ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓުގެ އެންމެ ބޮޑު އެއް އަމާޒަކީ، ރާއްޖެއަށް ބޭނުންވާ އަސާސީ އުމްރާނީ ވަސީލަތްތައް ގާއިމުކުރުން: ފިނޭންސް މިނިސްޓަރ

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

2010 ވަނަ އަހަރަށް ލަފާކޮށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގެ އެންމެ ބޮޑު އެއް އަމާޒަކީ، ރާއްޖެއަށް ބޭނުންވާ އަސާސީ އުމްރާނީ ވަސީލަތްތައް ގާއިމުކުރުން ކަމަށާއި އަދި މި ބަޖެޓަކީ ރާއްޖޭގައި މިހާތަނަށް ހުށަހެޅޭ އެންމެ ބޮޑު ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް ހުށަހަޅާނެ ބަޖެޓު ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. 

ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރ އަމީރު ވިދާޅުވި ގޮތުގައި ރާއްޖެއަށް ބޭނުންވާ އަސާސީ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށް 10،2 ބިލިއަން ރުފިޔާ ބަޖެޓު ކޮށްފައިވާނެ ކަމަށެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމަކީ ސަރުކާރުގެ މުހިންމު ވައުދެއް ކަމުގައިވުމާއެކު، 2020 ވަނަ އަހަރުގެ ބަޖެޓުގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް ޚާއްސަ އިސްކަމެއް ދީފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި 2019 ވަނަ އަހަރު ހަވާލުކުރެވުނު ފެނާއި ނަރުދަމާ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިއުމާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ނުދެވޭ ހުރިހާ ރަށެއްގެ މަސައްކަތް 2020 އަދި 2021 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން މަސައްކަތް ފަށައި ކުރިއަށް ގެންދިއުން ހިމެނޭކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. 

ހަމައެއާއެކު، ދައުލަތުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ރައްޔިތުން ހިތްހަމަޖެހޭ ފެންވަރަށް ގެންދިއުމަކީ މި ބަޖެޓުން އަމާޒުހިފާނެ ކަމެއްކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ސަރަހައްދީ ހަބްތަކެއް ތަރައްޤީކުރުމާއި، އެ ހަބްތަކުގައި ދައުލަތުގެ އާންމު ޚިދުމަތްތައް ދިނުމުގެ ގާބިލުކަމާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރޭވިފައިވާ ކަމަށެވެ. 

ވަކިން ޚާއްސަކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ދެވޭ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް، ދައުލަތުގެ ބަޖެޓުން މިހާތަނަށް ނުކުރާވަރުގެ ބޮޑު ހޭދައެއް ކުރުމަށް ވަނީ 2020 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައެޅިފައިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިގޮތުން، ރާއްޖޭގެ 5 ސަރަހައްދެއްގައި 5 ޓަރޝިއަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ އިތުރުން ސިއްޙީ ވަސީލަތްތައް ތަރައްޤީކޮށް ހަރުދަނާކުރުމަށް މުޅި ރާއްޖޭގައި މަޝްރޫޢުތައް ހިންގޭނެއެވެ. 

ތައުލީމީ ދާއިރާއަށް ބަލާއިރު، މަތީ ތައުލީމަށް ކުރާ ހޭދަ އެންމެ ބޮޑު ބަޖެޓަކަށް ވެގެންދާނީ މި ބަޖެޓުކަން ފިނޭންސް މިިސްޓަރ ފާހަގަ ކުރެއްވިއެވެ. އެގޮތުން އެއް ދަންފަޅިއަށް ކިޔަވައިދިނުމަށް ބޭނުންވާ ކްލާސްރޫމުތަކާއި ވަސީލަތްތައް ގާއިމުކުރުމަށް، ރާއްޖޭގެ 104 ރަށެއްގައި މަޝްރޫޢުތައް ހިންގުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރަށް، ސްކޫލު ނާސްތާގެ މަޝްރޫޢު ކުރިއަށް ގެންދިއުމާއި، ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމާއި، ޓެކްނޮލޮޖީގެ އެހީގައި ތައުލީމީ ދާއިރާގެ ވަސީލަތްތައް ކުރިއެރުވުމަށް ހޭދަކުރުން  ބަޖެޓުގައި ވަނީ ހިމަނާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: