ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒް އައްޔަން ކުރަން މަޖިލީޙުން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަގާމަށް އައްޔަން ކުރަން މަޖިލީޙުން ފާސް ކުރެއްވި މަހާޒް އަލީ ޒާހިރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީޙުން ފާސްކޮށްފިއެވެ. 

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒް އައްޔަން ކުރަން މަޖިލީޙުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. އެއީ55 މެމްބަރުންގެ ވޯޓުންނެވެ. މަހާޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން އެމްޑީޕީގެ ޕީޖީ ގުރޫޕުން ތްރީލައިންވިޕެއް ނެރުނުކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ. 

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ޖޭއެސްސީގެ ލަފަޔަކަށް އެދިވަޑައިގެން ފޮނުއްވީ މަހާޒްގެ ނަންފުޅެވެ.

ސުޕްރީމް ކޯޓަށް އައްޔަންކުރަން ރައީސް ޖޭއެސްސީ އަށް ފުރަތަމަ ފޮނުއްވީ މަހާޒްގެ ނަމެވެ. އެކަމަކު ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޖޭއެސްސީ އިން ލަފާދިނީ މަހާޒު ނުވަތަ ދިޔާނާގެ ތެރެއިން ބޭފުޅަކު އައްޔަން ކުރުމަށެވެ. ޖޭއެސްސީން ނިންމީ މަހާޒާއި ދިޔާނާގެ ނަންފުޅަކީ “ހައިލީ ރިކޮމެންޑެޑް” ދެ ނަންފުޅު ކަމަށެވެ.

ސުޕްރީމް ކޯޓަށް އާ ފަނޑިޔާރަކު މި އައްޔަން ކުރަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) މަގާމުން ވަކިކުރުމުން އޭނާގެ ބަދަލުގަ އެވެ. އަބްދުﷲ ދީދީއާ ދެކޮޅަށް ޖޭއެސްސީން ބެލި ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާ މަގާމުން ވަކިކުރަން ނިންމި އެވެ. އަދި މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތަކުން އަބްދުﷲ ދީދީ ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަނު ކުރުމުގެ މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހަށެވެ. އެދުވަހު ވޯޓަށް އަހާފައި ނުވަނީ މަޖިލީހުގެ ކޮމިޓީއިން ތައްޔާރު ކުރި ރިޕޯޓުގައި “ކޮމިޓީއަށް ފެންނަ ގޮތެއް ރިޕޯޓުގައި” ނެތުމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އެ މައްސަލަ އަނބުރާ ކޮމީޓީއަށް އަލުން ފޮނުވަން އިއުލާނު ކުރެއްވިއެވެ. ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުުރުމުގެ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ އިރު، ކޮމިޓީން އެ މައްސަލައިގައި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. ކޮމިޓީ ރިޕޯޓުގައި އޮތީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މަސައްކަތްތައް ރަނގަޅަށް ކުރި ވާހަކަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: