ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޝާން އިއްޒުންދީންގެ އިއްޒަތުގެ ވެރިކަން ސޯދުބެއާއި އަޙްމަދު އާދަމަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން ދެ ބޭފުޅަކަށް އަރުވައިފިއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ނިޝާން އިއްޒުއްދީންްގެ ވެރިކަމުގެ އިއްޒަތް އަރުވާފައިވަނީ ހ.ހިކަރި އަޙްމަދު އާދަމް އާއި ހ.އާމުލިގެ ޢަބްދުﷲ ޞާދިގުއަށެވެ. މި ދެ ބޭފުޅުންނަށްވެސް މި ޝަރަފު އަރުވާފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ.

މިރޭ ޝަރަފް ލިބިވަޑައިގެންނެވި ސޯދުބެއަކީ ދައުލަތަށް 55 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ އަދި މިހާރުވެސް ދިވެހިބަހުގެ އެކެޑަމީގެ މުޝީރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. މ. މުއްޔަށް އުފަން ސޯދުބެއަކީ ދިވެހި ބަހާއި އަދަބިއްޔާއި ތައުލީމީ ދާއިރާއަަށް ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެިއތުރުން ސޯދުބެއަކީ ކުޅަދާނަަ މުދައްރިސެކެވެ.

ދިވެހިބަހުން ގިނަ ޅެންތަކަކާއި އެތައް ކުރުވާހަކަތަކަކާއި ދިގު ވާހަކަތަކެއް ލިޔުުއްވާފައިވާ ސޯދުބެ އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވަނީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގައެވެ.

މީގެ ކުރިން މިނިވަން ފަންސަވީހުގެ އާންމު ޚިދުމަތުގެ އިނާމާއި، ނޫސްވެރިކަމުގެ ރަން ގަލަން ހޯދާފައިވާ ސޯދުބެއަކީ ދިވެހި އެތައް އެދުރުންނެއް މުޖުތަމައަށް ނެރެދެއްވާފައިވާ ބޭފުޅެކެވެ.

މިރޭގެ ޝަރަފު ލިބިވަޑައިގެންނެވި އަހުމަދު އާދަމަކީ އިންޖީނިއަރެކެވެ. އޭނާގެ ޚިދުމަތް ވަރަށް ގިނަ ދާއިރާތަކުން ރާއްޖެއަށް ލިބިފައިވެއެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވެސް އޭނާއަކީ ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. ބަނޑޮސް ރިސޯޓްގެ ފުރަތަމަ މެނޭޖަރަކީ ވެސް އަހުމަދު އާދަމެވެ.  ދ.މާއެނބޫދޫއަށް އުފަން އަޙްމަދު އާދަމަކީ ރާއްޖެއަށް އެންމެ ފުރަތަމަ ގަތް ބޯޑުގެ ޖޫނިއަރ އިންޖީނިއަރެވެ. އަދި އޭގެ ފަހުން ދެވަނަ ބޯޓެއް ގަތުމުގައި އެންމެ އިސް ރޯލެއް ކުޅުއްވީވެސް އަޙްމަދެވެ.

ސުމުއްވުލް އަމީރު އިބްރާހިމް ނާސިއުގެ ބޮޑުވަޒީރުކަމުގައި އަޙްމަދު އާދަމަށް އިންޖިނިއަރިން ކިޔަވަން ބޭރަށް ދިޔުމުގެ ފުރުސަތު ލިބުނެވެ. އަދި އޭގެ ފަހުން ބޮޑު އިންޖީނުގެ ހިންގަން ފެށިއިރު އެތަނުގައިވެސް އިސް ރޯލެއް އަދާކުރެއްވިއެވެ. އޭގެ އިތުރުން ޓީވީގެ ޚިދުމަތް ފެށުުމުގަޔާއި، ދޯނިތަކުގައި އިންޖީނު އެޅުމުގައިވެސް އަޙްމަދު އާދަމްގެ ދައުރު ވަރަށް ބޮޑެވެ.

އަޙްމަދު އާދަމަށް 1979ވަނަ އަހަރު އާންމު ޚިދުމަތުގެ އިނާމު ލިބިވަޑައިގަތެވެ. އަދި އޭގެ ފަހުން މިނިވަން 25ގެ އާންމު ޚިދުމަތުގެ އިނާމުވެސް ލިބިވައިގަތެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: