ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޭބަރ ޕާޓީގެ ޤައުމީ ބައްދަލުވުން ބާއްވައިފި

ލޭބަރ ޕާޓީގެ ގައުމީ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ލޭބަރ ޕާޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލޭބަރ ޕާޓީގެ ފުރަތަމަ ޤައުމީ ބައްދަލުވުން (ކޮންގްރެސް) ބާއްވައި އަސާސީ ގަވާއިދަށް އިސްލާހުގެނެސް ދާއިމީ ލީޑަރޝިޕް ކޮމިޓީ އިންތިޚާބު ކޮށްފިއެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ޤާނޫނުގެ ދަށުން އަލަށް އުފައްދާ ކޮންމެ ސިޔާސީ ޕާޓީއަކުންވެސް ބާއްވަންޖެހޭ ގައުމީ ބައްދަލުވުން ލޭބަރ ޕާޓީއިން ބާއްވައިފައިވަނީ ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައެވެ.

މި ބައްދަލުވުމުގައިވަނީ އެ ޕާޓީގެ އަސާސީ ގަވާއިދަށް 25 އިސްލާހެއް ހުށަހަޅައި ބައިވެރިވި މެންބަރުންގެ ފުރިހަމަ އަޣުލަބިއްޔަތުން ފާސްކޮށްފައެވެ. އަދި ކޮންގްރެސްގެ ބައިވެރިންވަނީ އިލެކްޓްރޯނިކް ވޯޓިން މެކޭނިޒަމްއެއް ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ބޭނުންކުރުމާމެދު ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

ލޭބަރ ޕާޓީގެ ގައުމީ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ލޭބަރ ޕާޓީ

އެ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހަށް ގެނެވުނު އިސްލާހުތަކާއި އެއްގޮތްވާގޮތުގެ މަތިން އެޕާޓީގެ މިހާރުގެ ލީޑަރޝިޕް ކޮމިޓީ އުވާލާ، ދާއިމީ ލީޑަރޝިޕް ކޮމިޓީއަށް 10 މެންބަރު އިންތިޚާބު ކޮށްފައިވެއެވެ. އެ ޕާޓީގެ ލީޑަރޝިޕް ކޮމިޓީއަކީ ޕާޓީ ހިންގުމުގެ އެންމެހާ ޒިންމާ އުފުލަންޖެހޭ ފަރާތެވެ. ޕާޓީގެ ޗެއާރޕާސަނާއި އެހެނިހެން މަޤާމްތަކަށް މީހުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު އޮންނަނީ ލީޑަރޝިޕް ކޮމިޓީއަށްދީފައެވެ.

ލޭބަރ ޕާޓީގެ ގައުމީ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ލޭބަރ ޕާޓީ

ޕާޓީގެ ލީޑަރޝިޕް ކޮމިޓީއަށް އިންތިޚާބު ކޮށްފައިވާ ފަރާތްތަކަކީ :

1. އަޙްމަދު ޝިހާމް، ރެޑްހައުސް / ސ. މީދޫ    

2. މައުރޫފް ޛާކިރު، ދާއިރާ / ބ. ކެންދޫ       

3. އިބްރާހީމް މުޖުތަބާ، އެވަރގްރީން / ބ. ތުޅާދޫ  

4. މުޙައްމަދު ސޯދިގް، ބްލޫރެސްޓް / ހއ. ދިއްދޫ         

5. އަލީ އަކްރަމް، ދަފްތަރު 1674 / މާލެ                       

6. އަބްދުﷲ ރާޒީ، ފުނާޑު / ކޯޒީ ޏ. ފުވައްމުލަށް

7. ޢަބުދުﷲ އަލީ / އެއްގަމުގެ ބ. ކެންދޫ

8. މޫސާ މުޙައްމަދު، މާއޮޅު / ޏ. ފުވައްމުލަށް

9. ނަސްމާ ވަހީދު، ވީނަސްގެ/ ގދ.ތިނަދޫ

10. ހުސައިން މިރުޝާދު، ރަބަރުމާގެ/ސ.ފޭދޫ 

ލޭބަރ ޕާޓީގެ ގައުމީ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ލޭބަރ ޕާޓީ

ޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އަކީ ވާތުފިޔައިގެ މެދުމިނުގެ ސިޔާސީ ފިކުރުގެ މައްޗަށް ބިނާވާ ރާއްޖޭގެ ހަމައެކަނި ސިޔާސީ ޕާރޓީ އެވެ.

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީއަކީ ބައިނަލް އަޤްވާމީ މަސައްކަތްތެރިންގެ ޙަރަކާތާއި، އިޖުތިމާޢީ އަދާލަތު އަދި އިޖުތިމާޢީ ޑިމޮކްރަސީގެ މައްޗަށް ބިނާވެގެންވާ، ވާތުފިޔައިގެ މެދުމިނުގެ ޕާޓީއެއް ކަމުގައިވާހިނދު، މި ބައިނަލްއަޤްވާމީ އުސޫލުތައް ކުރިއެރުވުމުގެ އިތުރުން، ބައިނަލްއަޤްވާމީ ޙަރަކާތްތަކާ ގުޅުން ބަދަހިކޮށް، އެ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް މި ޕާޓީއިން ދަނީ މަސައްކަތްކުރަމުންނެވެ.. ލޭބަރ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައި މިއަހަރު ޖެނުއަރީ މަސް ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: