ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ސޭޓު” ނުވަތަ “މަހުޖަނު” ކިޔައިގެން މީހުންގެ ބޮލަށް ވަންނާނެ ކަމެއް ނެތް: ގާސިމް

ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް ނިސްބަތްކޮށް “ސޭޓު” ގެ ނަމުން މުހާތަބުކުރާތީ އޭނާ ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.

އާމްދަނީ ޓެކްސް ނެގުމުގެ ބިލުގެ ބަހުސް މަރުހަލާގައި މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ވަކި ޕާޓީއަކަށް ނިސްބަތްވާ ބަޔަކު އޭނާއަށް ނިސްބަތްކޮށް “ސޭޓު” ނުވަތަ “މަހުޖަނު” ކިޔުމަކީ އާންމު ކަމަކަށްވެއްޖެ ކަމަށެވެ. އަދި އެހެން ކިޔާމީހުންނަަށް ވަނީ ކީއްތޯ ގާސިމް ސުވާލު އުފެއްދެވި އެވެ. ޓެކްސްއެއްވެސް ނެގޭނީ ތަނަވަަސް އަދި ފައިދާ ލިބޭ ކުންފުނިތަކެއްވެސް ހުރެގެން ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ މަހުޖަނުން މި ބަސް ބޭނުންކޮށްގެން މީހުންގެ ބޮލަށް ވައްދަން މަސައްކަތް ކުރަނީ އެހެން ވާހަކައެއް ކަމަށެވެ. އަދި ދެބަހުން އެއް ބަހަކަށް ސޭޓުންނޭ ބުނެ ވާހަކަ ދައްކަނީ ކާކަށް އިއްވަންތޯ ހިތައް އަރާވަޑައިގަންނަވާކަމަށް ގާސިމް ވިދާޅުވިއެވެ.

ސޭޓުގެ ނަމުން އޭނާއަށް ދިމާލަށް މުހާތަބު ކުރުމަކީ ޖޯކެއްގެ ގޮތުގައި ގާސިމް ވިދާޅުވިއެވެ. ސޭޓު ގެ ނަމުން މުހާތަބު ކުރާތީ އެކަމަށް ހިތްހަމަ ނުޖެހިވަޑައިގެން ގާސިމް ވާހަަކަ ދެއްކެވިއިރު އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ގާސިމަށް ނިސްބަތްކޮށް ސޭޓު ކިޔުމަކީ އާންމު ކަމެކެވެ. އަދި ސޯޝިއަލް މީޑިއާގައިވެސް އެމްޑީޕީގެ އެކްޓިވިސްޓުން އެހެން ކިޔާ އުޅެ އެވެ.

މީގެ ކުރިންވެސް ގާސިމް ވަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ގާސިމް ވިދާޅުވީ ގޮތުން، އިންކަމް ޓެކްސް ނެގުމަށް ކަމަށް ބުނެ ބިލު ވަނީ “ވަކި މީހަކަށް” އަމާޒުކޮށްފައެވެ. ރާއްޖޭގައި ރިސޯޓުތަކާއި، ގޭހުގެ ވިޔަފާރި އާއި ކޮލެޖެއް އަދި މީޑިއާއެއް ވެސް ހިންގަވާ ގާސިމް ވިދާޅުވީ ކޮންމެ މީހަކު ވެސް ގައުމު ކުރިއެރުވުމަށްޓަކައި ގައުމުގައި ތިބި ނިކަމެތިން ނުވަތަ އުޖޫރަ ނުލިބޭ އެންމެންގެ ވެސް ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށެވެ. އަދި އެ ބައިވެރިވުން ހިމެނެން ޖެހޭނީ އޭނާ ވިދާޅުވި ގޮތުގައި، ވަކި ފަރުދުންގެ ތެރެއިން ވަކި މިންވަރެއް ކަނޑައެޅިފައި ތިބި ބަޔަކަށް ނޫނެވެ. އެންމެން ހިމެނޭހެންނެވެ.

ގާސިމް ވިދާޅުވީ މި ރާއްޖެއަކީ ބަޔަކު ސިފަ ކުރާހާ މުއްސަނދި ގައުމެއް ނޫނެވެ. އެގޮތުން އެންމެން މަޖިލީހުގައި އަޑަށް ބާރުލާފައި އަބަދުވެސް ދައްކާތީ އަޑުއިވެނީ ހުރިހާ އެންމެންގެ ދަރިންނަށް ވެސް ބޭސްފަރުވާ ކޮށްދޭން ޖެހޭ ވާހަަކައާއި، ހުރިހާ އެންމެންގެ ދަރިންނަށް ވެސް ކިޔަވައިދޭން ވެސް ޖެހޭ ވާހަކަ ކަމަށެވެ. އަދި ހުރިހާ ރަށަކަށް ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ގޮވަމުން ދާކަމަށެވެ. އަދި އޭގެ ހެއްކަކީ އެކިއެކި ގަރާރުތައް ހުށަހަޅާ ރައްޔިތުންނަށް ކޮށް ނުދެވި ހުރި ކަންތައްތަކުގެ ވާހަކަ އަޑު ހަރުކޮށް، އަޑަށް ބާރުލާފައި މަޖިލީހުގައި ދެއްކުން ކަމަށް ގާސިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: