ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވައްމުލަކު ސިޓީން ފްލެޓް ލިބުނު މީހުންނަށް ފްލެޓް ދޫކުރަން ފަށައިފި

ފްލެޓުތައް ލިބުނު ފަރާތްތަކާ އެގްރިމަންޓްގައި ސޮއިކޮށް ފްލެޓްތައް ހަވާލުކުރަނީ.... ފޮޓޯ: ހައުސިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ލިބުނު ފަރާތްތަކާއެކު އެގްރިމަންޓްގައި ސޮއިކޮށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ލިބިފައިވާ ހައްގުވެރި ފަރާތްތަކާއި ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ހައުސިންގ މިނިސްޓްރީ އާއި ފުވައްމުލައް ސިޓީ ކައުންސިލާއި ގުޅިގެންނެވެ. މިހާރު ކުރަމުން ދަނީ ފްލެޓުތައް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި، ޑައުންޕޭމެންޓު ދެއްކުމާއި ފްލެޓާއި ހަވާލުވުމުގެ މަސައްކަތް ކަމަށް ހައުސިން މިނިސްޓްރީއިން ބުނެއެވެ.

ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 19،000ރ. ދައްކަން ޖެހެ އެވެ. ހައުސިންގ މިނިސްޓްރީން ބުނިގޮތުގައި އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާތީ ފްލެޓްތަކަށް ވަންނަން ފުރަތަމަ 9،500 ދެއްކުމަށް ފަހު، ބާކީ ބައި ދެވަނަ މަހުގެ ތެރޭގައި ދެއްކިދާނެ އެވެ.

ފުވައްމުލައް ސިޓީން ފްލެޓު ލިބުނު ފަރާތްތަކާއިއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެ ސިޓީގައި ކުރިއަށް ދަނީ މި މަހު 28 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހު 4 ވަނަ ދުވަހާއި ހަމައަށެވެ. ފްލެޓު ލިބުނު ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ ކޮންމެ ދުވަހަކު ހެދުނު 08:30 އިން ހަވީރު 16:30 އަށް ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގައެވެ.

ގެދޮރުވެރިކުރުމުގެ މި މަޝްރޫއުގެ ދަށުން ފުވައްމުލައް ސިޓީގައި ވަނީ 200 ފްލެޓު އިމާރާތްކޮށްފައެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި އިމާރާތްކުރެވިފައި ވީ ނަމަވެސް އެތަނުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައެއް ނުވެއެވެ. އެހެންކަމުން ރައީސް ސޯލިހުގެ ވައުދާއި އެއްގޮތަށް ހައްގުވެރި ފަރާތްތަކަށް ފްލެޓު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ދާއިރު އެތަނުގައި ދިރިއުޅެވޭވަރު ކުރުމަށްޓަކައި ފެނާއި ނަރުދަމާ އަދި ކަރަންޓް ގުޅުމުގެ މަސައްކަތްކޮށް މިހާރު ވަނީ ނިންމާފައެވެ. އަދި ފްލެޓު ސަރަހައްދުގެ ލޭންޑްސްކޭޕް ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުން ވަނީ މިމަހު 21ވަނަ ދުވަހު ސޮއިކޮށް އަ މޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: