ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޮވެމްބަރު 3: ހާޖަރާގޭ ބާޣީ ލުތުފީ ކޮބާ؟

ހާޖަރާގޭ ލުތުފީ ނޮވެމްބަރު 3 ގައި ހައްޔަރު ކުރި ވަގުތާއި، ފިލިތާ 10 އަހަރު ފަހުން ރާއްޖެ ގެނައި ދުވަސް އަދި ޖަލަށް ގެންދިޔަ ފަހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ޕީޕަލް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާއަތާއި ރާއްޖޭގެ ބައެއް މީހުން ގުޅިގެން ރާއްޖޭގެ ވެރިކަން ބަޣާވާތަކުން ބަދަލުކޮށްލައި ރާއްޖެހިފަން ދިން ހަމަލާއަށް މިއަދަށް 31 އަހަރު ފުރުނީ އެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ލަންކާގެ ތަމަޅަ ގްރޫޕެއް ގޮވައިގެން މާލެ އެރި ހެންވޭރު ހާޖަރާގެ އަބްދުﷲ ލުތުފީ ރާއްޖެ ގެނެވުނީއެކަމަށް އެތައް ދިވެހި ބަޔަކު ގޮވާލާ މަގު މައްޗަށް ވެސް ނިކުންނަން ޖެހުނު ހިސާބުންނެވެ. ސަރުކާރުގެ ކަންތައް ވަރަށް އޮމާން ކަމާއި އެކު ކުރިޔަށްދަނިކޮށް، އޭގެ ތެރެއަށް ބޮމެއް ވައްޓާލީ ރައީސް ޔާމިން ސަރުކާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުއެވެ.

ވައްޓެރި ސްރީލަންކާއަށް ސިލްސިލާގޮތެއްގައި ދިން ބޮމުގެ ހަމަލާއަށްފަހު މުޅި ގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ގެތައް ބަލާ ފާސްކުރިއެވެ. ކިރިޔާވެސް ޝައްކެއް ކުރެވޭ މީހެއް ނަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެތައް ސުވާލުތަކެއް ކުރިއެވެ. އޭގެ ސަބަބުން، ދިވެހި ސަރުކާރުންވެސްލަންކާގައި އުޅެމުން އަންނަ ދިވެހީން ބޭރަށް ނިކުންނަށް ވަގުތުތަކުގާއި އާއި އަދި ގޭގައި އުޅޭ ވަގުތުތަކުގައި ވެސް ޕާސްޕޯޓު ފަސޭހައިން ފެންނަ ހިސާބެއްގައިބޭއްވުމަށް އެދުނެވެ.

މާތްﷲ ގެ ކުޅަދުންވަންތަ ކަން ބައްލަވާށެވެ. ދިވެހި ރާއްޖެއަށް 1988 ވަނަ އަހަރު ދިން ހަމަލާގެ މޭސްތިރި ލުތްފީގެ ބާރު ކެނޑުނު ކަހަލައެވެ. އެތައްދިވެހީންނެއް ދިރިއުޅެމުން އައި ލަންކާގަައި އެއްވެސް “ލަދެއް ހަޔާތެއް” ނެތި “ޒާން” އެއްގެ ނަމުގައި އުޅެމުން އައި ލުތްފީ ޖެހުނީ ހިމަޔާތަށް އެދި ލަންކާގައިހުންނަ ރާއްޖޭގެ އެމްބަސީއަށް ވަންނާށެވެ.

ގޯހީ ކާކުކަމެއް ބުނާކަށް ނޭނގެއެވެ. މުޅި ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އެކަން އެނގުމުގެ ބަދަލުގައި ދިވެހި ސަރުކާރަކަށް އެކަން ރައްޔިތުންނާއި ހަމައަށްގެނެސްދިނުމަކީ އެއީ މުހިންމު ކަމަކަށް ނުވީއެވެ. ހަޖަރާގޭ ލުތްފީއަށް ކޮއްތު ކާންދީ އިއްޒަތުގައި އެމްބަސީގައި ބަލަހައްޓަމުން އަންނަ ވާހަކަ އުމަރު ނަސީރު ފަޅާއަރުވާލުމާއި އެކު، ކަމާއި ބެހޭ އިދާރާތަކުން އަވަހަށް ބަޔާން ނެރުމަށް އަވަސް ވެގަތެވެ.

އެހެން ނަމަވެސް، “ބޮލުން ކަޓުވާލުމަަ” ށެވެ. ފޮރިން މިނިސްޓްރީޢިން ބުނީ ތިމަންނާ މެންނަކާއި ބެހޭ ކަމެއް ނޫން ކަމަށެވެ. ފުލުހުން ބުނީ އެމީހުންނަކާއިވެސް ބެހޭ ކަމެއް ނޫން ކަމަށެވެ. ސަރުކާރުގެ ފަރާތުން އިތުރު ކޮމެންޓެއް ލިބޭ ގޮތެއް ނުވިއެވެ.

ހާޖަރާގޭ ލުތުފީ އަކީ 1988 ގައި ރާއްޖެއަށް ދިން ހަމަލާގައި އެންމެ އިސްކޮށް ހުރި މީހާ

ކޮންމެއަކަސް މިއީ މިދިޔަ ޖޫން، ޖުލައި މަހު ދިވެހި ރައްޔިތުން ހަރު އަޑަކުން ގޮވަންޖެހުނު ވާހަކަތަކެވެ. ބޭސްފަރުވާއަށް ފޮނުވުމުން އެނބުރި ނައި ސަބަބާއިމެދު ސުވާލު އުފެދެއެވެ. ކުރީގެ ރައީސް، އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދުގެ ސަރުކާރުގައި ލުތްފީ ސްރީލަންކާއަށްބޭސްފަރުވާއަށް ފޮނުވިއެވެ. އެހެން ނަމަވެސް، އެ ދިޔަގޮތަށް ލުފްތީ ފިލީއެވެ.

މިއި ކިހިނެއް، ކާކުގެ ބާރުގެ ސަބަބުން ހިނގި ކަމެއްތޯ ބަލަންޖެހެއެވެ. ހަމަ ގައިމުވެސް އޭރުގެ ސަރުކާރުގެ ބަޔަކު އަޑީގައި ނެތީ މިކަމެއް ނުވާނެ ކަންކަށަވަރެވެ. ލުތްފީ ފިލި މައްސަލައިގައި، އޭރު ސިފައިންގެ މީހެއް ވަޒީފާއިން ވަކި ކުރެވުނުއެވެ. އޭނާ ބުނާގޮތުން ލުތްފީ އޭނާގެ އަތް ދަށުން ދޫވެގެން ދިޔައީނަމާދަށް ހުއްޓައެވެ.

ރައީސް ނަޝީދުގެ ސަރުކާރު ނިމިގެން ދިޔައިރުވެސް ލުތްފީ ހޯދުމަށްޓަކާ ކުރެވުނު މާ ބޮޑު މަސައްކަތެއް ވެސް ނެތެވެ. އޭގެ ފަހުން އައި ރައީސް ޔާމީންގެސަރުކާރަށް ވެސް ކުރެވުނު ކަމެއް ނެތެވެ. މި ސަރުކާރަށް ކުރެވުނު ކަމެއް ވެސް ނެތެވެ. އެމްބަސީގައި ލުތުފީ ހުރިކަން ފަޅާއަރުވާނުލިނަމަ ލަންކާގެ މަޝްރަހުހަމައަކަށް އެޅި މިއަދުވެސް ލުތްފީ ދިރިއުޅެމުންދާނީ ލަންކާގައެވެ. އެހެން ކަމުން، ލުތްފީ ރާއްޖެ ގެނެސް، ޖަލުގެ ގޮޅީގެ ތެރެއަށް ލެވުމަކީ “ކޮމްޕެޓިޝަންއެއްގެވިން” އެއް ނޫނެވެ.

ލުތްފީ ރާއްޖެ ގެނައި ދުވަހުވެސް ދިވެހި ރައްޔިތުންގެ މޫނު މަތީގައި ޖެހީ ތަފާލެކެވެ.19 ދިވެހިން ޝަހީދުކޮށްލި މީހަކު ރާއްޖެ ގެނައި ގޮތް އަހަރެންގެ މި ދެލޮލުން ދެކުނީމެވެ. ރަސްމީ އިއްޒަތުގައެވެ. މީގެ 31 އަހަރު ކުރިން ހިނގައިދިޔަ ހާދިސާގައި ލުތްފީ އަތުގައި ބިޑި އަޅުވައިގެން ދިޔައިރުގެ ވީޑިއޯ ފެނެއެއްނޫންތޯއެވެ. އެ ދުވަހު ލުތުފީގެ މޫނުމަތީން ކޮންމެވެސް ވަރެއްގެ ލަދުވެތި ކަމެއް ފެނުނެވެ. އެ ދުވަހު އިސް އުފުލާ ބަލާލަން ވެސް ނުކެރުނެވެ.

ނޮވެމްބަރު 1988 ގައި ރާއްޖެއަށް ދިން ހަމަލާގައި އެންމެ އިސްކޮށް ހުރި ލުތުފީ

ލުތްފީ ރާއްޖެ ގެނެވުނު ދުވަހު، އެއާޕޯޓުގެ އެރައިވަލްގެސް ގޭޓުން ލުތުފީ ނިކުތީ ފަހުރުވެރިކަމާއި އެކީ ކަމަށް ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މޫނުމަތީންފެނުނީ ބޮޑާ ކަމާއި ކިބުރުވެރިކަމެވެ.

ލުތްފީ ހައްޔަރުކޮށް މާލެ ގެނެވުނުތާ ހަތަރު މަސް ދުވަސް ވެއްޖެއެވެ. އޭނާ މިއަދު ކޮބައިހެއްޔެވެ؟ ލަންކާގައި ވިސާއެއް ނެތި ގަވައިދާ ހިލާފަށް އުޅެމުން އައިމައްސަލައިގައި ޖޫރިމަނާ އާއި އެކު އެ ގައުމަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ވަނީ ދައްކަންޖެހިފައެވެ. އެ ފައިސާ ދައްކައިިފި ހެއްޔެވެ؟ ފައިސާ ދައްކައިފިނަމަ އެއީކިހިނެއް ކޮންތާކުން ހޯދި ފައިސާއެއްކަން ރައްޔިތުންނަށް އަންގަން ޖެހޭނެއެވެ.

މިއަދު އަނެއްކާވެސް ހަނދާނަށް އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ލުތުފީ އާއި ގުޅޭގޮތުން ހުށަހެޅި ކުއްލި މައްސަލައިގެ މަތީންނެވެ. ކުރީގެޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު އެ މައްސަލަ ހުށަހެޅުއްވުމުން ބަހުސް މަރުހަލާގެތެރެއިން ގިނަ މެމްބަރުންގެ ފަރާތުން ފެނިގެން ދިޔައީ އެއްެވެސް ދިވެހި ރައްޔިތަކު ދެކެން ބޭނުންވާނެ މަންޒަރެއް ނޫނެވެ. އެއަށްވުރެ، މާ ދަށު ދަރަޖައިގެއަމަލުތަކެކެވެ.

ބައެއް މެމްބަރުން “ލުތްފީ ވަނީ މުސްކުޅިވެފައި” ކަމަށް ބުންޏެވެ. ބައެއް މީހުން “އެ ދެން މާ ބޮޑު ކަަމަކަށް ނަހަދާ މައާފު” ކުރުމަށް ވެސް ގޮވާލިއެވެ. ހަގީގަތަކީލުތުފީއަށް އޮންނާނެ މައާފެއް ނެތް ކަމެވެ. މަރުގެ ހުކުމް އިއްވާފަައި ވަނިކޮށް، އެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރީ ކުރީގެ ރައީސް މައުމޫންއަބްދުލް ގައްޔޫމެވެ. އޭރު އޮންނަ އުސޫލުން ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމަކީ 10 އަހަރު ދުވަހެވެ.

ލުތްފީ ފިލުމަށް ޖާގަ ދިން ބަޔަކު ހޯދާ ތަހުގީގު ކުރެވެން ޖެހޭނެއެވެ. ވަޅޯ މަސް ވިއްކައިގެން ލުތްފީ ލަންކާގައި އުޅުނު ކަމަށާއި، އަދި ލަންކާގެ މަގުމަތީން ބައެއްދިވެހިންނާއި ބައްދަލުވެފައިވާކަމަށް ވާހަކަތައް ދެކެވެއެވެ. އަދި އެ އާއްމުން އެކަން ފުލުހުންނަށް އަންގާކަމަށް ވެސް މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސްފުލުހުންނަށް ދެވޭއިރު އެތަނަކުން ލުތުފީ ފިލަނީކަމަށް މިދިޔަ ސަރުކާރުގެ ބައެއް އިސްވެރިން ވަނީ ބުނެފައެވެ.

މާ ވަތަނީ މީހަކަށް ނުވިޔަސް ހާޖަރާގޭ ލުތްފީއަށް މިހިތުގައި އޮތް ރުޅިވެރިކަމާއި ނަފްތަރު ދުވަހަކުވެސް ކުޑައެއް ނުވާނެއެވެ. އެކަމަށް ބަދަލެއް ވެސްނާންނާނެއެވެ. 1997 ގައި އުފަންވިޔަސް، އެންމެ ޅަ އުމުރުން ފެށިގެން އައިސް މިއަދާއި ހަމައަށްވެސް އުމުރުން ދުވަސްވީ މީހުންގެ ފަރާތުން އަޑުއިވުނީފާއިތުވީ އެތައް އަހަރެއްގެ ތެރޭގައި ގައުމަށްޓަކާ ޝަހީދުވީ އެތައް ދިވެހި ދަރީންނެއްގެ ވާހަކައެވެ. ދިވެހި ރައްޔިތުންނަށް، ދިވެހީންގެ ބަޔަކު އިސްވެގެން ތިބެޖެއްސި ހާލުގެ ވާހަކައެވެ.

ނޮވެމްބަރު 3 ވިޔަސް، އަދި ގައުމީ ސިފައެއްގައި ފާހަގަ ކުރެވޭ އެހެން ދުވަސްތަކެއްގައި ވެސް މައިންބަފައިން ގޭގެ ސުފުރާ މަތީގައި ކިޔައިދީ އުޅުނީ އޭރުއުފެދުނު ބިރުވެރި މާހައުލުގެ ވާހަކައެވެ. ދަރިފުޅުމެންނަ ދުވަހަކުވެސް އެފަދަ ދުވަހަކާއި ކުރިމަތިލާން ނުޖެހޭނެކަމަށް އަބަދުވެސް ދުއާ ކުރާ ވާހަކަ އަބަދުވެސްބައްޕަގެ ފަރާތުން އަޑުއިވެއެވެ. އެދުވަހުގެ ބިރުވެރިކަމާއި ނާމާންކަމުގެ ވާހަކައެވެ. އެދުވަހު ގައުމުގެ ދިފާއުގައި، ދިވެހި ލޭ ހުރި ކުދިން ނިކުމެ ކުރި ޖިހާދުމަތިންދުވަހަކުވެސް ހަނދާން ނައްތާނުލުމަށް މާމަމެންނާއި ކާފަމެން އެދުނެވެ. ސްކޫލުން އަޑުއިވުނީ، ގައުމުގެ ދިފާއުގައި ނިކުތް މީހުންގެ ހިތްވަރާއި އެ އަޒުމުގެވާހަކައެވެ. ގައުމަށްޓަކާ މޭ އަޑަނައަކަށް ހަދާ ނިކުތީ ކެރިގެންކަމެވެ. އެ ދުވަހު ޝަހީދުވި ޝަހީދުންގެ ވާހަކައިވޭވޭ ކޮންމެ ފަހަރަކު އަހަރެން ފަހުރުވެރިވަމެވެ. މިދިވެހި ގައުމަށްޓަކައެވެ.

ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން ހަމަލާގައި ޝަހީދުވި ފަރާތްތައް

ދިވެހި ގައުމާއި މި ފަސްގަނޑަށްޓަކާ މޭ އައްޑަނައަކަށް ހަދައި އެތައް ބަޔަކު ޝަހީދުވެގެން ދިޔައީ ރާއްޖޭގެ ނަން ރަންއަކުރުން ފަވާލާފައެވެ. އެ ހުރިހާ ބޭކަލުންރާއްޖެއަށް ނަސްރު ހޯއްދަވައިދެއްވީ ވަރަށް ފުރިހަމަ ކަމާ އެކީގައެވެ. ނަމަވެސް އެދުވަހުގެ ބިރުވެރިކަމާ އެ ދުވަހުގެ ހަނދާންތައް ދިވެހިންގެ ލޯކުރިމަތިންފެންނާނެ ކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. އެހެންކަމުން މިއަދު އެ ބޭކަލުން އެވީ މަތިވެރި ޤުރުބާނީގެ އަގުވަޒަންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

އެ ހާދިސާ ދިވެހި ތަރީޚުގައި ލިޔާނީ ކަޅު ސަފްހާތަކުގައެވެ. ބާޢީން ޢާޒީންނަށް ހަދަން އުޅޭ މީހުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ ހަމަ އެންމެވާހަކައެއްކެވެ. “ގައުމާ މަގެ ދީނާ މަގެ އަމްނާ ނުކުޅެއްޗޭ،  ތާރީހު ބަލާ އެނގިތިބެ ޣައްދާރު ނުވައްޗޭ” އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: