ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެންގެ މައްސަލައިގައި ފިޔަވަޅު ނޭޅިގެން އުޅެނީ ރައީސްގެ ގާތް މީހުން ތިބޭތީއެއް ނޫން: ގާސިމް

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އަދި ޖޭޕީގެ ލީޑަރ ގާސިމް އިބްރާހީމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމްދީނަށް ފުރައްސާރަކޮށް، މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާއި ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާއިމެދު ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅު ނޭޅި ލަސްވަނީ އެމްޑީއެންގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުއާއި ގާތް ގުޅުމެއް އޮތް ބަޔަކު ހިމެނޭތީ ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިނލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ޖަލްސާ ގައި ގާސިމް ވިދާޅުވީ، އެމްޑީއެންގެ މައްސަލައިގައި ހިމެނޭ މީހުންނަށް ސަރުކާރުން ފިޔަވަޅު އެޅުން ލަސްވަނީ، އެކަމުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ގާތް މީހުން ހިމެނޭތީ ކަމަށް ބަޔަކު މީޙުން ވާހަކަ ދައްކަމުންދާ ކަމަށެވެ. އެކަމަކު، އެއީ ރަނގަޅު ވާހަކައެއް ނޫންކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ  އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނަށް ފުރައްސާރަކުރީ ކޮންމެ ބަޔަކަސް އެ މީހުންނާ ދޭތެރޭގައި ރައީސް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ. 

ގާސިމް ވިދާޅުވ ީއިސްލާމްދީނަށް ފުރައްސާރަކޮށް، އެ ދީނަށް ހުތުރުވާ ގޮތަށް އަމަލުކުރާ މީހުންނަށް އަދަބު ދޭން ޖެހޭނެ ކަމަށާއި ވަކި މީހެއްގެ ހައްގުގައި އެކަކު ވެސް ހަލާކުވެގެން ނުވާނެ ކަމަށެވެ. 

އިސްލާމްދީނުގެ ނަމުގައި ހަރުކަށިކަން އިސްކޮށް، މީހުން މެރުމަށް ގޮވައި، ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވާން ވެސް ފުރުސަތު ނުދެއްވާނެ ކަމަށް ގާސިމް ވިދާޅުވެ، ގައުމީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާ ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅަށް ވެސް ގާސިމް ވަނީ ތާއީދު ކުރައްވައިފަ އެވެ.

ގާސިމް ވިދާޅުވި ގޮތުގައި “ތުއްތު ދަރިފުޅު ދޫކޮށްލާފައި ސީރިއާ އަށް ގޮސް އެ ކުރަނީ ދީނީ ހަނގުރާމައެއް ނޫން” ކަަމށާއި އަދި ހުރިހާ ކަމެއްގައި ވެސް ދީނުގައި އޮންނަ ގޮތް ދަސް ކުރަން ޖެހޭނެ ކަމަށާއި ހުރިހާ ކަމެއް ގަޟާގަދަރާ ހަވާލު ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: