ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގދ. ތިނަދޫ ތަރައްޤީގެ ދެ ޕްރޮޖެކްޓެއް!

ގދ. ތިނަދޫގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން... ފޮޓޯ: އެންވައިރަމަންޓް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫގެ ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް ފެން ހިންދާ ނިޒާމު ޤާއިމުކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ސެނޮކް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާއެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވައިރަމަންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

ސެނޮކް ކޮމްބައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކައުންޓަންޓް ޕްރަބަތް ރަވަންޕޫރާ އެވެ.

ގދ. ތިނަދޫގެ ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް ފެން ހިންދާ ނިޒާމު ޤާއިމުކުރުމަށް ސޮއި ކުރަނީ… ފޮޓޯ އެންވައިރަމަންޓް މިނިސްޓްރީ

އެއް އަހަރުގެ މުއްދަތުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަސައްކަތުގެ ޖުމްލަ އަގަކީ 38،636،650.20 (ތިރީސް އަށް މިލިއަން ހަލައްކަ ތިރީސް ހަ ހާސް ހަސަތޭކަ ފަންސާސް ރުފިޔާ ވިހި ލާރި) އަށެވެ. މި

މަސައްކަތް ނިމުމުން ގދ. ތިނަދޫގެ ފެންބޮޑުވާ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އެންވައިރަމަންޓް މިނިސްޓްރީއިން ބުނެއެވެ.

މީގެ އިތުރުން ތިނަދޫގައި 2 މެގަވޮޓްގެ ސޯލާރ ފާމެއް ޤާއިމުކުރުމުގެ މަސައްކަތްކުރުމަށް ތިނަދޫ ކައުންސިލާއި އެންވައިރަމަންޓް މިނިސްޓްރީއާ ދެމެދު މިއަދު ވަނީ އެމްއޯޔޫ އެއްގައި ސޮއިކޮށްފައެވެ. އަދި ތިނަދޫ ކުނި މެނޭޖްކުރާ މަރުކަޒުގައި އިންސިނެރޭޓާރ އެއް ބެހެއްޓުމަށް މިއަދު ވަނީ ބަޔަކާ ޙަވާލުކޮށްފައެވެ.

މިނިސްޓަރ ތިނަދޫއަށް ކުރައްވާ ދަތުރުފުޅުގައި ތިނަދޫ ކައުންސިލާއި ބައްދަލުކޮށް އެރަށުގެ ކުނި މެނޭޖްކުރުމުގެ މައްސަލައާއި ރަށްގިރުމުގެ މައްސަލައާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
އެ މަނިކުފާނު ވަނީ ތިނަދޫގެ ކުޅި އާއި ކުނި މެނޭޖްކުރާ މަރުކަޒާއި ރަށް ގިރަމުންދާ ސަރަހައްދު އަދި ތިނަދޫގެ ފެން ޕްލާންޓާއި ނަރުދަމާ ނިޒާމު ބައްލަވާލައްވާފައެވެ.

މީގެ އިތުރުން ތިނަދޫގެ ޕަވަރ ހައުސް އާއި ސްޓޯމް ވޯޓަރ ޕަމްޕިންގ ސްޓޭޝަންވެސް މިނިސްޓަރ ވަނީ ބައްލަވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: