ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝެއިޚު ޒައިދު ރައީސަށް: ސިޔާސީ ހުޅު ރޯވަނީ ސީދާ ސަރުކާރުގެ އިޙުމާލުން!

ޝެއިޙު އަލީ ޒައިދު..... ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމުގެ ފުރުސަތު ނުދޭން ރާއްޖޭގެ އިލްމުވެރިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލުމުން، އޭގެ ރައްދު ޝެޢިހު އަލީ ޒައިދު ދެއްވައިފިއެވެ.

ގައުމީ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ދިވެހިންނަށް ލިބިފައިނުވާ އެތައް މިނިވަންކަމަކާ ހައްގުތަކެއް އާ ގާނޫނު އަސާސީން ލިބިގެން ދިޔަ ކަމަށާއި އޭގެ ރަނގަޅު ފައިދާ އިންތިހާއަށް ލިބެމުންދާއިރު އިމެއް މިނެއްނެތި ނާޖައިޒު ގޮތުގައި އެ ހައްގުތަކުގެ ބޭނުން ބަޔަކު ހިފަމުންދާ ކަމަށެވެ. އެކަމުގެ ނުރަނގަޅު އަސަރު މުޖްތަމައުއަށް ފޯރާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ ހުޅު ރޯކުރަނީ ދީނީ އިލްމުވެރިން ނޫން ކަމަށާއި ބަޔަކު މީހުންނަށް ސިޔާސީ ފައިދާ ނަގަން ފުރުސަތު ލިބިފައި އޮތިއްޔާ އެ ލިބިފައި އޮތީ ސީދާ ސަރުކާރުގެ އިހުމާލުން ކަމަށެވެ. އިސްލާމްދީނަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާ އުވާނުލައި، ޖަމިއްޔާ ހިމާޔަތް ކުރާ ކޮންމެ ދުވަހަކީ ގެއްލިގެންދާ ތާއީދެއް ކަމަށް އަލީ ޒައިދު ވިދާޅުވިއެވެ.

https://twitter.com/alizaid1000/status/1188871353723576321

ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަޔަކު މީހުން ސިޔާސީ ހުޅު ރޯކުރަން ދަރު އަޅަނީ ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކުން އެކަމުގައި ފަހަތު ފަޔަށް ބަރުވެފައި ތިބީތީ ކަމަށެވެ. އެކަން އެގޮތައް ވެދާނެކަން ދީނީ ޢިލްމުވެރިން ވާނީ ތަފާތު ގޮތްގޮތަށް ރައީސްގެ ސަމާލުކަމަށް ގެނެސްފައި ކަމަށެވެ.

ދީނީ އިލްމުވެރިންގެ ފަރާތުން ރާއްޖޭގައި އެއްވެސް ކަހަލަ ހުޅެއް ރޯވުމަށް ފުރުސަތު ނުދޭނެ ކަމަށާއި މަސައްކަތް ކުރަމުން ދަނީ ޤައުމުގެ ހަމަޖެހުމާއި އިސްތިޤުލާލު ދެމެހެއްޓުމަށް ކަަމަށް އޭނާ ވިދާޅުވިއެވެ.

އަދި ޤައުމުގެ ރައީސްގެ ޙައިސިއްޔަތުން ރާއްޖޭގެ ދީނީ ޢިލްމުވެރިން އަދާކުރަމުންދާ ބުރަ މަސްޢޫލިއްޔަތު އޮޅިވަޑައިގެންނެވީތީ އެކަމާއި ހިތާމަކުރާ ކަމަށެވެ. އަދި އެއްވެސް އިރެއްގައި އެއްވެސް ބަަޔަކު ދީނީ އިލްމުވެރިންގެ ކިބައިން ނާޖާއިޒް ފައިދާ ނެގުމަށް ފުރުސަތު ދީފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

https://twitter.com/dr_iyaz/status/1188868397016076289

އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން ސަރުކާރުން އެކަމަށް ފިޔަވަޅުނާޅާ ގިނަ ދުވަސްތަކެއް ވޭތުވެގެންދާތީ ރާއްޖޭގެ މަޝްޙޫރު ދީނީ އިލްމުވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެމްޑީއެން އިވާލުމަށް ގޮވާލާ އެއްވުންތައް ބާއްވަމުން އަންނައިރު ސަރުކާރުން ދަނީ އެކަން އެގޮތަށް ނުކުރުމަށް ގޮވާލަމުންނެވެ. އަދި ހަރުކަށި ގޮވާލުންތަކަށް ޤާނޫނީ ފިޔަވަޅު އަޅާނެކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: