ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާންމު ސިއްޙަތު މަޙާސިންތާ އަންނަ ހޯމަދުވަހު!

ންމު ސިއްޙަތު ކުރިއެރުވުމަށް ޚާއްސަ މަޙާސިންތާ އަންނަ ހޯމަ ދުވަހު.... ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އާންމު ސިއްޙަތު ކުރިއެރުވުމަށް ޚާއްސަ މަޙާސިންތާ އަންނަ ހޯމަ ދުވަހު ފަށާނެ ކަމަށް ހެލްތްމިނިސްޓްރީއިން ބުނެފިއެވެ.

އާންމު ސިއްޙަތުގެ މަހާސިންތާ އޮންނާނީ މިމަހުގެ 4ން 6ށް ޕެރެޑައިޒް އައިލެންޑް ރިސޯޓުގައެވެ.

މި މަޙާސިންތާގެ މައިގަޑު މަގްސަދަކީ ސިއްޙީ ދާއިރާއާއި ގުޅުންހުރި ކަންކަމުގެ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި ކަންކަން ނިންމާ ފަރާތްތައް އަޙުލުވެރިކޮށް މައުލޫމާތު ދިނުމެވެ.
އޭގެ އިތުރުން އާންމު ސިއްޙަތު ކުރިއަރުވާ ދިރިިއުޅުން ބައްޓަންކުރުމަށް ކުރެވޭ މަސައްކަތްކޮށްފިނަމަ އަންނާނެ ބަދަލުތަކާއި ބެހޭ ގޮތުން މައުލޫމާތު ދިނުމެވެ.

ސަންގަށް މައުލޫމާތުދެއްވަމުން ހެލްތް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ އަބްދުﷲ ވިދާޅުވީ މިމަހާސިންތާއަކީ އާންމު ސިއްޙަތާއި ގުޅުންހުރި ހުރިހާ ދާއިރާއެއްގެ ފަންނީ ބޭފުޅުން އެއްތާކަށް ވަޑައިގެން ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް ކަންކަން ނިންމާނެއެވެ.

އަދި ސިއްޙީ ދާިއރާއިން އަތޮޅުތެރޭގައި ހުރި ގޮންޖެހުންތައް ނައްތާލާ، ސިއްޙީ ދާއިރާ އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމަށްޓަކައި ކުރެވެން ހުރި ކަތައްތަކާއި ބެހޭގޮތުން މަޝްވަރާކުރާނެ ކަމަށެވެ.

މި ގޮންޖެހުންތަކާއި އެކު ކުރިއަށްދާނެ މަގުޗާޓެއް އެކުލަވާލާ އަތޮޅުތެރޭގެ ސިއްހީ ހާލަތު އިތުރަށް ކުރިއެރުވުމަށްޓަކައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާޒީގެ ތެރެއިން ސިއްހީ ދާއިރާއިން ހޯދިފައިވާ ކާމިޔާބީ ތަކަކީ އަތޮޅުތެރެއިން ހޯދިފައިވާ ކާމިޔާބީތައް ކަން ފާހަގަކޮށް އަތޮޅުތެރޭގައި މިހާރުވެސް މަސައްކަތް ކުރާ މުވަޒަފުންނަށް ކުރިމަތިވެފައިވާ ދަތިތަކާއި އެކީގައިވެސް ފުރިހަމަ ޚިދުމަތް ދެވޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ

ރާއްޖޭގައި ގައިންގަޔަށް އަރާ ނުރައްކާތެރިގިނަ ބަލިތަކެއް ނައްތާލެވިފައިވާ ކަމަށާއި އެ ބަލިތައް ނައްތާލުމަށް ކުރީގެ ހެލްތް ވޯކަރުން ކުރި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

އޭގެ ތެރޭގައި އާންމުން ހޭލުންތެރިކުރުމަށް ހިންގި ޕްރިގްރާމްތަކާއި ވަކި ވަކި ގޭގެއަށްގޮސް ހާލަތު ހުރިގޮތް ބެލުން ހިމެނެއެވެ.

އަދި ވަކިން ހާއްސަކޮށް، އޮޑިދޯނި ފަހަރުގައި ގަދަ ވިއްސާރައާއި ހޫނު އަވީގައި ވެކްސިން ޖެހުމަށް އެކި ރަށްރަށަށް ދަތުރުކުރަން ޖެހުނު ކަން ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފުރަތަމަ ފަހަރަށް އާންމު ސިއްހަތުގެ އަހަރުގެ ގޮތުގައި 2020 ވަނަ އަހަރު ފާހަގަ ކުރުމަށް ވަނީ ނިންމާފައެވެ.

މި މަހާސިންތާއަކީ އެކަމަށް ތައްޔާރު ވުމުގެ ގޮތުން ހެލްތް މިނިސްޓްރީއިން ކުރިއަށްގެންދާ މަހާސިންތާއެކެވެ.

މި މަހާސިންތާގައި ސިއްހީ ދާއިރާގައި ގިނަދުވަސްތަކެއް ވަންދެން ހިދުމަތް ކޮށްފައި ތިއްބެވި ބޭފުޅުންނާއި، ރަށު ކައުންސިލްތަކުގެ އިތުރަށް ޖަމިއްޔާ ޖަމާއަތް ތަކާއި ހޮސްޕިޓަލްތައްވެސް ބައިވެރިވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: