްޓަކައި މަރުކަޒީ ބޭންކްއާއިއެކު މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާކަން ބެޖޓުގައި ވަނީ ފާހަގަ ކޮށްފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: