ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮޅިގަނޑު ތޫފާނަކަށް، ދަތުރުކުރަނީ ރާއްޖެއާއި ދުރަށް!

ރާއްޖެ ކައިރިން އުފެދުނު ކޮޅިގަނޑު ތޫފާނަކަށް، ކޮޅިގަނޑު ދަނީ ރާއްޖެއާއި ދުރަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ކައިރިން އުފެދުނު ކޮޅިގަނޑު  ތޫފާނަކަށް ބަދަލުވެފައި ވާއިރު، އެ ތޫފާނުގެ އަސަރު ކޮންމެވެސް ވަރަކަށް ރާއްޖެއަށް ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނީ ސްރީ ލަންކާ އާއި ރާއްޖެއާ ދޭތެރޭގައި އެންމެ ފުރަތަމަ އުފެދުނު ލޯ ޕްރެޝަގެ ބާރު ގަދަވެ، ރާއްޖޭގެ އުތުރަށް ދަތުރު ކުރި ކަމަށެވެ. އަދި މަލިކާއި ރާއްޖެއާ ދޭތެރެއަށް ދިއުމާ އެކު، ލޯ ޕްރެޝަ ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެފައިވާ ކަމަށެވެ.

މޫސުމާއި ބެހޭ މައުލޫމާތު ދެމުން މެޓް އޮފީހުން ބުނެފައިވަނީ ކޮޅިގަނޑު މިހާރު އޮތީ ރާއްޖޭގެ އިރުން 400 މީޓަރު ދުރުގައި ކަމަށެވެ. ކޮޅިގަނޑުގެ މިސްރާބު ހުރީ ރާއްޖެއާއި ދުރަށްކަން ފާހަގަކޮށް މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވަނީ “ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ވެސް މާ ބޮޑަށް ރާއްޖެއަށް ނުކުރާނެ” ކަމަށެވެ. އަދި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާ އިރު، ތޫފާން ހުންނާނީ ރާއްޖެއާ ފެޔަށް ޖެހިފައިކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މެޓް އޮފީހުން ބުނެފައިވަނީ ވިލާ ގަނޑުގައި ބާރަށް ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކޮޅިގަނޑާ ގުޅިފައިވާ ބޯ ވިއްސާރަވިލާތައް އަދިވެސް އުތުރާއި މެދުރާއްޖެތެރޭގެ މައްޗަށް އަރަމުން ދާނެ ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، ހުޅަނގުއުތުރަށް ދަތުރުކޮށް، ރާއްޖެއާ ދުރަށް ޖެހެމުން ދާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެއެވެ.

 

ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި، ވިލާގަނޑުގައި ވައި ގަދަވާނެ ކަމަށް ވެސް މެޓުން ބުނެއެވެ. މި ވިއްސާރައިގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ބެލެވޭތީ ސަމާލުމަށް ވެސް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މޫސުމާ ބެހޭ އިދާރާ އިން ވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފަ އެވެ. އަދި ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. އަދި ހއ. އަތޮޅުން ފެށިގެން ބ. އަތޮޅުގެ ރަށްތަކަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: